ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވަމުން ދަނީ އެ މިނިސްޓްރީއާ ގުޅުން ހުރި އެކައުންޓެއް ނޫން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއެމްވީގެ ނަމުގައި ހިންގަމުންދާ ޓިކްޓޮކް އެކައުންޓެއްގެ ވާހަަކަ ހިއްސާ ކުރަމުން މިނިސްޓްރީން ވިދާޅުވީ، ޓިކްޓޮކްގައި އެނަމުގައި ހަރަކާތްތެރިވާ އެކައުުންޓަކީ އެ މިނިސްޓްރީގެ އެކައުންޓެއް ނޫން ކަމަށެވެ.

އެ އެކައުންޓްގައި ރާއްޖޭގެ ގައުމީ ނިޝާން ހިމަނާފައި ވެއެވެ. އެހެންނަމަވެސް އެ އެކައުންޓްގައި އެއްވެސް ވީޑިއޯއެއް އާއްމުންނަށް ފެންނަން ނެތެވެ. އެ އެކައުންޓް ވަނީ ޕްރައިވެޓް ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އޮފް މޯލްޑިވްސްގެ ނަމުގައި އެ އެކައުންޓުން 1543 މީހަކަށް ފޮލޯ ކޮށްފައިވާއިރު، 99 މީހަކު އެ އެކައުންޓަށް ފޮލޯ ކުރެއެވެ.

ރާއްޖޭގެ އެއްވެސް މިނިސްޓްރީއަކުން ޓިކްޓިކް ބޭނުން ކުރާކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޓިކްޓޮކް ބޭނުން ކުރަމުންދާކަން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.

އަދި ރާއްޖޭގެ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ޓިކްޓޮކް ބޭނުން ކުރެއެވެ. އަދި އެ އެކައުންޓް ވެރިފައިވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިނޯލީ

    ތަމްބްލަރތަ ދެން ބޭނުންކުރަނީ

    6
    1
  2. ސެންޗޯ

    ޢިސްތިއުފާ

    11
    2
  3. ދަރިވަރެއް

    ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ސާބަސް ، ވީ ލަވް ޔޫ މިނިސްޓަރ އައިޝަތް އަލީ

    4
    17