ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިހާތަނަށް އެންމެ ރަނގަޅު ސެކިއުރިޓީއެއް ދައުލަތައް ހަމަޖައްސައި ދެވުނީ ގާމާދޫ ޖަލާއި މާފުށީ ޖަލުގައި ކަމަށާއި، ދެން ވެސް އޮތީ އެގޮތްތޯ އެމަނިކުފާނުގެ އާއިލާ އިން ސުވާލު ކޮށްފިއެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ ކުރިން ވެސް އެމަނިކުފާނު ކެނެރީގޭގައި ދިރިއުޅުއްވާނަމަ ސަލާމަތީ ކަންކަން ބަލަހައްޓަން ދަތިކަން އެމްއެންޑީއެފް އިން އެމަނިކުފާނަށް އެންގެވި ކަމަށް "މިހާރު" ނޫހުގައި ރިޕޯޓް ކުރުމުން އާއިލާ މެންބަރުން ގެންދަވަނީ އެކަން ވަރަށް ބޮޑަށް ކުއްވެރިކުރަމުންނެވެ.

ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ.އިބްރާހިމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުން ނަޝީދުގެ ސެކިއުރިޓީ މިހާތަނަށް އެންމެ ރަނގަޅަށް ހަމަޖައްސާފައި އޮތީ ޖަލުގައި ކަމަށެވެ. "ނަޝީދުގެ ސެކިއުރިޓީ ދައުލަތައް އެންމެ ރަނގަޅަށް މިހާތަނަށް ހަމަޖެއްސިފައި އޮތީ ގާމާދޫ އާއި މާފުށީގައި. އެމްއެންޑީއެފްގެ ހައްލަކީ ދެންވެސް އެގޮތްތޯ؟" ނާޝިދު ސުވާލު ކުރެއްވިއެވެ.

ކެނެރީގެ ހުރި ގޮތުންނާއި، ކެނެރީގެ ހުރި ތަނުގެ ސަބަބުން ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދަތިކަން އެމަނިކުފާނަށް އެމްއެންޑީއެފް އިން އެންގި ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ރިޕޯޓާއި ގުޅިގެން ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެންމެ ފަހުން ކުއްވެރިމިވީ ކެނެރީގެ" ކަމަށެވެ.

މައުލޫމާތު އެނގޭ ބޭފުޅަކާއި ހަވާލާދީ ޝާއިއު ކޮށްފައިވާ ރިޕޯޓާއި ގުޅިގެން ނަޝީދުގެ ގާތް ބޭފުޅެއް ކަމަށްވާ މޯލްޑިވިއަންގެ ޑީއެމްޑީ އައިޝަތު ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވަނީ 07 ފެބްރުއަރީ ގައި ނަޝީދު ހުންނެވީ އެމްއެންޑީއެފްގައި ކަމަށެވެ. ނަމަވެސް ރައްކާތެރިކަން ދެވުނުތޯ އޭނާ ސުވާލު ކުރައްވާފައިވެއެވެ.

ނަޝީދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް އިން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެމަނިކުފާނަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ލިބުމުން ވެސް އެކަށީގެންވާ ވަރަށް ސަލާމަތީ ކަންކަން ވަރުގަދަ ނުކުރާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވާ ގޮތުގައި ނަޝީދަށް އައީ އެންމެ މަތީ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ދޮންބެ

  އާދެ އެގޮތަށް!! އެކަމަކު އަދި ދެ އަހަރު ފަހުން!!

  51
  2
  • ނާރު

   2 އަހަތު ކުރާނެ ކަމެއްނެތް

  • ކެކެކެ

   2 އަހަރު ފަހުން އޭނަ ހުންނާނީ ސުވާދީބު ދައުލަތުގެ ރަދުންނަށް!

 2. ލައިލާ

  ހޫނ. ތި ބާއްވަ ގޮޅިއަށްލާފަ.
  ފައްކާ ވަގެއް ތީ ހަމަ!

  58
  3
  • ކިނބޫ

   ވަގެއް އެކަނި؟ ބޮޑު ޓެރަރިސްޓެއް. ޕާޓޭން ޕާޓޭންނާ ތަޅާހެން ޓެރަރިސްޓުން ޓެރަރިސްޓަކަށް ހަމަލާ ދީގެންނޯ އުޅެނީ.

 3. ސަރީ

  ޥަރަށް ސާފް ވެރިކަން ބަދަލުވުމާއެކު އޮންނާނީ ޖަލުގައި

  62
  3
  • ދޮގެއްތަ؟

   ވަރަށް ރަނގަޅަށް ސެކިއުޓީ ދީގެން އޭނަގެ ހަރަކާތް ބަލަން އެބަޖެހޭ. ވަރަށް ނުރައްކާތެރި މީހެއް އެއީ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ކަނާތުން ކުރާ ކަންތައް ވައަތަށް ނޭނގޭހާ ހީލަތްތެރި މައްކާރެއް.

 4. އާދަމުގެދަރި

  ސެކިއުރިޓީ ދޭން ތިބި މީހުން ބުނާ ބަސް ނާހާ ކަމަށްވަންޏާ ސެކިއުރިޓީ ދެވޭނެ ތިނޫން ގޮތެއް ނޯންނާނެ. ދެވޭނެ ގޮތަކީ ތިޔައީ.

  64
  2
 5. ކަހުރަބު

  ރޫޙާނީ ލީޑަރެއް ކަމަކު ދެވެން އޮތް ވަރަކަށްތާ ދެވޭނީ ކޮވިޑް ފެސިލިޓީ އަށް ވެސް އެ ވަނީ ހަމަ ވާން އޮތްވަރޭތާ އެ ބުނަނީ އެއެއްޗެއްގަ ނެތް ވަރެއް ( މި ލާދީނީ ނާޤާބިލް ސަރުކާރުގެ ) ނެތް ފަންވަރެއް އެއްވެސް ދާއިރާއަކުން ، ދިމާލަކުން ކިހިނެއްހޭ ނެރޭނީ

  55
  1
 6. ނަައީމް

  ބަލަ ކަލޭމެން ގޮވަމުން އައީ މައުމޫނު ވެރިކަމުގާ ކުލީ ސިފައިން ގެންގުޅުނުވާހަކަ މިހާރު މިރާއްޖޭގެ ސިފައިންނާޕޮލިހުންނަކައް ކަލޭމެނަކައްވެސް އިތުބާރެއްނުކުރެވޭ ދޯ ކޮބާ ހީވޭ ރައީސްޔާމީން އެ ހާލުގަވެސް ބުނަމުން ގެންދަނީ ދިވެހި ފުލުހުންނާއި ސިފައިން ވަރެއްނެތޭ މީތަފާތަކީ

  58
  3
  • ކަމަނަ

   ތަޅާނެ ކުދިންކޮޅެއް ނެރެގެން ތަޅަން ބުނާ މީހުންނަށް ކޮން ސެކުއުރިޓީއެއް

 7. އަރުމަޑޭ

  ތިބުނީ ރަނގަޅައް އޭނަ އަދިވެސްޖަލައް ލާނަން އަހަރެންގެ ވޯޓު ރިޔާސީއިންތިހާބުގައި ޕީޕީއެމް އައް ދޭނީވެސް ރައީސް ނަސީދު ގޮޅިއައް ފައްތާފަ އޮންނާނެ ކަން ޔަގީންކަން ލިބުނީމަ 😃 ރ ޔާމީން ދޫކޮއްލާ ހަމަމިހާރު

  56
  2
 8. ތިމާވެށި

  އިސްލާހް ވީމަ ސެކިއުރިޓީ އެއް ބޭނުމެއް ނުވާނެ އެވެ.

  51
  1
 9. އަމީތާބް

  އެމްއެންޑީއެފް އަށް އެންމެ ރަގަަޅުވާނީ ސަރުކާރުން ބިން ރަގަޅު ބޮޑު ރަށެއްދީފައި ހަނޑޫ ހައްދާ ދަނޑުވެރިކަން ކުރަން ބޭތިއްބިއްޔާ..

  23
  26
 10. އުސްމާނުބެ

  ތީވަރައް ތާކުންތާކު ނުޖެހޭ ވާހަކައެއް، ސެކުރިޓީ ބޭނުންވަންޔާ އެބޭފުޅާ އެބަޖެހޭ އޭނަގެ އުޅުން ފުރަތަމަ އިސްލާހު ކުރަން އަދި ސެކުރިޓީ ދޭން ތިބޭ މީހުންގެ ބަސްވެސް އަހަން.... އެބޭފުޅާއަކީ ވަރައް މިނިވަންކޮއް ބޭނުން ކަމެއް އެވަގުތަކު ކުރައްވައިގެން އުޅެން ބޭނުން ފުޅުވާ ބޭފުޅެއް، މީގެ ގެއްކެއް އަލައް ރައީސްކަން ލިބިނގެން އުޅުން އިރު ފުރަތަމަވެސް ބޮޑީގާޑުން ކާރީތިއްބާ މަގުމަތިން މީހެއްގެ ސައިކަލު ފަޔަތައް އަރާވަޑައިގެން ސައިބޯ ހޮޓަލައް ދިއުން.
  މިހާ ޒިންމާދާރު އަދި ހައިރިސްކު ބޮޑުކަމައް ބެލެވެންޔާ އެބޭފުޅާވެސް އެބަޖެހޭ ގޮތް ދޫކުރަން. މިހާރު މިކަމާހެދި މުޅި ހިސާބުޑައް ވީއުދަގޫ... ވަރައް ބޮޑައް ޝުކުރިއްޔާ ރައީސް ނަޝީދް،

  44
  1
 11. ސައުކަތު

  ރ ނަސީދު އޮންނަންޖެހޭނީ އުމުރު ދުވަހު ޖަލުގަ ވަރައް ފޮނި އުންމީދެއް އެއީ މަގޭ ސުކުރިއްޔާ

  54
  3
 12. Anonymous

  ތީ ހަމަ އޭނަޔައް އެންމެ ކަމުދާތަން

  49
  3
 13. ޣގގ

  ލައްކައިން މަހުމުސާރަ ދޭ . ބޮޑީގާޑް ދީފަ ތިބެ. ބޮލަކުން ދަނޑިވަޅު ބަލާފަ ބެސްޓް ފްރެންޑް ލައްވަ ތިހޯދީ ގަނޑުވަރު. ކަލޭމެންނަށްދީފަ އާއްނުންގެ މީހަކަށްދޭނެ އެއްޗެއް ސަރުކާރަކު ނެތެއްނު. ކިހާ ހެޔޮވެރިކަމެއް. އަދިވެސް މަދުވެގެން ތިސަކުވާކުރަނީ. ރައްޔިތުން ތިބާބޭނުންނޫންވީމަ ތިކަހަލަ ލަނޑުތިލިބެނީ.

  43
  1
 14. ރައްޔިތުން

  ދިވެހި ކޮންމެ ރައްޔިތަކީ ސަލާމަތާ ރައްކާތެރި ކަން ބޭނުން ވާނެ މީހެއް. ވަކި މީހެކައް ނޫން ސެކުއަރިޓީ ދޭން ވަނީ. މީ މަގޭ ވެސް ޓެކްސް ފައިސާ.

  45
  1
 15. ޙހ

  ރައްކާތެރި ވެވޭނީ ﷲ ރައްކާތެރިކަން ދެއްވި އަޅަކަށް. މުޅިމީހާ ވަށައިގެން ހަތިޔާރު އެޅިސިފައިން ތިއްބަސް ތަކުދީރަކާ ތަދުބީރަކާ ހުރިހާފަހަރަކު ދިމާނުވެދާނެ. ޢެހެނަސް މީހުނަށް މަރުގެ ހަމަލާ އެއްބަޔަކުވެސް ދޭޖަށްނުވާނެ.

  37
 16. ސަޒާ

  ދެން ތި އުޅެނީ ތިހހެން ކިޔައިގެން ބޭރު މީހުން ސެކިއުރިޓީއަށް ލާންވެގެންދޯ

  43
  1
 17. ޔެސް!

  ޔެސް ޕްލީޒް!!!

  19
  3
 18. ކުރިއަށްވުރެ ގޯސް ކަމަށް ފެންނަނީ

  "ޓްވީޓެއްގައި ވަނީ 07 ފެބްރުއަރީ ގައި ނަޝީދު ހުންނެވީ އެމްއެންޑީއެފްގައި ކަމަށެވެ."
  މިހާރު ހުރިހާ ބާރުތައް އޮއްވާ ކުރިއަށްވުރ ނުރައްކާވެއްޖެ؟ ކުރިން އަނިޔާއެއްނުވޭ

  30
  1
 19. ދުނގެތި

  ކެނެރީގޭ ނަޝީދަކީ އިސްލާމް ދީނުގެ ޢަދުއްވެސް ޤައުމާ ރައްޔިތުންގެ ދުސްމަނެއް އަމިއްލަ އެދުމުންފޯވެފަވާ ޣައްދާރެއް ވެރިކަމާހެދި ދުނިޔޭން މޮޔަވެފަ އެހުރީ ބޮޑުވަޒީރުކަން ހޯދުމަށް ކޮށްފަ ނުކުރާނެކަމެއްނޭނގިގެން ތެޅިބާލަނީ

  48
  2
 20. ބުއްޅަބޭ

  ކަލޭމެނަށް ބޮޑަށް އެނގޭނީ!

  25
  1
 21. އުގުރި

  އެއީ ޖަލުތަކުގެ ގަދަފަދަ ކަންކަން  ބަލަހައްޓޭޭޭޭޭޭޭޭޭޭ  E S G   އަކީ
  އަދިވެސް ބުނާނީ ޔެސް.ވީކެއް އިންޝާ ﷲ .

  16
  1
 22. އެމަންޖެ

  މަޝީދައް ރަނގަޅުވާނީ ޖަލް

  34
  1
 23. އަހުމަދު

  އެހެންވީމާ ނަށީދުގެ ސެކިއުރިޓީގެ ކަންތައްވެސް ރަނގަޅަށް ކުރީ ޔާމީނު ސަރުކާރުގައި. ހެހެ

  39
  1
 24. ކިސްމަތު

  ލަސްވެސް ވެއްޖެ ޖަލަށްލުން

  38
  1
 25. މިސްޓާރ ޓޭ

  ދެން އާއިލާ އިން އެންމެ ބެސްޓް ކަމަށް ބެލެވޭ ސެކިއޫރިޓީ ދިނީ ޖަލުން ކަމަށް ދެކޭނަމަ، ނަޝީދު ޖަލަށް ބަދަލު ކުރަންވީނޫންތޯ؟ އިދިކޮޅު ޕާޓީ ފަރާތުންވެސް އެކަމާ މަރުހަބާ ކިޔާނެ، ނަޝީދު އާއިލާ އިން އަދި އެމް.ޑީ.ޕީ ބޭފުޅުންނައްވެސް ނަޝީދު ހުރީ އެންމެ ރަނގަޅު ސެކިއުރިޓީގެ ބެލުމުގެ ދަށުގަކަން ޔަގީން ވީމަވެސް އުފާވާނެ. ވިން ވިން ދޯ؟

  45
 26. ހަސަނު

  އެންމެ ރަނގަޅުވާނީތިގޮތް އެތަނަށް ލީމަވެސް ހުންނާކަށް ނުކެރުނު...ހެއްދެވިހާ ދޮގެއްހަދާފަ ދިޔައީގީނޑިދުއްވަން..ނުބައިމީހެކޭ..ކާފިރުން މުނާފިގުންގެ ސިފަތަށް..އެހުރިހާ ހުރީމަ ވީނުން..ރާއްޖެއަންނާނެ ކަމެއްނެތޭ..

  38
  1
 27. ދިވެހި ތާރީހުން

  އާއިލާއިން ތިޔަދެކެނީ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެއައްވެސް އެއްމެ ރަނގަޅުގޮތް.

  16
  2
 28. ދިވެހި ތާރީހުން

  އާއިލާއިން ތިޔަދެކެނީ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެއައްވެސް އެއްމެ ރަނގަޅުގޮތް. އެގޮތުގައި މުޅިއުމުރައް ބަހައްޓައްވީ.

  14
  1
 29. ޢަލިބެ

  އޭނައަކީ ޖަލުގަހުންނަން ޖެހޭމީހެއްކަން ގަބޫލުކުރީތީ އުފާކުރަން. އޭނަޖަލަށްލާން ކުރިހުކުމްތަންފީޒު ކުރަންޖެހޭނެ. އެންމެ ސެކިއުރިޓީ ރަނގަޅުވާނީވެސް ހަމަ ޖަލު

  16
  1
 30. ަިަައިބޫ

  ޔެސް ވެރީ ޓުރޫ

  10
 31. Anonymous

  މަޖިލިސް ރައީސް އަށް އިތުރު ގަނޑުވަރެއް ދީގެން ނުވާނެ ، އަހަރުމެންގެ ޓެކްސް ފައިސާ އެއްމެ ތިން މީހުނަށް ބަހާލައިގެންވެސް ނުވާނެ ، މަޖިލީސް ރައީސް ސެކިއުރިޓީ ބޭނުންވަންޏާ މަޖިލިސް ކުރާ ގެއިން އުކަމަޑޭށަން

  10
  1
 32. ދެވަރެންދާ

  ކެނެރީ ގެ ނަސީދު ހުންނަން ޖެ ހޭ ތަނަކީ ހަމަޖަލު މިގައުމުގައި ހުޅު ޖަހައި އެތައް ބަޔަކަށް ބޮޑަތިގެއްލުންދިނީ ނަސީދު ޒުވާނުނަގެ ލަދުހަޔާތް ކަންޑުވައި ދީނަށް ފުރައްސާރަކޮށް ވެރިންގެ ގަދަރާއި ޢިއްޒަތް ނަގާލީ ނަސީދު މީނާ އިންނަން ޖެހެނީ ޖަލުގައި

  14
  1
 33. އަބްދޫ

  ތިޔަސޮރު ބާއްވަންޖެހެނީ ޖަލުގަ ތިޔަސޮރަކީ އިބްސާނުންގެތެރޭ ގެންގުޅެން ހެޔޮވާ ވަރުގެ ސޮރެއްނޫން މިނިކާ ވަގަކާއި ތިސޮތާއި އެއްވެސް ތަފާތެއްނެތް

  18
  1
 34. ނާދިރާ

  ބާކީ އެބައޮތް އޮތްގޮތަށް. ދެރަނުވޭ

  1
  1
 35. ......

  މިހާރުވެސް އިނާޔަތު ފައިސާގެ ގޮތުގައި 20000ރުފިޔާ ލިބޭ ބޭރުގައުމެއްގައި ތިބުނާސިކިއުރިޓީ އާއެކު އަރާމުގައި ނުއުޅެވޭނެތަ. އުމުރުދުވަހު ވެރިކަމާ ތޮޅެން ޖެހޭތަ.

 36. އަހްމަދު

  ރައީސް ޔާމީނާވެރިކަންހަވާލުކުރޭ ތިބޭފުޅުން އިތުބާރުކުރެވޭވަރުގެ ސެކިއުރިޓީއެއްލިބޭނެ

  3
  1
 37. އިލްޔާސް ވަހީދު

  ގައުމެއް ކިހިނެއް ރަގަޅުވާނީ ފުރަތަމަ ރައިޔަތުން ރަގަޅުވެގެން ސެކިއުރިޓީ ދޭން ތިބި މީހުން ބުނާ ބަސް ނާހާ ކަމަށްވަންޏާ ސެކިއުރިޓީ ދެވޭނެ ގޮތެއް ބުނެދީބަލަ މިކަލޭގެ ޗާދަނީމަގުން ކާރުގަދަމުން މަޑުކޮއްފަ ބިޑިބޯމީހެއްގެ ސައިކަލްގަދިޔައީމަ ސެކިރިޓީން ފަހަތުން ދުވަންވީ ހަމަރަގަޅުވާނީ އުމުރުގެ ބާކީބާއިގަ ދޫނިދޫގަ ފައިވުސްޓާ ގޮޅިޔެއްގަ ވަރުގަދަ ސެކިރިޓީގަ ބެހެއްޓްން ކުރިންވެސް މިގައުމުގެ ޕޮލިހުންނާ ސިފައިންގެ އަގުވައްޓާލީ ހަމަމީނަ މިހާރުވެސް ހަމައެގޮތައް ވާހަކަތައް ހުރީ ޕާޓީކުދިންގެ މިކަމައްރައިޔަތުން ވިސްނަންވެއްޖެ ......

  2
  1
 38. ކެކެކެ

  ޖަލުން ފިލައިގެން އުޅޭ މީހުންނަށް ސެކިއުރުޓީވެސް ނުދެވޭނެނު.