އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީއިން ވެސް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީ މި ބިލާ ދެކޮޅުކަން ހާމަ ކުރައްވަމުން އެޕާޓީގެ ތަރުޖަމާން އަދ އަލީ ސޯލިހް "ވަގުތު" އަށް ވިދާޅުވީ ޖޭޕީގެ ޕާލިމެންޓް ގްރޫޕްގެ ހުރިހާ މެމްބަރުންގެ ވިސްނުން ހުރީ މި ބިލާ ދެކޮޅަށް ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ހުންނެވީ ބިލާ ދެކޮޅަށްކަން ފާހަގަކުރެއްވިއެވެ.

ޖޭޕީގެ އާންމު އުސޫލު ބައްޓަންވެފައި އޮންނަ ގޮތަށް ބަލާ އިރު އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ނިންމުމަށް ޕާޓީގެ ކައުންސިލް މެމްބަރުންނަށް ބަސް ކިޔުމުގެ ބާރު ނޯވެއެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ ނިންމުމަށް ޕާޓީގެ ލީޑަރު ވެސް އިހްތިރާމް ކުރައްވާނެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ ލާދީނިއްޔަތު ފަތުރަން ޖާގަ ލިބޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ ދެ ޕާޓީއެއް މިވަނީ މި ބިލާއި ދެކޮޅުކަން ހާމަކުރައްވާފައެވެ. އެއީ ޖޭޕީއިންނާއި އަދާލުޕާޓީ އިންނެވެ. އެމްއާރުއެމްގެ ސްޓޭންޑްއެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ތެރެއިން މި ބިލާ ދެކޮޅު ކަން "ވަގުތު" އާ ވާހަކަ ދައްކަވަމުން ކަށަވަރު ކޮށްދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު (އިއްސެ) ވެސް ދީނަށް ފުރައްސާރަ ކުރަން ޖާގަ ދެވެން ނުވާނެ ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެކަމަކު ބިލާ ދެކޮޅު ކަން ސީދާ އަދި ވިދާޅެއް ނުވެއެވެ.

މި ބިލަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް މަޖިލީހަސް ހުށަަހަޅާފައިވާ ބިލެއް ކަމަށް ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވިދާޅުވެއެވެ.

އޭނާ "ވަގުތަށް" ވިދާޅުވީ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމްދީން ކަމަށާއި، ބަޔަކު ދީނާ ހިލާފު ވާހަކައެއް ދައްކާ ނަމަ އެއަށް ބަސް ނުބުނެވޭ ގޮތަށް ނިންމާ ހުރިހާ ނިންމުމަކީ ގާނޫނޫއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

ގާނޫނުއަސާސީގައި ބަޔާކޮށްފައިވާ ގޮތަށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މި ބިލާއެކު ހިޔާލް ފާޅުކުރުމުގެ މިނިވަންކަމަށްވެސް ހުރަސްއެޅިގެން ދާކަން ފާހަގަކުރެއްވިއެވެ.

މި ބިލާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އިތުރު ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ާައަހުމަދު

  2، 3، ފަޅުރަށް ދެނިކޮއް އެއްކޮޅުވާނެ.

 2. ާއަބުދުﷲ

  މަރައްބިރަށް މަޖިލީހައް ނައިސް މުސާރަކައިގެން ރިސޯޓުގަ އައްޔާސީ ކުރުމުގަ ދެއަހަރުވަންދެން އޮވެއޮވެފަ ކޯންޗެކޭ މިކިޔަނީ ލދުހަޔާތްކުޑަވިޔަސް ހައްދެއް އޮންނަންވާނެ. !!!!!!! މިކަލޭގެ މީ މިގައުމުދުއް އެއްމެ ބޯޑު ޢައްދާރު.

  5
  1
 3. އަބްދޫ

  ޙަމަ ޔަގީނުން ވެސް މި މީހުން ގޮވަން ކައިރިވީ. ކީރިތި ގުރްއާނާއި ރަސޫ ލާ ގެ ސުންނަތުގަ ވާގޮތުން އިސްލާދީނަށާ
  ރަސޫލާއަށާ ގުއްއާނަށް ފުރައްސާރަ ކުރާ މީހާއަ ކީ ކާފަރަކުކަން ތައުބާ ސޫރަތުގެ 65،66 ގަ ވަހީ ކުރައްވާފަ އެއޮތީ.ގާނޫނު އަސާސީ ބުނާގޮތުން ގާނޫނުގެ މަސްދަރަ ކީ އިސްލާމްދީން .ޥީމާ ގާނޫނެއްގަ ނެތަސް ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތުން ކޯޓްތަ ކުން ހު ކުމް ކުރެވޭނެ .މިގާނޫން ފާސް ކުރުމުން ދީނަށް ފުރައްސާ ކޮށްފަ ތިބި މީހުންގެ މައްޗަށް ކޯޓް ތަ ކުގަ ކާފަރު ކަން ސާބިތު ކޮށް މުސްލިމަ ކު ނޫން ކަމަށް ކަނޑައަޅާ ދިވެހި ރައްޔިތަ ކު ނޫން ކަމަށްވެސް ކަނޑައެޅިދާނެ.

  7
  1
 4. ޕސޓ

  ހަހަ
  ކާފަރުން އެބަ ފެނޭނު

 5. ރާއްޖެތެރެ

  ޖޭޕީގެ އަމިލްލަ އެދުން އިސްކުރީމަ އެމްޑީޕީޔަ ވެރިކަން ލިބުނީ. ރައްޖެ ތަރައްގީ ވަނިކޮއް ރައިސް ޔާމިން ވެރިކަމުން ވައްޓާލީ ޖޭޕީ އަޑީގަ އިވެ

 6. ނީނާން

  ޤާސިމް އެބަރަނގަޅުވޭ ލާދީނީމީހުން ކިބައިން މިގައުމު ސަލާމަތްކުރަން ގާސިމް މަސައްކަތް ކުރައްވުން ވަރައްމުހިއްމް.

 7. މާމިގިލީ މީހާ

  މީ ބޮޑު ބާގީއެއް. ބާގީ ބުރުމާ.

 8. ޠ

  ކޮބައިތަ މައުމޫނު ފިލާ ހޮރުގާ ދޯ
  ނުކެރޭނެ ދެކޮޅު ހަދާކަށް...ޔުމްނާގެ މަގާމު ގެއްލިދަނެތީ

 9. ހަސަދު

  މަނިކުފާނު އަދިވެސް އެބައުޅުއްވަންތޯ؟؟.

 10. ފެރެޑައިސް

  މީނަ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ މަޖިލިހަށް ހާޒިރު ނުވާތާ. އެ ކަމު ބަރާބަރަށް މުސާރަ ނަގާ. މީނާގެ ރިސޯޓް ބޯއީން ގަޑި ޖެހުނަސް މުސާރަ ކަނޑާލާ.

 11. މާމިގިލި

  ރައްޔަތުން މަޖިލީހަށް މީހަ ކު ހޮވާ ބޮޑު މުސާރަ ދީފަ ބަހައްޓަނީ. އެދާއިރާ ތަމްސީލް ކުރަން. އެ ކަމު ރައްޔަތުން ނާ އަޅާލަން ވީ ދުވަހު މީނަ މިއޮތީ ފިލާ.

 12. ދިއްދޫ

  ރައްޔަތުން ކަލެޔައް ވޯޓު ދިނީ ހިދުމަތް ކުރަން. ރައްޔަތުންގެ ފައިސާ އިން މުސާރަ ނަގައިގެން ރިސޯޓް ހިންގަން ތިތާ ހުންނާ ކައް ނޫން ...
  މައްސޫލިޔަތު އަދާ ނު ކުރެވެނީ ނަމަ ވަ ކިކ ކުރޭ މީނަ