އިދިކޮޅު ފަރާތްތަކުން ދިވެހި ރާއްޖެއަށް ނައުމަށް ގޮވާލާ ރާއްޖެގެ ފަތުރުވެރިކަން ބޮއެކަޓް ކުރުމަށް ގޮވާލަމުން ދިޔަނަމަވެސް ދިވެހި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރު ވަމުން އަންނަކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 142،351 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަހަރުން އަހަރަށް ބަލާއިރު އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި 125،336 ފަތުރުވެރިންގެ 13 ޕަސެންޓު އިތުރު އަދަދެކެވެ.

މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރީ ޗައިނާގެ 25،830 ފަތުރުވެރިންނެވެ. އަދި އިޓަލީން 14،329 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ރަޝިޔާއިން 9595 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު އިނގިރޭސި ވިލާތުން 9442 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައިވެއެވެ.

މިމަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ކުއްލި ނުރައްކާ އިއުލާނު ކުރުމުން ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރުމުގައި ސަމާލުވުމަށް އަންގާ ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެކްސްކިއުޒް މީ

  ފެބްރުައަރީގެ ތަފާސް ހިސާބު ނެރުނީމަ އިނެގޭނެ ތީގެ ހަގީގަތް.

 2. ބޮންދު

  ކުއްލިއަކަށް ނުރައްކާ ވުމުން ވަރަށްގިނަ ބުކިންގ ތައް ކެންސަލްވި. މި އަޑިގަނޑުން ސަލާމަތް ވާނި އަވަހަށް ނުރައްކާތެރި ހާލަތު ޤައުމުން ފިލައިގެން

 3. ހަސަން

  އަނދުން ތިއެޅުވީ.

 4. މުހައްމަދު

  ކަނޑައެޅިގެން ދޮގެއް!

 5. ނީމް

  އެކަމެއް ނެނގެ ބުކިންތަކާ ފުލައިޓްތައް ކެންސަލްވެ ރިސޯޓްތަކާ ގެސްތްހައުސް ވިޔަފާރިތައ ްއިނދަޖެހެނީ.. މއީ އެޒަމާނެއް ނޫން ތިހެން އޮޅުވައެއް ނުލެވޭނެ.. ސަރުކަރުން އެހެންމަންޒަރެއް ދައްކާނަމޭ ހިތަ ވިސްނުން ތިޔަ ގެންގުޅެނީ 16 ވަނަ ގަރުނުގަ އަދިވެސް.. މިއީ 21 ވަނަ ްަރުނު.. ތިޔަހެންބުނީމަ އަތްޖަހަންތިބެނީ ދެނތިން ކޯޑިނޭޓަރުންނާ ބޯދިގު ޒުވާނުން ކޮޅާ..ޓިޕްދީގެން ގެންގުޅޭ ވާނުވާ ޗިޕުމަދު ނޭގޭ އެސް،މީޑިއާ ގުރޫޕު

 6. އަލްޖިބްރާ

  ތިޔަކަމެއް ނޭގެ ! ގިނަ ރެސޯރޓްތަކުން ބުނަނީ ބުކިންގްސް ކެންސަލް ކުރަމުންދާވާހަކަ ! އަދި ގެސްޓުން އަންނަންއޮތް ޗާރޓަރ ފްލައިޓެއް ކެންސަލްކުރިކަމަށްވެސް ނޫހުގަ ލިއެފައޮތް ! ދޮގުހަދަނީ ކޮންބައެއް ކަމެއް ނޭގެ !