ނަފްރަތު އުފެއްދުން މާނަ ކުރުމަށް ޤާނޫނަށް ގެންނަން ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ނުވަތަ ފާޑުކިޔާ ފަރާތްތަކުން ބުނާ "ލާދީނީ މީހުން ހިމާޔަތް ކުރާ ޤާނޫނު" އަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސިފަ ކުރައްވައިފިއެވެ.

ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް ރާއްޖޭގައި ބަންދުކުރުމަށް ޤާނޫނުހެދުމަކި ބޮޑު ޖަރީމާއެއް ކަމަށެވެ.

ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ނަފްރަތު އުފެއްދުމަކީ އިސްލާމް ދީނުގައި ވެސް ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުފުރުވުމުގެ ޝަރުޢީ އިޞްޠިލާޙު ޝަރުޢީ ހަމަތަކުގެ މަތީން ނޫނީ ބޭނުން ކުރުމަކީ މިއަދުވެސް ހުއްދައޮތް ކަމެއް ނޫން ކަމަށެވެ. "އިސްލާމަކާ ދިމާލަށް ކުފުރުޖެހުން ކީއްކުރަންތޯ؟ ނުރުހޭ ވަނަމުން ގޮވުންވެސް ﷲ ވަނީ ޙަރާމްކުރައްވާފައެވެ! އެހެންކަމުން ޝަރުޢީ އިޞްޠިލާޙު ޝަރުޢީ ހަމަތަކުގެ މަތީން ނޫނީ ބޭނުންކުރުމަކީ މިޔަދުވެސް ހުއްދައޮތްކަމެއް ނޫނެވެ. މިކަމަކު ޤާނޫނު އަސާސީގެ 27 ވަނަމާއްދާވެސް އެއީ އޮތްއެއްޗެއްނޫން." ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ވަނީ ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމާއި ނުވަތަ އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުމާއި ޢާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި ޢާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ.

މިއީ އިސްލާމްދީނާއި ހިލާފު ވާހަކަ ދައްކާ މީހުން ހިމާޔަތް ކުރަން ސަރުކާރުން ހުށަހަޅާ ބިލެއް ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ނަފްރަތު އުފެއްދުން ކުށަކަށް ހަދަން މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ދޮން ބޭ

  ލާދިނީ ބައެއް މީހުން މިސްކިތަށް ވަންނަ އިރު ވެސް ބަންގާޅީންނަށް ވުރެ މުޑުދާރުކޮށް ތިބެނީ

  26
  4
  • Anonymous

   ކީއްތޯ ކުރާނީ، ލާދީނީ ބައިގަނޑެއް ވެރިކަމަށް ގެނެސް ނުވެގެން މަޖްލިސްވެސް ދީފި. މިވަރުންވެސް ނުފުދޭ. ދިވެހިން އިންޑިޔާއަށް ވިއްކާފަ ހުއްޓާލާނީ.

   9
   2
 2. ގަންޓާބެ

  ލާދީނީ އަކީ ކަލޭމެންގެ ސިޔާސީބޭނުމަށް ބޭނުންކުރާ އެއްޗެއް ކަލޭމެން ހިތްހަމަޖެހޭމީހަކު ކޮންމެ ގޮތަކަށް އުޅުނަސް ކޮންމެކަމެއްކުރިޔަސް އެއްޗެކޭނުބުނޭ ވަކިބަޔަކާ ޖައްސާލައިގެން އުޅެނީ އަބަދުވެސް

  23
  38
 3. އަބޫ ކުލްވީ

  ﷲ އާ އެކަލާނގެ އަޅާޔާ ދެމެދުވާގުޅުމަކީ އެހެން މީހަކަށް އެނގޭނެ ކަމެއްނޫން. އެކަކު އަނެކަކަށް ކާފަރަށް ފާސިގަށް ގޮވުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއްނޫން. މީހަކު ނުވަތަ ބަޔަކު ކުރާކަމަކުން ނުވަތަ ބުނާ ބަހަކުން ދީނަށް ފުރައްސާރައެއް ނުވާނެ، އެއީ އެބަޔަކަށް ލިބޭ ނިކަމެތި ކަމެއް. ދީން ވަނީ ﷲ ހިމާޔަތް ކުރައްވާފަ.

  32
  15
 4. ޣެގު

  ދުނިޔެައައް އިސްލާމް ދީން ގެނައީ ސަލަފް ކިޔާ ބައެއްނޫން. ގާނުނު ހަދަންޖެހޭ ހިސާބައް ދިޔައިމަ ޖެހޭނީ ހަދަން. ޥަކި ޕާޓި އަކައްވީމަ މުސްލިމަކައްވެފަ ވަކި ޕާޓީ އަކައްވީމަ ކާފިރެއްގެ ގޮތައް ސިފަކުރީމަ އެއީ ބޮޑުވަރު.

  12
  22
 5. އަޙްމަދް

  އޮޅުވާ ނުލައްވާ!!
  ސަލަފުން ނެއް ނޫނެވެ.
  ޖަމިއްޔަތުއްސަލަފު އެވެ
  ސަލަފުން ނުވަތަ ސަލަފުއްޞާލިޙުން ނާއި
  ޖަމިއްޔަތުއް ސަލަފާކީ ގުޅުމެއް ނެތް ތަފާތު ދެބައެކެއެ.

  16
  4
 6. ދުނިދަނޑި

  ލާދީނީ ބަޔަކު އިސްލާމްދީނަށް ފުރައްސާރަކުރާ ބަޔަކު އިސްލާމްދީނުގެ ޢަދުއްވުން މަޖިލީހުގަ ތިބެގެން އިސްލާމްދިނަށް އިހާނެތިވާކޮންމެކަމެއްކުރާނެ ލާދީނީ މީހުން ހިމާޔަތްކުރާނެ މީ ފެންނަމުނދާ ޙަޤީޤަތް މި ގައުމަކީ ސައްތައިން ސައްތަ ޤައުމެއް މިޤައުމުގަ އިސްލާމްދީން ނޫދީނަކަށް ތަބާވާމީހަކު މިޤައުމުގެ ރައްޔިތުކަމެއްނުދެވޭނެ މި ޤައުމުގަ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނަށް ބަދުބަސްބުނެ އިސްލާމްދީން ބަލިކަށިކުރާން ކަންކަމެއްނުކުރެވޭނެ ބަފާ ޝޭޙް އެކަމަކު ދަރި އައުރަ ނިވާނުކޮށް ދެން މުސްލިމުންނޭ ކިޔޭނެތަ؟؟؟

  14
  4
 7. އެލެކުސް

  ތީއުފެދުމުގަވެސް ބާތިލް އެއްޗަކަށް ވާނީ....

  11
  3
 8. ސެލްފީބެ

  ސަލަފު މީހުން މި އަގެއް ނެތް ބަޔެއް އެއްވެސް އިހުތިރާމެއް ނުކުރަން ، މިގާނޫނު އަމާޒަކީ މި އަންނަ ރިޔާސީ ކެމްޕޭން މައުމޫނާ ދެކޮޅަށް އަދި އަންނިޔާ ދެކޮޅަށް ރިޔާސީ ކެމްޕޭންގައި ދެއްކި ވާހަކަ ނުދެއްކޭ ގޮތް ހަދާ ތަޅު އެޅުވުން ، ޔާމީނުވެސް ބޭރު ކުރެވުނީ އަނިޔާވެރިޔޭ އޯގާތެރިވާނަމޭ އިންސާފޭ ކިޔައިގެން މިހާރު އެކުރަނީ ވޯޓު ދިން މީހުން މޫނަށް ކުޅު ޖެހުން ކަހަލަ ކަމެއް ރީތި ވެއްޖޭނުން ޔާމީނު ވެރިކަމުން ބޭލީމަ

  15
  9
 9. ޝޮކްތެރަޕީ

  ކޮން ސަލަފެއްތަ؟ މިބައިގަނޑު ސަރުކާރުން ބަލައިގަތުން ހުއްޓާލަންވެއްޖެ އަދި ބޭން ކޮށްލަންވީ. އަބަދު ފިތުނަ އުފެއްދުން ނޫން ކަމެއް ނޯވޭ. ހުސް ޔާމީނުގެ އަޅުންމިއުޅެނީ

  7
  24
 10. ޑރ ރޯނޭ

  ކާޅެއްގޮވާހެން އިރުއިރުކޮޅާ އެމްޑީއެން އަށް ފިޔަވަޅުނާޅާވާހަކަ ބަލަ ފިޔަވަޅުއެޅިމައެއްނޫންތަ އެޖަމިއްޔާ އުވާލާ އެކަމުގައި އިސްކޮށް އުޅުނުމީހުން މިގައުމުން އަމިއްލައަށް އަރުވާލެވިގެން ގޮސް އެތިބީ އަތުޖެހުނީމަތާ ބކެނޑޭނީ

  6
  18
 11. ސަލަފޯއް

  ބަލަ ކަލޭމެން ތިޖަހާ ސަކަރާތެއް ޖެހެނީ އެހެންމީހުންނާ އެޅިގަނެގެންތަ؟ ކަލެއަށް މުސްލިމަކަށް ވެވެނީ ދެންތިބި އެންމެންނާއެކުގަތަ؟

  9
  8
 12. ކުކުޅުމުދި

  ކީކޭ ތިކިޔަނީ އިސްލާމްދީނުގަ އޮތީވެސް މުސްލިމަކާ ދިމާއަށް ކާފަރެކޭ ގޮވުންމަނާކޮށްފައޭތިކިޔަނީ އެކަމަކު މަޖިލީހުން މިއުޅެނީ ލާދީނީ މީހުން ހިމާޔަތްކުރާށޯ

  10
  1
 13. ބަލާއއްމީ

  މިވެރިން ކާންބޯން ކުރާ މަސައްކަތަކީ މީހުންނާދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވުން އެހެންވެތާ އެބުނަނީ މިގާނޫނު އައީމަ ދެން ތިމަންނާމެންނަކަށް އަނގަ ހުޅުވޭކަށެއް ނޯންނާނެއޭ

  11
  11
 14. ާއަބުދުﷲ

  މުސްލިމަކަށް ކާފަރެކޭ ނުކިޔާނެ ! އެކަމަކު އޭނާގެ އަމަލުތަކުންނާއި ބުނާބަސްތަކުން އެނާއަކީ މުސްލިމެއް ނޫންކަން ސާބިތުވާނެ . ޢޭނާއަކީ ފަސާދަކުރާ ފާސިދެއް ކަމުގަވާނަމަ އޭނާއަކީ މިލިޓްރީ ސިއްރު ހޯދާ ޖާސޫސަކަށްވުރެ ގައުމައް ނުރައްކާ ގައުމަށް ގައްދާރަކު ކަމުގައި ނޫނީ ނުވާނެއެވެ. ޢެނާގެ ނުރައްކަލުން ގައުމުސަލާމަތް ކުރުމަކީ ގައުގެ ވެރިންގެ ޒިއްމާއެއް!!!!!!

 15. އި ވ

  މި ޤާނޫނު ވުޖޫދަށް އައީމާ ލާ ދީނީ މީހުން ރާއްޖެއިން ނެތި ހިގައިދާނެ!

 16. ފިސާރި

  ލާދީނީމީހުން ހިމާޔަތްކުރަންޖެހޭނެތޯ ވީމާ، ގާނޫނެތްހެދުމަކީ ލާދީނީފިކުރަށާ، ލާދީނީމީހުންނަށް
  ދެވޭހިތްވަރެއް އަދިއެއީ އެފަދަފަރާތްތައް ހިމާޔަތްކުރުމަށް އެޅޭބާރުގަދަފިޔަވަޅެއް މިއީ އިސްލާމީ
  ގައުމެއް ވީމާ،މިގައުމުގައި ލާދީނީމީހުން ހިމާޔަތްކުރާގާނޫނަކީ ޖަރީމާއެއް މިގައުމުގައި ހަދަންވީ
  ލާދީމީހުން ހިމާޔަތްކުރާގާނޫނެތްނޫން ހަދަންވީ ލާދީނީމީހުންނަށް ލިބެންޖެހޭ އަަދަބުގެ ގާނޫނެއް
  މަޖިލީހުގައިތިއްބެވީ މުސްލިމުންހޮއްވަވާފައި ޖާގަދެއްވިބޭފުޅުން މިބޭފުޅުންވެސް ފުރިހަމަމުސްލިމުންކަމުގައިވާނަމަ ލާދީނީމީހުން ހިމާޔަތްކުރާ ގާނޫނެތްނުހައްދަވާނެ ތިބޭފުޅުން އިސްލާމީވަންތަކަމަށްރަގަޅަށްވިސްނާލައްވާ ލާދީނީފިކުރުގެ ބޭފުޅުންރުއްސަން ދުނިޔެއާ،އާޚިރަތްދޫކޮށްނުލައްވާ މިނޫންދުވަހެވާކަން ހަނދުމަފުޅު ބަހައްޓަވާ

 17. އަޖޯ

  ތިޔަށް ވުރެ ނިމުން ހިތި ކަމެއް ހިޔެއް ނުވޭ ދެން މި ސަރުކާރުން އިތުރަކަށް ކުރާނެހެން..... ޤައުމުގެ މުސްތަޤްބަލް ފެންނަނީ ވަރަށް ނުރައްކާތެރި ދިމާލަކަށް މިސްރާބު ޖަހާފައިވާތަން......