ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާއި ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް ނޫހުގައި ލިޔުން ގޯސް ކަމަށާއި އެ ލިޔުންތައް ކުށްވެރި ކުރުމަކީ ކިއުންތެރިންނަށް އޮންނާނެ ހައްގެއް ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ. ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ބަލަމުންދާ ކަން މަޖިލީހުގެ އިދާރާއިން ވަނީ އިއްޔެ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި، ދިވެހި ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމުގައިވާ އެޑިޓާސް ގިލްޑްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން އިންތި ވަނީ "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓަށާއި، އެކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ފާހަގަ ކުރާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިންތި ވަނީ މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާ މައްސަލަ ވެސް އެޑިޓާސް ގިލްޑް ފަދަ ޖަމިއްޔާތަކަށް ނޭނގެނީތޯ ވެސް ސުވާލު ކުރައްވައިފައެވެ. އަދި ނޫސްވެރިޔާއަށް އެ މައުލޫމާތުތައް ދިން މަސްދަރު ހޯދުމަށް ޓަކައި ނޫސްވެރިޔާއަށާއި ނޫހަށް އެހުމުގެ ވިސްނުން ނެތް ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ލިޔުއްވާފައިވާ ގޮތުގައި ބަލަމުންދަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވެގެން އައި ގޮތުގެ މައްޗަށް 241 ކޮމިޓީން ފަށާފައިވާ އިންކުއައިރީގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަމެވެ. އެހެން ވިޔަސް، "މިހާރު" ނޫހުގައި އެ ރިޕޯޓް ލިޔުން ގޯސް ކަމުގައި އިންތި ވިދާޅުވިއެވެ.

"މިހާރު ނޫސް ކުށްވެރި ކުރީ، އެތިކްސްއާ ޚިލާފަށް ވިޔަސް ލިޔުމުގެ ހައްޤު އޮންނަ ކަމަށް ދެކިގެން ލިޔާ ގޮތަށް، ކުށްވެރި ކުރުމުގެ ހައްޤަކީ ވެސް އޮންނަ އެއްޗަކަށް ވާތީވެ،" އިންތި ލިޔުއްވާފައިވެއެވެ.

241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ފާހަގަ ކުރެއްވި ގޮތުގައި ނޫސްތަކުގައި ޝާއިއުކުރާ މައުލޫމާތުތައް ބެލުމަކީ 241 ކޮމިޓީގެ މެންޑޭޓެއް ނޫނެވެ. ކޮމިޓީން ބަލަމުން ދަނީ ސަލާމަތީ ސިއްރު މައުލޫމާތުތައް ލީކުކޮށްލި މީހެއްގެ މައްސަލަ ކަމަށާއި ނޫސްވެރިޔާގެ މައްސަލަ ބެލުމުގެ މެންޑޭޓް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިޔާ ހާޒިރު ކުރާނެތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތެއްގެ މަތިން ކޮމިޓީގައި މައްސަލައެއް ކުރިއަށް ދާނެ ގޮތެއް ނިންމާނީ ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެހެންވިޔަސް ނޫސްވެރިޔާ ހާޒިރު ކުރާނެ ކަމަށް "ވަރަށް ބޮޑަށް ނުބެލެވޭ" ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ އެތައް މައުލޫމާތެއް ހިމެނޭ ރިޕޯޓެއް ނޫހެއްގައި ޝާއިއު ކޮށްފައި މި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށް ސަލާމަތީ ޚިދުމަތްތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޙުއްތު

  ސަލާމަތީ ސިއްރެއް އެއަކު ނެތް ، ކަންހުރި ގޮތް އެހެރީ ލޯއަނދިރި ނޫނިއްޔާ ފެންނަން

  36
 2. ކޮވިޑް

  ސަޅި ތި ގޮތްވެސް. ހަމަ ތި އުސޫލުން އިންތިމެން ކީއްވެގެންތޯ ރައްޔަތުން ސަރުކާރާ އާނާތެއްގެ ގޮތުން ހަވާލު ކޮށްފަ ހުރި ޒާތީ މަޢުލޫމާތު މި ސަރުކާރުގެ މިނިސްޓަރަކު މީސްމީޑި އާ އަށް ދޫކޮށްލި މައްސަލަ ނުބެއްލެވީ ސޮރީ މާފް މީ ނިކަމެތިން ނަށް ހައްޤު މިންވަރަކީތޯ؟

  31
 3. ހޯލި

  އެމްޑީޕީގެ ދުވަސް އަނެއްކާވެސް ތި ދަނީއެވެ. ކޮންމެ ފަހަރަކު ވެރިކަމަށް އައިސް ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުތުން އެއި މަޖުބޫރު ކަމެއްތޯ؟

  35
 4. ޑެއިލް

  ހައްޤުނޫން ކަމެއް އެކަކުވެސް ނުކުރާނެ. ކޮންމެ ކަމެއްކުރަންވެސް ހައްގު ލިބިގެންވޭ. ބޭނުންދީނަކަށް އުޅުމުގެ ހައްގު މިހާރު އިންތިމެން ބޭނުންވަނީ. ލާދީނީ ވާހަކަ ދެއްކުމަކީވެސް ހައްގެއް ހޭޓް ސްޕީޗް ދިނުމަކީވެސް ހައްގެއް. ދެން ކީއްކުރާ މަޖްލިހެއް. އިސްތިއުފާދީ މީއީވެސް މަގޭ ހައްގު

  17
 5. ރަދީފް

  ސިއެސްޓާ ކަލޭގެ ލަދު ކޮބާ؟

  11
 6. ހައްގުބަސް

  ރަގަޅު، މިގޮތައްމިވެރިން ނިމޭނީ. މޑޕ އިދިކޮޅައް އޮތްނަމަ މީހަމަ އެއްވެސް ކަމަކައް ނުވީސް.
  އަންނީގެ ރޯބަރަހަނާ ފިޓޯ އަމިއްލެއައް ނަގާ ނެޓައް ލުން ބަލާނެ ބަޔަކުނެތްތޯ.؟ މޑޕ އިދިކޮޅުގަ އޮތް އިރު ކިތައް އަން އެތިކަލް ކަންކަން ކުރިތޯ. މިއޮތީ 4 ވަނަ ބާރު މުށުތެރެއައް ލުމުގެ ކުޅިވަރު ފެއްޓިފަ.

  16
 7. މާނަ

  ނޫސްވެރިކަމުގެ މިނިވަންކަމުގެ މާނަ މިހާރު ވަރަށް ސާފު. އަހަރެމެން ވެރިކަމުގަ ތިބޭއިރު އަހަރެމެން ބުނާގޮތަކަށް. އެހެން ބަޔަކު ވެރިކަމާ ހަވާލުވާ ހިސާބުން ނޫސްވެރިކަމުގެ މިނިވަންކަން މިއިން ޒަމާނަކު ނުދާހާ ދަށަށް.

  13
 8. ދަރަނި ދަންތުރަ

  އާން މީނަޔަށް އެކަނި ހައްގުތަށް އެނގޭނީ ، ބޮޑުހިޔާނާތުން އިންތި ދިރުވާލި އަދަދު ވެސް އެއީ ހަމަ އިންތިޔަށް ހައްގުވާ މިންވަރު ، ރީނދޫ ގުރޫޕުގެ އެކުޓިވިސްޓުން އިންތި ރީނދޫ ހަރުގެއިން ބޭރުކޮށްލީ ވެސް ހަމަ ހައްގުވެގެން އެހެންނޫންތޯ މިއީ އަދި މާމަތިން ފައިބައިގެން އުޅޭ މީހެއް ކިހާވަރަކުން ދާނެބާ ....

  14
 9. ބޯޖަލީލު

  އިންތި މެން މުޅިގައުމުގައި ހުޅުޖަހާ އަންދާލީވެސް ހައްގުވެގެންތޯ ؟ ގާޒީވަގަށްނަގާ ރަހީނުކުރީވެސް ހައްގުވެގެންތޯ ؟ ފުލުހަކު މަގުމަށްޗަށް ވައްޓާލާ ތަޅާރާކޭސް އަރުވާލީ ވެސް ހައްގުވެގެންތޯ ؟ މައުމޫނާ ދިމާޔަށް ގޮޅާބޯ ކީވެސް ހައްގުވެގެންތޯ ؟

  16
 10. ސަޑުހަސަނު

  އަޅެ ފަހެ މީހަކު އަޖައިބު ނުވާނެތަ. މިމީހުންނާ ޖެހުނީމަ އެވެސް މިވީ ހައްޤަކަށް. ނޫނޭވާ އިންސާފާ ހަމަޔާ މިމީހުން އެބަހުރި ދަސްކޮށްފަ.

  13
 11. Anonymous

  ކޮން ހައްގެއްގެ ވާހަކަ ބާ މީނާ މިދައްކަނީ.

 12. ރޯލާ

  އެމްޑީޕީ ކެނޑި ކަނޑުލުގެ ހިތި ފިސާރި ކަރުބުޑުގަލާނެ މިހާރު.... ދެން މަ ހީ ހީ ހީ ހަލާކު

 13. އަހުމަދު

  މީނައަށް އިންތި ކިޔުމުގެ ބަދަ ލު ލާދީނީ އަންނިގެ އަޅުކަ ލޭގެ އޭ ގޮވުމަކީ ވެސް މަގޭ ހައްގެއްނު! މި އަޅުކަ ލޭގެ އަށް އަންނި އިރު ދައްކާފަ އެ ފެންނަނީ ހަނދޭ ބުނާއިރަށް މި އަޅުކަ ލޭގެ ބުނާނެ އާދެ މަ ސާހިބާ ތި އީ ހަމަ ހަނދޭ.... ތިއީ ހަމަ ހަނދޭ ... ތިއީ ހަމަ ހަނދޭ....
  ލަދުގެ ކަންފުޅެއް އޮތްނަމަވެސް ސޭކު ވާހަކަ ނުދައްކާ މަޑުމަޑުން ހުރީހެއްނު.....

 14. ފޮޑިޔާރުކަލޭގެފާނު

  މަށަށް ހިމާރުގެ އަޑުން އަޑުނެރެގެން ހަޅޭއްލެވުމާއި މަދުލަށް އައިހައި އެއްޗެއް ގޮވުމާއި މަބުނަންވީމާ އެއެއްޗަކީ ހައްގުކަމަށް ވުމާއި މަބުނެފިއްޔާ އެއެއްޗެއް ތެދު އެއްޗަކަށް ރަނގަޅުގޮތްކަމަށް ވުމާއި މަކަނޑައަޅާ ހުރިހާ ކަމަކީ އެހެން އެންމެން ބަލައިގަނެ އެއަށް ތަބާވެ އެއާމެދު އެއްޗެއް ބުނެގެން ނުވާނެ އެއްޗެއް ކަމުގައާއި އެއްޗެއް ބުނެފިމީހަކު ބުނި އެއްޗަކަށް ތަހްގީގު ހިންގުމާއި އަދަބު ދިނުމަކީ މަށަށް އޮންނާނެ ހައްގެއް ކަމަށް އަހުރެން ފޮނޑިޔާރުކަލޭގެފާނު ކަނޑައަޅައި އަހުރެގެން އަޑުއެހި އެންމެތަކުންނަށް އަންގައި ކޮލިފަތްތޫރަ މިލަނީ މިކަން ދެނެކަށަހުށި އެކަކުވެސް މިއާ ޚިލާފު ނުވުމަށް އެންގުމާއެކު އަހުރެން ކަނޑައަޅާ އަދަބެއް އެމީހަކަށް ދޭނެކަން ހަރުކަށިކަމާއި ޚުދުމުޚުތާރުކަމާއެކު އަންގަމުން.

 15. އަލިބެ

  މިމީހުން ކޮށްގިއްޔާ އޯކެ މުޅިން ހައްގު

 16. ރައްޔަތުން

  ކޮބާ މިސަރުކާރުން ހޯ ދަ ދޭނެ ކަމައް ބާރުލާ ގޮވި މިނިވަން ނޫސްވެރިކަން. އެންމެ ވަރައް އަޑުން އަޑުނަގާ ގޮވީވެސް ނަސީ ދު. މިހާރު ތިއޮތީ އަތައް ގޮވާފަ. ބުނެލަން ބޭނުމީ ކޮންމެ މީހަކީ ވެސް ސެކުރަޓީ ދޭންޖެހޭ މީހެކޭ. ކޮބާ އަހަރުންގެ ހައްގު. ވަކި މީހެއް ވީމަ އެމްޑީޕީއަށް ޖަހަމް ނުވީ. ކެރަފާ އާއިލާއިން ސިފައިންގޭގެ ޗާޓު ނަގާގެން 3 ނޮވެމްބަރު ގަހިންގި ބަގާވާތު ކުއް ވެރި ނުވަނީ ކީއް ވެތޯ ،؟؟؟ ސިފައިންގޭގެ ޗާޓު ޖެހުން. އޯކޭ ދޯ؟؟ މިހާރު އެމީހުން ނައް މުސާރަ ދީފަ ސަރުކާރުގެ ހިމާޔަތުގަ . ހައް ހައް ހާ ެޯ ެ

 17. ޜަންނަމާރި

  ތިޔައީ އަމިއްލައަށް ޢިއްޒަތްތެރި ވެގެން އުޅޭމަޖިލީހެއް ބާޒާރު މަތީ ތެޅޭ މީހުނަށްވުރެ މިބޭސްފުޅުންގެ ހާލުދެރަ އަދިއަމުދުން ތިޔަ އިންތި ބުނެފިއްޔާ ދުވާލު ރޭގަނޑަށްވެސް ވާންވީ ހައްގަކީވެސް އިންސާފަކީވެސް އެމީހުން ހިތަށްއެރި ގޮތަކަށް ނިންމާ އެއްޗެއް މިއީކީ ކޮންމެހެންްް މިހާރަކު އެކަންޏެއްނޫން 1960ހުގެ ތެރޭ އޭރުގެ މަޖްލިސް އަދިވަޒީރުންގެެ މަޖްލިސް މެމްބަރަކު އާއްމު ރައްޔިތަކާދިމާލަށް ބުނީކަލޭ މަށަށްގާނޫންކިޔާދޭން ނުުއުޅޭށޭ އެއީއަހަރުމެންއަތުގައޮންނަގަލަމަކުން އަހަރުމެން ލިޔާއެއްޗެކޭއަހަރުމެންހިތަށްއެރުމުން ބޭނުން ގޮތަކަށްބަދަލުކޮށްލެވޭނޭމިއީމިރާއްޖޭގެމަޖްލިސްމެމްބަރުންގެޕަރަމްޕަރާ.ހިންދީބަހެއްމިބޭނުންކޮށްލީ މިއީ މިހާރު އިންޑިއާގެ ސްޓޭޓަކަށްވާތީ!!!!!!!!!!!!!؟؟؟؟؟؟؟؟؟؟؟

 18. ކާދަރޭ

  މެމްބަރުންގެ އިތުބާރު އެމީހުން އިންތިހާބުކުރި މީހުންނަށް ގެއްލުނީމާ، އެމެންބަރު ވަކިކުރިމަކީވެސް އޮންނަންޖެހޭ ހައްގެއް.