ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައިތޯ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑާޝިޕުން ހާމަކުރެއްވި ގޮތުގައި، އެ ޕާޓީން މި ވަގުތު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ ކަންކަން ކައިރިން ބަލަމުން ދިއުމެވެ.
އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި އެންމެ ފުރަތަމަ ވެސް ފާޑުވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަށެވެ. އަދި ތަހުގީގު ގާތުން ބެލުމަކީ ޖިނާއީ ތަހުގީގު ޕާޓީން ހިންގުން ގޮތުގައި ސިފަކުރެއްވިއެވެ.
"މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނުކުމެ ޕާޓީން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ޖިނާއީ ތަހުގީގެއް ހިންގުމޭ ބުނީމަ ކިޔާނެ އެއްޗެއް ވެސް ނޭނގެ،" އިބްރާ ކުރެއްވި ފުރަތަމަ ޓްވީޓްގައިވެއެވެ.
އިބްރާ ވިދާޅުވީ، މިއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ކުރީގެ ރައީސް މުހައްމަދު ވަހީދާއި، ކުރީގެ އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި ދުވަހެއް ނޫން ކަމަށާއި ބާރުތައް އޮތީ އެމްޑީޕީގެ އަތުގައި ކަމަށެވެ.
"ނަޝީދަކީ ސަރުކާރުގެ ވިކްޓިމްއެކޭ ކިޔުމުގެ މާނައެއް ނެތް. ހަސަން ލަތީފް މެން ކޮންމެ ވެސް އެއް ގޮތެއް ނިންމަންވީނު؟ އިދިކޮޅު ޕާޓީއަކީ ޕީޕީއެމްތަ؟ ނޫނީ ނަޝީދުތަ؟ ނަޝީދުއާއި ސޯލިހްއާ ގުޅުމެއް އެބަ އޮތްތަ؟" އިބްރާ ކުރެއްވިއ އިތުރު ޓްވީޓެއްގައިވެއެވެ.
އިބްރާ ވިދާޅުވީ، މި ސަރުކާރަކީ އޭނާއަށް މާ ކަމުދާ ސަރުކާރެއް ނޫން ކަމަށެވެ. އެކަމަކު 2023 ވަނަ އަހަރާ ހަމައަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން ގަބޫލު ކުރައްވަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އެ ގައުމަށް ވަޑައިގަތީ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށެވެ. މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ވަނީ ދޫކޮށްލައްވައިފައެވެ.
ބޮމުގެ ހަމަލާގެ މައްސަލާގައި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެ ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދަށް ޚިއްސާކޮށްދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެމްޑީޕީންނާއި އާއިލާއިން ވަނީ ފުލުހުންގެ މުއައްސަސާގައި އެދިފައެވެ.
ވެރިކަމާހެދި މޮޔަވެފައި ވެރިކަމަށް ބޫތުކައިފަ ލާދީނީ ގުންޑާ ދެން މިގައުމަށް ނާންނާތި
ނަޝީ ދު އުޅެނީ ތިމަންނަ އަށް ވެސް އިންސާފު ނެތޭ ކިޔާ ރައްޔިތުން މޮޔަހައް ދަން .... ބާރުތަށް އޮވެ ކަންތައް ތަ ނުވީމަ އޮޅުވާލަނީ... ހުސް ވަގުން
މީނަގެ ވާހަކަ އަޅެދެން ނުޖަހަބަލަ ބޮޑު ޔަހޫދީ އެޖެންޓު
ދޮގެއް ނޫން. ބޮޑު ބލއަކަށް ވެއްޖެ!
އިބްރީގެވާހަކައައް ތާއިދުކުރަން ވާގޮތަކީ ގަމާރުންގިނަޔީ މޑޕ ތެރޭގާ
ހާދަދަ ޖޭވެއޭ . ޜައްޔިތުންގެ އެކައްބަލައްބޭނުންވޭ އެއީ އާދައިގެ ކަމެއްނޫ މުޅިދިވެހިންގެ ހަމަޖެހުމާ އިގުތިސޯދާގުޅިފަ ހުންނަކަންތާތައް އެއީ މިގައުމުގަ ކޮއްމެމީހަކައްދިއް ކަމުގައިވިޔައް. ތިހާރުޅިއައްނަނީ ކިއެއްވެބާ ވައްކަމާ ކޮރަޕްސަނާ ދެކޮޅުވީމަބާ ނުވަތަ ތިމާއައްވުރެއް ތައޔިތުންގެ ސަޕޯޓު ބޮޑުވީމަތަ ހަސަދަވައްވެސް ކަވިވަރެއް
އިބުރާގެ ފަޔަށް ހިނި އަރާގެން މިއުޅެނީ ކީއްވެގެންބާ؟ އިބުރާއަށް ހަމަރަނގަޅަށް އެގޭނެ މިސަރުކާރުގެ ބާރުތަށް އޮތީ ތިގޭ ތެރޭގަކަން، ގިނަ ރައްޔިތުންނަ އެގޭ ދައުލަތުގެ ހަޒާނާން އެއްމެ ގިނަ ފައިސާ ބަދަލުގެ ގޮތުގަ ނެގީ ކޮން ބައެއްކަންވެސް.
އެއްކޮޅުގައި ހުއްޓަސް އިދިކޮޅުގައި ހުއްޓަސް ކަންކަން ގޯސްވީމައި ގޯސްކަން އެބަޖެހެ ގަބޫލުކުރަން ކުށް ގަބޫލުކުރެވިގެން އިސްލާހް ކުރެވޭނީ
އަބަދުވެސް ބަހައްޓަންވީ އެގޮތަށް.. އަބަދުވެސް އިދިކޮޅުލީޑަރަކަށް ފާޑުކިޔަން ދުރުގަ ބަހައްޓާ ދީ..
އެއްވެސް ގޮތަކަށް ގައުމުގެ ކަންތައްތައް ހަވާލުކުރާކަހަލަ މީހެއްނޫން..
ކޮވިޑަށްވުރެއް ބޮޑު ވަބާއަކަށް މިކަންވެއްޖެ. ސަރުކާރުގައި ތިބެގެން ސަރުކާރަށް ކަމެއްނުވާކަން ގަބޫލުކުރަންޏާ އަވަހަށް އިސްތިއުފާދީފަ އަވަސް އިންތިހާބަކަށް ގޮވާލާ، ދެން ދުވަހަކު ކޮޅުންވެސް ވެރިކަމާ ގާތްނުވޭވަރުގެ ލަދުވެތި ގޮތަކަށް ބަލިކޮށް ލާނަން ، އަދި މަތީ ފަޑީގައި ތިޔަތިއްބެވި އެއްމެނަށް ފިސާރި ހެޔޮވަރު ސެކިއުރިޓީއެއް ދޭނަން!
މޑޕގެ އިސް މީހުންގެ މަސައްކަތަކީ ސަރކާރާއި މޑޕ
އާ ޖެއްސުމެވެ މޑޕ ތެރެއިން ތަހްގީގުތައް ހިންގުމާއި
ޝަރީޢަތް ކުރުމާއި ޙުކުމް އިއްވުން އޮންނަން ވެއްޖެނަމަ
އަ ދުލު އިންސާފު މިހާރަށްވުރެވެސް ފޭލްވެ ގައުމު ގަޑުބަޑު
ވެ ދާނެއެވެ ސިޔާސީ ޕާޓީގެ ހަރަކާތް ތަކުންބޭރުވެ ކަންކަން
އަމިއްލަކޮށް މުއައްސަސާ ތަކުގެ ބާރު ކަނޑުވާލަން އުޅުމަކީ ސިޔާސީ ޕާޓިގެ މެންޑޭޓެއް ނޫނެވެ.
އަޅެ އެމްޑީޕީ އިން ތަހުގީގު ކުރަނީ ތިޔަހެންތަ ކޮންމެ ތަހުގީގެއްވެސް އެމްޑީޕީއައް އެނގެންޖެހޭ ހުކުމަކާ ހަމައައް ދިއުމުގެ ކުރިން ހުކުން އިއްވާނެގޮތްވެސް.. މިކަހަލަ ގޮތަކައްތާ ދިޔައީ ރ.ޔާމިންގެ ސަރިއަތްވެސް ހައިލަމައް މަޖުބޫރުކުރީ ހުކުން އިއްވެވުމުގެ ކުރިން އިއްވާނެ ހުކުމަކާ ވާނެގޮތަކާ އެވެރިންނައް އިނގެން، އެހެން އެކަން ކުރިން ނޭގުނީމަ ހައިލަމްވީ އެމްޑީޕީ ގަބޫލުނުލުރާނެ ފަރާތަކައް، އަދި ފަހުން ރ.ޔާމިން އައް އިއްވި ހުކުމަކީ އެމްޑީޕީން ކުރިން ނިމިގެން ބޭނުންވާގޮތައް އިއްވާނެ ހުކުމެއްކަން ޔަގީންވީމަ އެވަރެއް ނެތް..
އެމްޑީޕީގެ ލީޑަސިޕަކީ ހަމަ ޖަންގަލީގެ ރަސްގެފާނުގެ ހުކުން، މިހާރު އެރަސްގެފާނައް ވެރިކަން ނުލިބިގެން ހިނގާހާ ކަންކަން މިފެންނަނީ...
ރައީސް ނަޝީދު ހުންނެވީ އިދިކޮޅު ލީޑަރެއް ގޮތުގައިތޯ ސުވާލު އުފައްދަވައިފި
8 ގަޑިއިރު ކުރިން ( މެއި 29, 2021 )
މިކަލޭގެ ބޮޑަށް ވައްތަރީ އަދުއްވަކާ، މީނަ ބޭނުންވަނީ ދިވެހިންގެގައިގާ ތަޅާ ށޭވެސް ބުނި. ޤާޒީއަކުވަގަށް ނެގުމަކީ އޭނައަށް ....... ބުނި، އަށްޑޫސިޓީޯގެމީހުނަށް ހިއްވަރުދީގެން އެތާނގަ
ހުޅުވެސް