ފަރުވާދިނުން ލަސްވެ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވުމުގައި އެއްވެސް އިދާރާއެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

މިޝްކާ ނިޔާވީ ރޭ 12:10 ހާއިރު އައިޖީއެމްއެޗް އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށެވެ. ކޮވިޑް-19 އަށް ފައްސިވެ ހޯމް ކަރަންޓީނުގައި ހުރި މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ގުޅުމުން ވެހިކަލް ގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، އެމްބިއުލާންސަށް ގުޅިތާ ދެ ގަޑިއިރާ 25 މިނިޓް ފަހުންނެވެ. .

"ވަގުތު" އާ ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކަމާއި ބެހޭ އިދާރާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ދުވަހު ޖީހާން ވިދާޅެއް ނުވެއެވެ. ކުޑަ ކުއްޖެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައެއް ނަމަ އާންމުކޮށް ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެއެވެ.

ކޮމިޓީން މައްސަލަ ބަލަން ފަށާފައިވާއިރު، އެ މައްސަލަ ބަލައިދިނުމަށް އެދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވިއެވެ. ނަމަވެސް ޖެންޑާ ކޮމިޓީން މައްސަލަ ބަލަމުންދަނީ ކޮމިޓީގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.

މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން އެމްބިއުލާންސް ފޮނުވާ އުސޫލުތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އައިޖީއެމްއެޗް މައްސަލަ ތަހުގީގު ކުރަމުންދާއިރު އެޗްއާރްސީއެމުންވެސް މައްސަލަ ބަލަމުންދެއެވެ. އެމްބިއުލާންސް ފޮނުވުން ލަސްވި ވާހަކަ ފެންމަތިވުމާއެކު އެތައް ބަޔަކު ދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. މުހަންމަދު

  ބޭނުން ކަމެއްނޫ.......ވާނެކަމެއްނޯނާނެ.

  32
  1
  • ބޭބެ

   ދެން ތިނިމުނީއޭ!! އެޗްއާރުސީއެމުން ކުށްވެރިކުރީ! ހެލްތް މިނިސްޓަރު މަޢާފަށް އެދުނީ! މަޖްލީހުން ބަލަނީ!! މިހުންނަނީ ހަމަ ފަލަ ސުރިޙީތައް!! މިކަހަލަ އެތައް ސުރުޙީތައް މާޒީގައިވެސް ފެނުނު!! 87 މެމްބަރުން ތަނަކަށްވަދެ ބަންދުވެގެން ތިބެ ކޯޅެނީ!! ވަކިބަޔަކު/މީހަކު ހިމާޔަތް ނުކުރެވިގެން ގާނޫނުތައް ހަދަނީ! ވަކި މައްސަލައެއްގެ މައުލޫމާތު ނުލިބިގެން/ނުބެލިގެން ހޭބޯނާރާ ތެޅިބާލަނީ!! ރައްޔިތިންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށްގޮސް ނިމިއްޖެ!! ޚިދުމަތުގެ ފެންވަރާއި ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތްތަކާއި ޙަވާލުވެގެން ތިބި އިސްފަރާތްތަކުގެ ފަރުވާކުޑަކަމާއި ނާގާބިލްކަމާއި ބޮޑެތި އިހްމާލުތަކުގެ ސަބަބުން ފުރާނަތައް ގެއްލިގެންދިއުމާއި މީހަކު މަރަން ބޮންގޮއްވުން ފަދަ އެތައްކަމެއް ވެގެންދާއިރު މުޅި ދައުލަތް މިއޮތީ ބޮޑު ނިންޖަކުން ނިދާފަ!! މުއައްސަސާތަކުން/ވެރިން އެބަޔަކު ބޭނުން އެއްޗެއް ހަދަނީ!! ދައުލަތެއްގެ ސިފަ ގެއްލި ބާރުވެރިކަން ނެތިގޮސް މިއެންމެން ހަމަ ލާހޫރެނީ!! ބައެއްގެ ބޮޑު އިހުމާލުން މިދުނިޔެއާއި ވަކިވެގެން މިދިޔަ ތުއްތު ކުއްޖާއަކީ ދެމަފިރިއެއްގެ ހުރި އަމައެކަނި ދަރިފުޅު!! އެދަމަފިރިންނަށްވެސް މިދުނިޔެ ގެއްލުނީ ނޫންތޯ މި؟ ކުށްވެރިކޮށް މަޢާފަށް އެދުމަކުން އަދި ނުފުދޭނެ!! މަގާމުތަކުން އިސްތިއުފާވެސް ދޭންޖެހޭނެ!! މިރާއްޖޭގައި މިފަތަ އެތައް އިހްމާލެއް ހިގާފައިވޭ ބެލުނު މައްސަލައެއް އެޅުނު ފިޔަވަޅެއް ބަޔަކަށް ފެނުނުތޯ؟ ކޯޓަކުން ދުވަހަކު ނެތް މިފަދަ ކަންކަމާ ގުޅިގެން ނުވަތަ އިހުމާލަކާ ގުޅިގެން ޝަރީއަތް ހިންގާ ކޭސްއެއްގައި ޙުކުމެއްކޮށްފަ!! ދެން މިކަންވެސް މިނިމުނީ މަހެއްހާ ދުވަސްވަންދެން އަޑުއަޑު ލައްވާތިބޭނެ!! މިއީ ގައުމެއްބާ؟

   25
 2. އާދަނު

  ސަފާރީ ރޭޕްގެ މައްސަލަ މިހާރު ކޮބައިތޯ/؟

  42
 3. ދޮހިކަރު

  ކިތަންމެ ވަރަށް ދެން މައްސަލަ ބެލިޔަސް މިޝްކާއެއް ދެން ނާނާނެ. ސަރުކާރު އޮތީ ފެއިލް ވެފަ. އެނބިއުލާނސް 2 ގަޑިއިރާ ބައި ވާކަށް ނުޖެހޭ. ވާނެހާ އެއްޗެއްވީމަތަ އެނގެނީ ކަންކަން ހަރުދަނާ ކުރަން؟؟

  39
 4. ރޯޔަލް

  ފުރަތަމަ ކޮމެޓީ ގެ މުގައްރިރުގެ ފިރިކަލުން ގެ މައްސަލަ ބަލާފަ އަނގަ އަރުވަބަލަ

  25
 5. ކުނިކަހާބެ

  ކަސޯޓީ ކުޅެވޭތޯ ބަލާ ދެންބަލާ ފައިސާލިބޭނެމަގެއް ރައްޔިތުން އަތުން ކޮންމެވެސް ޓެކްހެއްނެގޭނެގޮތެއް ޓެކްހަކީ ޔަހޫދީން ދުނިޔެއްއްގެނައިނިޒާމެއްކަން ތާރީހުންހެކިވޭ މިޔޮތީ އެސެޓެކައް ރައްޔިތުންތަކެއް ލިބިފައި ރައްޔިތުން އަޅުންނައްހަދައިގެން ޓެކްސްނަގައިގެން ވެރިން އަރާމުގައި އެފައިސާއިން މީތޯ އިނަސާފަކޫ ކިޔެކޭތޯ ކިޔާނޫ

  17
 6. ހުސޭނުބޭ

  އަމައްޔާތް! މާ ރަގަޅު ބަޔަކަށް ހެދެން އުޅޭނެކަމެއް ނެތް. ތިއީ ހުސްއަނގަތަޅާ ބައެއް

  27
  1
 7. ދުންމާރި

  އެއްކަލަ ސަފާރީ ރޯޔަލް ފާޅުވީތަ؟ މިފަހުނ ހުރިހާކަމެއް ހިނގާ ދިޔައިރު ވީތަނެއްނޭނގޭ ރޯޔަލް ކޭހާއެކީ ގަދަނިދީގަ އޮތީ އަނެއްކާ އެހެން އޮށްވާ މީހަކު މޫނަށް ފެންއެއްޗެއް ޖެހީތަ؟ މި އެމްޑީޕީ ލާދީނީ ވާނުވާ ނޭނގޭ މިހުން ތެޅިބާލާ ގޮތެއް ދޯ ތިޔއީ އަޑުއަރުވަން ދައްކާ ވާހަކަ ލާދީނީ އެމްޑީޕީ ވަޒީރެއްވިއްޔާ އިހުމާލެއް ނުވާނެ އެމީހުންގެ އިސްތިއުފާއަކަށްނުގޮވޭނެ އެމީހުން ކޮންމެ ކަމެއްކުރިޔަސް ލާދީނީ މަޖިލީހުގަތިބި ލާދީނީ މެމްބަރުން ހިމާޔަތްކުރާނެ

  16
 8. ޙުދާ

  .ތިކޮމެޓީން ކޮއްދެވޭނީ ކޮންކަމެއްބާ ބޭކާރު ކޮމެޓީއެއް

  15
 9. ދިއްދަ

  ޖީހާން ހާދައަވަހަކަށް ތިކަމާ އުޅެގަތީ ކޮބަ ރޭޕްކޭސްތައް ކޮމެޓީހަނުދޯއޮތީ ތީ ކަމެއްކުރަން އުޅޭބައެއް ނޫން ގޮތްދައްކަނީ

  14
  1
 10. ހ މ ޒ

  ޖީހަނުގެ ފިރިމިހަގެ މައްސަލަ ކޮބައިތަ ؟؟؟

  14
 11. މެކް

  ތަހުގީގް ބޮޑުއިދަރާ

  8
  1
 12. އައިމަން

  ކޮންމެ ކަމެއްވާއިރަށް އެކަމެއްގެ އެންމެ އަޑިއަށޭ މިބަލަނީ މިބަލަނީ އޭ ކިޔައިގެން ބޭކާކު މަސައްކަތްކުރާ ބަޔަކު އުޅޭ. މި ހާތަނަށް އިންސާފު ލިބުނު މީ ހަކު ނެތް.

  11
 13. ބަބޫ

  ކަންތަކާ މިޖެހުނީ. ތިއާއިލާވެސް ބައެއްގެ ސިޔާސީ މަޅީގަ ޖައްސާތިޔަލީ. ތިކަމުގެ އިންތިޒާރުގަ ވާނުވާނޭގި ވެރިކަން ނިމިގެން ދާނީ.

 14. Anonymous

  ތިކަ ރޯޔަލް ރޭޕިސްޓުން ސަލާމްތް ކުރާ ބަޔަކު މަތި އޮއްބާލަން ތިގަންނަ ސަކަރާތް ބަލާކައް ބޭނުމެއް ނޫން. މިހާރުން މިހާރައް އިސްތިއުފާދޭންވީ

  8
  1
 15. ބޮލި މުލައް

  ދެން ކޮމިޓީ ސިއްރުކުރޭ އެއަށްފަހު ބުނާނީ އެކަން ހިނގާދިޔައީ ރަނގަޅަށޭ

  10
 16. ހަމީދު

  ޖީހާނު، ކަލޭ ފިރިމީހާ ރޯޔަލް ކޭސް ބަލާބަލަ. މާ މަތީގަ އިނދެވޭހެން މި އެމްޑީޕީ ރޯޔަލުންނާއި ލޯބިވެރިން އުޅެނީ.

 17. ކަލޯ

  ކަމެއްވާއިރައް ކޮމެޓީ މީދެންމާމޮޅު ކޮމެޓީއުކޯލަ

 18. ޖުމާ

  ބެލިމަ ކޮންކަމެއް ވަނީ ....އެއްވެސް ކަމެއްނުވާނެ.ކާކު ހެލްތް މިނިސްޓަރަކަށް ހުރީ....

 19. އަލި

  ތިޔަ ނިމުނީ... ރައްޔިތުން ބޯ ކާން ދައްކާ ވާހަކަ....ނުބައި ނުލަފާ ހިޔަޅުކަންގަދަ ސަރުކާރެއް.... ލާދީނީ ކިޔުން ހުއްޓުވީމަ މިހާރު ކެނެރީގޭ މީހާ އެއޮތީ އެންމެ އިހުލާސްތެރި ތެދުވެރި މުސްލިމަކަށް ވެފަ...