ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ހއ. ދިއްދޫގެ ބިން ހިއްކައި އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން އާންމުން ކުރި ޝަކުވާއަކީ ފެނާއި ނަރުދަމާގެ ނިޒާމު ނެތުމާއި ކަރަންޓު ނެތުމާއި އިންޖީނުގެތައް ގެތައް ކައިރީގައި ހުރުމާއި ކްލާސް ރޫމްތައް މަލްޓި ޕާޕަސް ހޯލް ނެތުމާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ނެތުމާއި ލަފާފުރުން ދަތިވެގެންނާއި ބިމުގެ ދަތިކަމާއި ސިއްހީ ހިދުމަތް ނެތިގެން އެ ވާހަކަ ދެއްކި ކަމަށެވެ.

"މިއަދަކު އަޑެއް ނީވޭ ފެނާއި ނަރުދަމާ ނިޒާމުގެ ޝަކުވާއެއް. ނީވެ އެއްވެސް ރަށަކުން. އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް 141 ރަށެއްގައި މިއަދު ވެސް އެ މަޝްރޫއު ކުރިއަށް އެބަދޭ. ހިނގަމުން ނިމެމުން އެ ދަނީ. ރައްޔިތުން ގަބޫލު ކުރޭ އެ ވީ ވައުދު ފުއްދަމުންދާ ކަން." ރައީސް ވިދާޅުވިއެވެ.

ކަރަންޓުގެ ދަތިކަމުގެ ވާހަކަ އެއްވެސް ރަށަކުން ނީވޭ. މިތާ ހުރި އިންޖީނުގެ މިތަނަށް ބަދަލު ކުރާށޭ ކިއާފައި ޝަކުވާ ކުރި އެއްވެސް ރަށެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް 150 ރަށުގައި އިންޖީނުގެތައް ބަދަލުކޮށް އާ އިންޖީނުގެ ބަހައްޓައި ނެޓްވޯކް އަޅަމުން މި ގެންދަނީ. ދިއްދޫގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ކޮށް ނިމެމުން އެ ދަނީ. ސްކޫލްތަކުގެ ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލްތަކުގެ ވާހަކަ އިވެނީ މަދު ރަށެއްގައި."

މީގެއިތުރުން 41 ރަށެއްގައި ފުޓްބޯޅަ ދަނޑު އަޅައި ނިމިފައިވާ އިރު، އެއަށް ވުރެ ގިނަ ރަށްރަށުގައި ފުޓްބޯޅަ ދަނޑު އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 70 ފުޓްސަލް ދަނޑު އެޅިފައިވާ އިރު، 17 ވޮލީ ކޯޓް ވެސް އެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 52 ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލު ކުރެވިފައިވާ އިރު 42 ރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަށް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ އިރު، 10 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިއްދޫގައި ބިން ހިއްކި ނިމިގެންދާ އިރު، މި ރަށުގައި އެއާޕޯޓެއް ވެސް އެޅިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ދިއްދޫގެ ބިން ހިއްކައި ނިމޭ އިރު ކައިރިން ޕިކްނިކް އައިލެންޑެއް ވެސް ފެންނަން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިހާރު ރައްޔިތުން ކުރާ ސަކުވާޔަކީ އިސްކުރުތަކުން ފެންނާންނަ ވާހަކަޔާ އިންޖީނުތަކަށް އަޅާނެ ތެޔޮ ނެއްވާހަކަޔާ އިންޖީނުތައް މަރާމާތު ކުރަން ސްޕެއާ ޕާޓްސް ނެތް ވާހަކަޔާ ފެނަކަ ސައީދު ވައްކަންކުރާ ވާހަކަޔާ ގައުމުގެ ދަރަނި 160 ބިލިޔަނަށްއެރި ވާހަކަޔާ ސޯލިބޭ ކެންޕެއިނަން ރަށް ރަށަށް ދާއިރު ފަހަތުންދާ މީހުންގެ ތެރޭގައި ދައުލަތަށް ދަރާފައިވާ ބޮޑެތި ވަގުން ތިބޭ ވާހަކަޔާ އަލަން އުފަންވާ ކުއްޖާއަށް ވެސް ސަލާމަތްނުވެވޭ ވަރުގެ ދަރަނި ފޮއްޓެއްދޭ ވާހަކަޔާ ސޯލިބޭ ރައްޔިތުންގެ ޖީބުން ފޭރޭ ވާހަކަޔާ ދިވެހިން މި ފޭރޭ އިބުރާހީމަށް ދެން ވޯޓު ނުދޭނެ ވާހަކަ އެހެންނޫންތޯ

    30
    1
  2. ރާގޮނޑިި ރާޖާ

    މި ކަލޭގެ އަކީ ބޮޑު ދޮގު ވެރިއެއް.. ނުބައި ނުލަފާ މީހެއް.. ބޮޑު ވަގެއް..

    19
  3. ހާސަރު

    އުމްރާނީ ތަރައްގީ ބޭނުމެއްނޫނޭ. ދޮގު ވައުދުތައް ބޭނުމެއްނޫނޭ

    19
  4. މަންތިރި

    ދެވަނަ ދައުރެއްގަ ތަރައްގީ ގެނެވޭނެ އިބޫ ދުނިޔޭން ބޭރައްގޮސް އޭލިއަނުން ދޭބަޖެޓުން ދެގުނަ ބޮޑުވާނެ

    16
  5. ސައުދީ

    މިހާރު އާބާދީ ބޮޑު ކޮންމެ ރަށެއްގެ ވޯޓްހޯދަން ބޭނުންކުރާ ވައުދަކީ އެޕޯރޓްކަމަށް ހަދައިފި. އެންމެމުއްސަނދި ލާރިއޮހޭ މެދުއިރުމަތީގެ ގައުމުތަކުގެ މީހުންވެސް މިހާފޮންޏެއް ނުވާނެ. އަދި ތަނަކާ ބިމަކާ އެއްއްޗެއް އޮތްނަމަ ކިހާވަރެއްވީސް.

  6. ވިދާލު

    ދޮގުހެދުން މުން އަރާހުރިމީހއެއް ބިރެއްވެސް ނުގަނޭ

  7. އިކުރާމު

    ކުރާހުރިހާ ކަމެއް ސިއްރުކުރީމާ އެއީ ނުބައެއް

  8. Anonymous

    ތިޔަކަހަލަ ދޮގު ވައުދު ނުވެބަލަ ވެރިކަން ބޭނުންވިޔަސް.