މިދިޔަ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން ދިއްދޫ މޮނީޓަރިންގެ ހާލަތުގައި ވާއިރު މިއަދަށް ދިއްދޫ މޮނީޓަރިންގައި އޮންނަތާ މަހެއް މިވަނީ ވެފައެވެ.
އެރަށުން އެންމެ ފުރަތަމަ ވޭދަނައެއް މީގެ މަހެއް ކުރިން ފެނި، ފުރަތަމަ ފައްސިވި މީހާގެ އިހަލުން އެތައް ބަޔަކު ފައްސިވުމާއި ގުޅިގެން ރަށް މޮނީޓަރިންގެ ހާލަތަށް ލައި، ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ދިއްދޫ އިން ފައްސި ވޭދަނަތައް ނުފެންނަތާ ދުވަސްކޮޅެއް ފަހުން މިއަދު 7 މީހަކު މުޅިން އަލަށް ކޮވިޑަށް ފައްސިވެ، ޖުމްލަ އަދަދު ވަނީ 142 ކަށް އަރައިފިއެވެ.
މިވަގުތު ދިއްދޫ އިން ފައްސިވި ދެ މީހަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު ފައްސިވި މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.
ދިއްދޫ ހޮސްޕިޓަލުން މިހައިތަނަށް 1940 ސުންކު ނަގާފައިވާއިރު އޭގެ ތެރެއިން 161 ސުންކުގެ ނަތީޖާ އަދި ނުލިބެއެވެ. މިވަގުތު ރަށުގައި ބަލި ޖެހިފައި ތިބީ 22 މީހުން ކަމުގައިވާއިރު މިހައިތަނަށް 121 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް ޓެސްޓު ކުރެވޭ މެޝިނެއް ދިއްދޫ އަށް މީގެ ކުރިން ގެނައި ނަމަވެސް، އެ މެޝިނުގެ ބޭނުން ކުރަން ފެށިފައެއް އަދި ނުވެއެވެ. މީގެ އިތުރުން، ހއ. އަތޮޅުގައި ސަރުކާރުން ކޮވިޑް ފެސިލިޓީ އެއް ގާއިމު ކުރި ނަމަވެސް، އެތަނުގެ ބޭނުމެއް ވެސް އެއްވެސް ވަރަކަށް މިހައިތަނަށް ކުރެވިފައެއް ނުވެއެވެ.
މިއަދު ހެނދުނު ހާލު ސީރިއަސްވެގެން ދިއްދޫ ހޮސްޕިޓަލަށް ހައިޑްއަވޭ ރިސޯޓުން ޕޭޝެންޓުންތަކެއް ގެނައުމާއި އެކު ހޮސްޕިޓަލް ޑިސްއިންފެކްޓު ކުރުމަށް ގިނަ ވަގުތުތަކަކަށް ހޮސްޕިޓަލު ބަންދު ކޮށްފައިވެސް ވެއެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ޙިދުމަތް ލިބުން ލަސްވިއިރު މިހެން ކަންތައް ދިމާވީ ހއ. އަތޮޅުގައި ކޮވިޑް ފެސިލިޓީ އެއް ނެތުމުންނެވެ.
މި ދަނޑިވަޅުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި އެނޫންވެސް ދިއްދޫގެ ކަމާބެހޭ ފަރާތްތަކުގެ އިސް ވެރިން އަންނަނީ ދިއްދޫ އިން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ކޮވިޑް ފެސިލިޓީ އެއް ވީހައި ވެސް އަވަހަށް ގާއިމުކޮށްދިނުމަށް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.
ހއ. އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ދިއްދޫ މޮނީޓަރިންގައި އޮތުމުން އަތޮޅުގެ 24،000 ރައްޔިތުންނަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
ކޮޔާމެންނޭ ދެން ލަލާ ކޮޑު ހުޅުން ނައްޓާދެން އަތްތެލަބަޑިޖަހާ އެވަރުން ނުވިއްޔާ ބިންބި ފުށުގާތެލަބޑި ހަދާފައި ވާގަޑަކައް އަމުނާފައި އަތޮޅު ހޮސްޕިޓަލުގެ ފާރުގާ އެއްކޮޅު މެންބަރުއާ އަސްރަފާ ވެގެން ކޮވިޑުން ޓެސްޓުހަދަނީ ބިންބި ތެލަބަޑިންނޭ މިއީ ކެރަފައިނަސީމުގެ ފަހުގެމިބޭސް ހޯދުން މިނިސަޓަރު މައުސޫމު ވަރައްފައްކާވާނެ ހޯދަން؟؟