ފާތިމަތު މިޝްކާ މުޙައްމަދު ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްގެ ޚިދުމަތް ލިބުމުން ލަސްވި ސަބަބު ދެނެގަތުމަށް އަވަސް އަދި ހާމަކަން ބޮޑު ގޮތެއްގައި ތަޙްޤީޤުކުރުމަށް އާކުން ގޮވާލަމެވެ.
މިޝްކާގެ މަރާއި ގުޅިގެން އާކް އިން ނެރުނު ބަޔާނެއްގައި ބުނީ މިޝްކާގެ ހާލު ދެރަވުމުން އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި މިޝްކާގެ ޢާއިލާއިން އެމްބިއުލާންސްގެ ޚިދުމަތަށް އެދުމުން އެކަމަށް އިޖާބަދިނުން ލަސްވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަވަސް އަދި ހާމަކަން ބޮޑު ގޮތެއްގައި ތަޙްޤީޤުކުރުމަށް އާކުން ގޮވާލާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަވިއިރުވެސް، ކުޑަކުދިންނަށް ސިއްޚީފަރުވާގެ ޙައްޤު ކަށަވަރުކުރުމަށް ހުރި ނިޒާމީ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީ، އާކުން ކަންބޮޑުވުން ފާޅުކުރާކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް ޖެހެމުންދާ މިންވަރު އިތުރުވެ، 10 އަހަރުން ދަށުގެ 80 އަށްވުރެ ގިނަ ކުދިން ދުވާލަކަށް މިހާރު ކޮވިޑަށް ފައްސިވާކަން ފާހަގަކޮށް ކުޑަކުދިންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް އާކުން ވަނީ ގޮވާލާފައެވެ.
"ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އެކަނިވެސް، އެއް އަހަރުން ދަށުގެ ތުއްތު ކުދިންގެ ތެރެއިން 400 އާ ގާތްކުރާ އަދަދަކަށް ކުޑަކުދިން ކޮވިޑްއަށް ޕޮޒިޓިވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ކުޑަކުދިންނަކީ މިހާރު ރާއްޖޭގައި ޖަހަމުންދާ އެއްވެސް ވެކްސިނެއް ޖެހުމުގެ ހުއްދައޮތް އުމުރުފުރައަކަށް ނުވާތީ، ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޚާއްޞަގޮތެއްގައި މިފަދަ ނާޒުކު ދުވަސްވަރެއްގައި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އާކުން ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
މިޝްކާ ނިޔާވުމާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެކަން ތަހްގީޤު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ތަހްގީގު ކުރިއަށް ދާނެ ގޮތުގެ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
ކޮންމެ ކަމެއްވިޔަސް ދެން މިގާޕޮރޮޅުން މީދެން ޢާކަމެއް އެހެން ބުނެލަފައި މިއްމާލަނީ އަމަލީސިފައެއް ނާދޭ ، ރައިސް ނަސީދު ކަންތައް ގަވައިދުން ބެލޭ ރައްއިތުމީހާކަމެއް ނުވެސް ބެލޭ މީއިންސާފަކީ
ރައީސް އިބްރާހިމް މުހައްމަދު ސޯލި އިސްތިއުފާ އިސްތިއުފާ އިސްތިއުފާ