އެއް މުސްލިމަކު އަނެއް މުސްލިމެއް ކާފަރެއްގެ ގޮތުގައި ސިފަކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެދި ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅީ ވަކި ފަރާތަކަށް ބުރަވެގެން ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަށް ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވީ އެއީ ލާދީނިއްޔަތު ފަތުރަން ހުށަހެޅި ބިލެއް ކަމަށް ބުނެއެވެ. ހިސާންގެ ދިފާއުގައި ނުކުމެ އެމްޑީޕީގެ ސަޕޯޓަރުން ވެސް ދަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން އަލީ އާޒިމް "ވަގުތު" އާއި ވާހަކަދައްކަވަމުން ވިދާޅުވީ މިއީ ލާދިނިއްޔަތު ފެތުރުމަށް ފުރުސަތު ދިނުމަށް ހުށަހެޅި ބިލެއް ނޫން ކަމަށެވެ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ވެސް ހުށަހެޅި ބިލެއް ނޫން ކަމަށެވެ.

"މިއީ ވަކިފަޅިއަކަށް ބުރަވެގެން ފޮނުވި ބިލެއް ނޫން. ފިތުނަ ކުރާ މީހުން މި ކުޑަ ގައުމުގައި ވަރަށް ބޮޑަށް އެބަ އުޅޭ، މުސްލިމުންގެ ބަޔަކު އެހެން ބަޔަކު ކާފަރު ކުރުން އާންމުވެ، ނަފްރަތު އުފެއްދުން އާންމުވެއްޖެ، އެ ކަންބޮޑުވުމުގައި ހުށަހެޅި ބިލެއް،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އެ މެންބަރު ދެން ފާހަގަ ކުރެއްވި ގޮތުގައި، ދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނުން މިހާރު ވެސް މާނާ ކުރެވިފައިވާ ކަމެއް ކަމެވެ. އަދި އެ ކަމަށް އެކަށޭނެ އަދަބުތައް މިހާރު ވެސް ގާނޫނުލް އުގޫބާތުގައި ހިމެނެއެވެ. އަދި އެއީ ޖިނާއީ ކުށެއް ކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ފިތުނަ އުފެއްދުމުގެ ކަންކަމާއި، ނަފްރަތު އުފެއްދުމުގެ ކަންކަން ހުއްޓުވޭނީ އެ ކަންކަން ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިގެން އަދަބުތަކެއް ވެސް ކަނޑައެޅިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

ގާނޫނުގައި މިހާރު އޮންނަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާއި ގުޅުވައި މުޖްތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައެވެ.

މި މާއްދާއަށް 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުން އަންނައިރު، މިހާތަނަށް މި މާއްދާގެ ދަށުން މީހަކަށް ކުށެއް ސާބިތުވި ކަމެއް ނުވަތަ މާއްދާގެ ދަށުން އެއްވެސް ދައުވާއެއް އުފުލި ކަމެއް އެނގިފައެއް ނެތެވެ.

ސަރުކާރުން މިހަރު މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ވަނީ، އަގީދާއާ ގުޅުވައި މުޖުތަމައުގައި ވަކި މީހަކާ މެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގެ ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅުމަށް ހިމަނާފައެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެހެންކަމުން އެ ކުށް ސާބިތުވާ މީހެއްގެ މައްޗަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ކުށަކަށް ހަދަން މަޖިލީހަށް ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދީފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. އެޖެންޑާ ބަތާޅިސް

  ލާ ދީނީ ހަމަ ގެންދެ ގޮޅިއަށް

  71
  1
 2. Anonymous

  އާޒިމް ތި ފަޅިއަކަށް އެރީ. އާޚިރަތް ވިއްކާލާފަ ދުނިޔެ ގަތީ.

  78
  2
 3. ޖިންނި

  ތީ ލާދީނީ ބައިގަނޑެއް

  74
  2
 4. ހހހހ

  ދޮގުވެސް ހަދަންވާނީ މީހުނަށް ގަބޫލުކުރާގޮތަށްދޯ އާޒިމޫ!! އެންމެންނަކީ އަބަދު ހަމައިންޓެއްޒތިފަ ތިބޭނެ ބައެއްނޫނެއްނު ދޯ!!!

  68
  2
 5. ދަލާސްޓް

  ތި މައްސަލާގައި ފެންނަ ފެނުމަށް އަ ދި ވާހަކަ ދައްކަނީ އެމްޑީޕީ ދެބައިވެ އަންނި ފަޅީގައި ތިބި މީހުން ކަމަށް ފެންނަނީ. ޢިބޫ ފަޅީ މީހުން ތިކަމާ ބެހޭގޮތުން ބުނާއެއްޗެއް ދެން މުހިއްމީ. ރަނގަޅީ ތި ފާސް ކުރިއްޔާ. އޭރާށް އެމްޑީޕީއަށް އިތުރު މައިންސް ޕޮއިންޓެއް ލިބި އަހަރުންނަށް 2023 ޔަގީން ވާނީ.

  44
  5
 6. ހަމަ

  ތިހެން ބުންޏަސް ޤަބޫލެއް ނުކުރެވޭނެ. ތީހަމަ ވަކި ބަޔަކަށް ހެދި ޤާނޫނެއް.

  58
  2
 7. ސަލާމް ޢާޒިމް

  އާޒިމް ތި އެރީ ލާދީނީ ފަޅިއަށް. އާޚިރަތް ވިއްކާލާފަ ދުނިޔެ ގަތީ.

  35
  1
 8. ޑައެލޯގް

  މައުމޫނު އިރުގަ ރީދޫކުދިންގޮވީ ދުލުގެ މިނިވަންކަމެއްނެތޭ އެއްޗެއްބުނާއިރަށް ޖަލަށޭލަނީ ރީދޫކުދިން އެއިރުގޮވި ހުރިހައިކަމެއް އެވެރިންގެ އަގަޔަށް ވަދެނުމުނީއެވެ. އަދިމާގޯސް މިވެރިން މިއުޅެނީ އެމީހުނާދިމާލަށް ލާދީނީކިޔާތީވެ އެކިޔާމީހެއް އުލުބައިންދާށެވެ. ލާދީނީވީމަ ގޮވަނީ

  34
 9. ލލ

  ދިވެހިރާއްޖޭގައި މީހަކު އާންމު ތަނެއްގައި އިސްލާމް ދީނަށް ފާޑުކިޔާ އިސްލާމް ދީނަށް އިންކާރު ކުރާ މޭރުމުން ވާހަކަ ދެއްކުމަކީވެސް ކުށެއްކަމުގައި ޤާނޫނުގައި ލިޔަންވީ !

  32
 10. ޒަބީބު

  އާޒިމް އެވެ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ނުހަދާށެވެ. ތިޔައީ ބޭރުގެ ޤައުމުތަކެއް އަޑީގައި ތިބެ އެމީހުންގެ އައުވާނުން ލައްވާ ހިންގާ ސިއްރު އޭޖެންޑާގެ ބައެއްނޫންތޯއެވެ.

  ޤާނޫނަށް ތިޔަގެންނަ ބަދަލަކީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަން ޤާނޫންއަސާސީގައި ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ ސެކިއުލަރ ސްޓޭޓަކަށް ބަދަލުކުރުމަށް ހިންގާ ސިލްސިލާގެ ތެރެއިން ތިޔަބޭފުޅުން ހަދާ އެސިޑް ޓެސްޓެއް ނޫންތޯއެވެ؟

  ތިޔަބޭފުޅުން ތިޔަ މަސައްކަތްކުރަނީ 1924 ގައި ތުރުކީގައި ހެދި ޤާނޫން އަސާސީގައި އެދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ބަޔާންކޮށްފައި އޮތް އޮތުން ކަމާލް އަތާތުރުކްގެ މޭސްތިރި ކަމުގައި 1928 ގައި އެޤައުމުގެ ޤާނުން އަސާސީ އަށް ގެނައި ބަދަލާއިއެކު ފޮހެލައި އަދި އެއިގެ ފަހުން 1937 އެޤައުމުގެ ޤާނޫން އަސާސީއަށް ގެނައި ބަދަލާއި އެކު ތުރުކީ އަކީ ސެކިއުލާރ ސްޓޭޓެއް ކަމަށް ޤާނޫން އަސާސީގައި ކަނޑައެޅިގެން ބަޔާން ކުރި ގޮތަށް ދިވެހިރާއޖޭގެ ޤާނޫން އަސާސީ ބަދަލުކޮށް ދިވެހި ޖުމުހޫރިއްޔާގެ ދީނަކީ އިސްލާމް ދީންކަމަށް ޤާނޫން އަސާސީގައި ބަޔާންކޮށްފައި އޮތް އޮތުން ފޮހެލުމަަށް ނޫންތޯއެވެ.

  ތިޔައުޅުއްވަނީ ދިވެހިރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ މަގުފަހިކުރަން އިސްލާމް ދީނާއި ދެކޮޅު ބޭރުގެ ނުފޫޒުގަދަ ޤައުމުތަކުން ހިންގާ ހީލަތްތެރި ރޭވުމުގެ ދަށުން ސެކިއުލަރިޒަމްގެ އޮށް އިންދައި އެއިގެ ގަސް ފަޅުވައި ފެންދީ ބޮޑުކުރަން ނޫންތޯއެވެ؟

  ތިޔަބޭފުޅުން އަތުގައި މަޖިލީހުގެ މުތުލަގު ބާރު އޮތީމައި ތިޔަކަން ވެދާނެކަމަށް ހީކުރަނީ ތޯއެވެ. ދިވެހި ރައްޔިތުން ހަމަހިލާ ތިޔަކަމެއް ވިޔަކަ ނުދޭނެއެވެ. ތާރީޚް އަށް ބެލިޔަސް ދިވެހިން ތިކަމާއި ދެކޮޅަށް ކުރާނެ ޖިހާދު އެއޮތީ ފެންނާށެވެ. މޮޔަފުޅު ނުވާށެވެ.

  26
 11. .....

  މިކުޑަ ގައުމުގައި ﷲ އަށާއި ﷲ ގެ ރަސޫލާ ސ.އ.ވ އަށާއި ﷲ ގެ ދީނަށް ފުރައްސާރަ ކުރި، ކުރާ އިރު ތިބުނާ ކަން ބޮޑުވުން ފާޅު ނުކުރުން ހެކިދޭ ތިބުނީ ބުހުތާނު ދޮގެއްކަން....އެހެން ނޫނަސް ދީނޭ ކިޔައިގެން ކަން ކަން މަނާ ކޮށް ހުއްދަކޮށް ހަދަން މަޖްލިސް ތީ އެކަށީގެންވާ ބައެެއްނޫން....ތިކަހަލަ ބިލްތައް ހުށައަޅަން ކެރޭނީވެސް ދީނަށް ދޭންވާ ސަމާލުކަމާއި އަހައްމިއްޔަތު ނުދެވޭތީ...ދީނުގެ އިލްމު ނޭނގޭތީ....

  28
 12. ސަމާ

  ތިބިލް ފަރުމާކޮށްފައި ތިއޮތީ ވޭތުވެ ދިޔަތަނުގައި އިންތިހާބު ރެލީތަކުގެ އަޑުތަކަށް ބަލާފައި.
  އެމީހާ ކައިރީބުަނަންވީ އެއްނުން ތައުބާވެގެން މައުފަށްއެދި އެކަހަލަކަންކަން ކުރުން ހުއްޓާލަން.
  އެއިރުން ރައްޔިތުން އޭނާހޮވާނެ، ލޯބިވެސްވާނެ.
  ތިއީ ކޮން ސަކަރާތެއް.

  15
 13. ނޭނގިފަ

  އަމިއްލައަށްވެސް ނޭނގުނު ވަކި ފަޅިއަކަށް އެރުނުއިރު. ދީނަށް ލޯބިނުކުރާނަމަ ނޭނގޭނެ އަނެއް ފަޅިއަށް ދެވޭއިރުވެސް.

  21
 14. ވަހުދާން

  ކާފަރުންނާއި އިސްލާމުން ވަކިކުރަނީ ކަލޭމެން ހަދާގާނޫނަކުންނެއް ނޫން އިނގިއްޖެ! ވަރަށް ކުރުކޮށް ކިޔާދެންތަ ވާހަކައެއް.. އިސްލާމްކަމާއި ކާފަރުކަން ވަކިކުރާ ފުރަތަމަ ރޮނގަކީ ނަމާދު.. ކަލޭމެންގެ ސަރުކާރުން ހުރިހާ މިސްކިތްތަކެއް ތަޅުލައިގެން ތިއުޅެނީ ކާފަރުންގެ ސަރުކާރެއް މިއީ.. އިނގިއްޖެ!

  24
 15. ވަތަވައްސިފަޅި

  ބަލަ! ކީއްވެތަ އިސްލާމް ދީނަށްފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ބިލަށް އިސްލާހެއް ހުށަނޭޅިގެން ތިޔައުޅޭނީ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަތީމަޤާމުތައް ދީގެން ތިޔަ އުޅެނީ. މިރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހަކުނެތިއްޔާ ރާއްޖެއިން ބޭރުންވެސް އެފަދަމީހުން ހޯދައިގެން ތަންތަކުގެ ވެރިންނަށް މިލަނީ ކީއްވެހޭ ސުވާލަކީ؟

  21
 16. އޭއެމް

  އަބުރުގެ ގާނޫނު ކާފަރެކޭ ބުނުމުން ވެރިކަން ނުލިބިދާނެހެން ހީވެގެން ހަދާގާނޫނު. މީ މިހާރު އާ އެއްޗެއްނުން (އޭރު އެވެރިން —މިހާރު މިވެރިން) ވަގުންނާ ކާފަރުންނައް ދެނެއް ވެރިކަން ލިބިދާނެހެން ހީނުވޭ ޓެސްޓް ކުރެވިއްޖެ ފަގީރުކޮއި އަތައް ކަރުދާސްލިބޭދުވަހު ގާނޫނުތަސްދީގުކުރާނެ

  11
  • ޔެސް ސާރ

   ހައްލަ ކީ ހަމަ އުމަރު

 17. ހޯރަ

  ބަލަ މިހިރަ އާޒިމޫ.......

  ކަލެޔެކޭ އިނޑިޔާގެ ބީ ޖޭ ޕީ ގަ އުޅޭ ހަރުކަށި ވިސްނުމުގެ އެކްޓިވްސްޓުންނެކޭ އެއްގޮތް. ކަލޭ ހިތުން ކަލެޔަށް މާބޮޑަށް އެނގެނީ. އެކަމަކު މަގޭ ނަޒަރުގައި ކަލެއަށް އެނގޭނީ މިނާކުޑޭ ވިޔަފާރީގެ ވަތްްގަނޑު އެތރެއާއި ބޭރު.
  ކަލޭގެ ނުލަފާކަން ހައްދުފަހަނައަޅާ ދިޔައިމާ ދެން މިނޫން އެހެން އެއްޗެއް ނެތް ބުނާކަށް

  19
 18. އިބްރާ

  ލާދީނީވީމާ ނޫންތޯ ކޯޓްތަށް ފުނޑާލައިގެން ތިޔައުޅުއްވަނީ؟ ތިންބާރު އެއްކޮށް ޤައުމުގެ ޢާއްމު އަޚްލާޤް ފުޑާލައިފި. ދީނީ ޢިލްމުވެރިންގެ އަގުވެއްޓުމަށްޓަކައި ކީތްތޯ ނުކުރަނީ؟

  21
 19. ރާއްޖެތެރެ

  ޖީއެމްއާރުގެ ހުތުރުފައިސާގަ ޖެހި ޕާޓީ ބަދަލުކުރިމީހުން ރައްޖެއަކަ ހެވެއް ނޭދޭނެ

 20. ލަދު

  ދެން ސޯސަލް މީޑިޔާގައި ކިތަންެ ކެމްޕޭނެއް ހިންގިޔަސް އެއްޗެއް ނުބުނެވޭނެ. އޭރުންވާނީ އާއްމު ތަނެއްގާ ކާފަރުކުރިކަމަށް. މިއީ ފައިސާއާއި ބާރުގެ ގޮތުން ލާދީ ޖަމާއަތް ވަރުގަދަވެ ފައި ހިއްޕާލާފާ އޮތް މިންވަރު ފެންނަ ކަމެއް. 2030 ގައި ދީނީ މިނިވަން ކަމަށް ހުޅުވާލާއިރު ތާއީދުކުރާ މީހުން ވ ގިނަވާނެ ކަމަށް ލަފާކުރެވޭ

 21. ނާދިރާ

  ލާދީނީ މޑޕ

 22. ޜަނާ

  ވަ ކި ފަޅިއަ ކަށް ނޫން ވަ ކިމީހަ ކަށް ކަން އެންމެނަށްވެސް އެނގެޔޭ އިއްޒަ ތެއް ނެތް އިއްޒަތް ތެރި މެމްބަރ ވިދާޅު ނުވިޔަސް .

 23. އެޖެންޑާ2021

  ތިޔައާޒިމަކީ މާކަންކަން ދަންނަ ދީންވެސް އެގޭ
  ކަމުގަ ދެކިގެންއުޅޭ ވަރަށް ބީތާ ސޮރެއް. އެގޭތޯ
  ޕީ.ޖ. ގުރޫޕުގެ ލީޑަރ ކަމަކީވެސް އޭނައާ ނުބައްދަލުވެރުގެވެރިކަމެކެވެ. މީނަ ޔާމީނު ވެރިކަމުގަ ރާއްޖެ ޓީ.ވީ.އަށް ދެޕާޓީއިން މޮޅު
  ވާހަކަ ދައްކަން އަރައިފަ ގޮނޑިމައްޗައްބަލިވި
  ތަންވެސް ލޮލުންފެނުނެވެ. މީހަކު ކީއެއްޗެއް
  ތަރުޖަމާ ކޮށްދޭހާ ވަރުގެ ޤާބިލްކަމެއް ތިޢާޒމް
  ގެކިބައަކުނެތް.

 24. ޖާބެ

  ކޮބާތަ ވައްގުންގެ ބިލު، ހުސް ވަގުން ހަރު އެއްޗެއްސާ ދިޔާ އެއްޗެހި ކަިއގެން ބޮއެގެން ތިބި ރައްޔިތުންގެ ފައިސާ ބަނޑުއަޅަލި ވަގުންކޮބާތަ؟

 25. މަކުތަބު

  ރާއްޖޭގައި ލާދީނީގޮވަނީ އިސްލާމްދީނަށް ހަޖޫޖަހައި ދީނާހިލާފުވާތީ ހަރުކައްޓޭ މަޑުކައްޓޭ ގޮވަނީވެސް ސަބަބުތަކެއްއޮވިގެން އެކަމަކު ހައްޔަރުކުރަނީ ހަރުކަށިވީމާ ލާދީނީ މީހަކުވިއްޔާ ފޮރުވަނީ އާޒިމް ހިޝާން ގެއަށްދޭ