ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ދާންމަތިވެފައިވާ ކުދިންނަށް 20 ހޮސްޕިޓަލް އެނދު އާކް އިން ހަދިޔާކޮށްފިއެވެ.

އާކް އިން މިއަދު ބުނީ، ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ހިންގި ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާންމަތިވެފައިވާ ކުދިންނާ ހަވާލުކުރުމަށްޓަކައި، އާކުގެ ފަރާތުން 20 ހޮސްޕިޓަލް އެނދު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އާކް އިން ބުނީ މި އެނދުތަކުގެ ސަބަބުން އެ ކުދިންގެ އާންމު ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެ ކުދިންގެ އާއިލާއަށް އަދި ތައުލީމު ފޯރުކޮށްދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށްވެސް ފަސޭހަވެގެންދާނެކަމަށް އާކުން ދެކޭ ކަމަށް ބުންޏެވެ.

މިކަން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރަކާވަނީ މިއަދު އެނދު ހަވާލުކޮށްފައެެވެ.