ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ 500،000 ޑޯޒް ހިލޭ ހަދިޔާ ކުރަން ކަމަށް ބުނެ ދިވެހި ކުންފުންޏަކުން ހުށަހެޅީ ފޭކް ޑޮކިއުމެންޓްތަކެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ރަޝިއާ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން ސޮއިކުރީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަމަށް މީޑިއާގައި ރިޕޯޓް ކުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ދިވެހި ކުންފުންޏެއް ކަމަށްވާ ޓެލްޓާ ކުންފުނިން ވެކްސިން ހަދިޔާކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ލިޔުންތަކުގެ ސައްހަކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ބަލާފައިވާ ކަމަށެވެ. ބެލިބެލުމުން އެއީ ފޭކް ލިޔުންތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ މިކަމާ ބެހޭ ގޮތުން ސިޓީއެއް ލިބިފައި މި އޮތީ ޑެލްޓާ ކުންފުނީގެ ފަރާތުން އިނގޭތޯ، ޑެލްޓާ ވަސީމްގެ ފަރާތުން. ދެން އެ ލިޔުންތައް އަޅުގަނޑަށް ލިބުނީ ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް ހިނގީ. އެއީ އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް އެނގިފައި މި އޮންނަނީ އެ ޕްރޮޑިއުސްކުރާ ކުންފުނި ނޫންނަމަ އެ ފަރާތަކުންނޭ މި އެއްޗެހި ވިއްކާ ހަދަނީ. އެއަކަށް މެދުވެރިއެއް ބޭނުމެއް ނުވޭ. ކުއްލިއަކަށް ފަސްލައްކަ ޑޯޒް މިގޮތަށް ލިބޭނެ ކަމަށް އަންގާފައި އޮތީމަ އަޅުގަނޑު މި ޑޮކިއުމަންޓްތައް އަޅުގަނޑު ފޮނުވީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއަށް. އެއީ މީގެ ސައްހަކަން ބަލައިލަންވެގެން. ފޮރިން މިނިސްޓްރީން މިކަން ބެއްލެވިއިރު މިއީ ފޭކު ޑޮކިއުމަންޓްތަކެއް ކަމަށް ވަނީ. ރަޝިޔާގެ ކަމާބެހޭ ފަރާތުން މި ވިދާޅުވަނީ މިއީ ފޭކް ޑޮކިއުމަންޓްތަކެއް ކަމަށް." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ދޭތެރެ ދޭތެރެއިން މިފަދަ ހުށައެޅުންތައް ލިބޭ ކަމަށާ ނަމަވެސް ވެކްސިނަކީ ރައްޔިތުންގެ ގަޔަށް ޖަހާ އެއްޗެއްގެ ސައްހަކަން ވަރަށް ބޮޑަށް ޔަގީން ކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ އެއްވެސް މެދުވެރިއަކު ނެތި ސަރުކާރުން ސީދާ ވެކްސިން އުފައްދާ ކުންފުނިން ވެކްސިން ހޯދަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިކަހަލަ ބާޣީން ނޫނީ ކުރާނީ ހުސް ފޭކް ކަންތައް. ކިހާ ބޮޑު ނުފުރުއްޕާނެއް ދޯ ނަސީމް އިސްތިއުފާ ދީފަ ދޭބަލަ. އަދިވެސް މިސަރުކާރުގެ ވެރިން ހަމަ ގަދަ ފައި ވިއްދާފަ ރައްޔަތުން ހަނާ ކުރުމުގަ . ﷲ އަށް ޓަކާ މުޅި ސަރުކާރު އިސްތިއުފާ ދީބަލަ ހެޔޮނުވާނެ،
ދެން މާވަގައް ދޭންވީތޯ
ފުރަތަމަ ސުވާލަކީ ކިތައް ރައްޔިތުންތޯ މިސަރުކާރަށް ހާއްސަ ކޮށް ތިޔަ ޒުވާން އިޒްރޭލް ނަސީމަށް އިތުބާރު ކުރަނީ؟ ދެން ކޮވިސީޑް ގެނެސް ރައްޔަތުން ގަޔަށް ޖެހީ ޑަބްލިޔުއެޗްއޯ އިން ހުއްދަ ދީގެންތޯ؟ ރައްޔަތުން ގަޔަށް ފުރަތަމަ ކޮވިސީޑް ދޯޒް ދީފަ މުއްދަތު ހަމަވެ ދެވަނަ ޑޯޒް ނުލިބި މުއްދަތު ހަމަވި އިރު ހަމަ އިންޑިއާ އަށް ތަބާވެގެން ތި ތިބެނީ އެއްޗެއް ބޮއިގެންތޯ؟ ބާޣީ ނަސީމް ތިމަޤާމަށް އައި ފަހުން ކިތައް ފުރާނަ ތޯ ދިޔައީ؟ އަވަގުރާނަ ނުގޮއްވާ އިސްތިއުފާ ދީފަ އިޒްރޭލަށް ރައްކާވޭ،
ރައީސް އިބްރާހިމް މުހައްމަދު ސޯލި އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
މިނިސްޓަރ އަހްމަދު ނަސީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ތިޔަހެންވިއްޔާ ހަރުކަށި ފިޔވަޅު އަޅަންޖެހޭނެ. ތިޔަ ކުންފުންޏާ ދެތެރޭ. އަދި ތިޔަ ބުނާ ވަސީމް އަކާ ދޭތެރޭ. އަހަރެމެން ތިބޭނަން ބަލަން.
ދެން އެމީހުންނާމެދު އަޅާނީ ކޮން ފިޔަވަޅެއްތޯ ނަސީމޫ
ތިކަމުގައި ވަސީމުގެ ބަހެއް ނެތްތަ؟ ތެދު ދޮގު ހާމަކުރުމަށް.