ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުމަށް ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތައް ގާނޫނަށް ބަދަލު ގެންނަން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދު ހުށަހެޅި އިސްލާހާއި ދެކޮޅަށް ސަރުކާރާއި އެމްޑީޕީ އިން ވެސް ތެދުވެއްޖެއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެފައި ވެއެވެ. އެއިން އެއް އިސްލާހަކީ ކައުންސިލްތަކުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި އައްޔަން ކުރެވޭ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާނީ ކައުންސިލްގެ ލަފައާއެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަމަށް ބަދަލު ކުރަން ގެނައި އިސްލާހެވެ. ނަމަވެސް މެންބަރު އަހްމަދު ސައީދު މިހާރު އިސްލާހް ހުށަހަޅާފައި ވަނީ ކުރިން އޮތްގޮތައް ބަދަލު ކުރާށެވެ.

އަހްމަދު ސައީދުގެ އިސްލާހަކީ ސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ހުށަހަޅާފައި އޮތް އިސްލާހެއް ކަމަށް ސަރުކާރުން ވަނީ މިއަދު ވިދާޅުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަބަދުވެސް ކައުންސިލްތަކުގެ ލަފާ ހޯދައިގެން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުން ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު (ބޯދިގު) ކައުންސިލަރުން ނަކީ ފަސް އަހަރު ރަށްޔިތުންނަށް ހިދުމަތް ކޮށްދޭން ވައުދާއެކު އަންނަ ބައެއްކަމަށް ވާހިންދު، އެވައުދު ފުއްދޭނީ ކައުންސިލްގެ ގުނަވަންތައް ހިންގުމަށް ހުންނަ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލަކީ ކައުންސިލްގެ ލަފާ ހޯދޭ ފަރާތަކަށް ވުމުން ކަމަށެވެ. އޭނާ ވިދާޅުވީ އަހްމަދު ސައީދުގެ އިސްލާހަށް ތާއީދެއްނެތް ކަމަށެވެ.

އެމްޑީޕީ އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ވަނީ މެންބަރު އަހްމަދު ސައީދުގެ އިސްލާހަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު އަހްމަދު ސައީދުގެ ރަށް ކަމަށްވާ ގއ.ދެއްވަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އޭނާ ބޭނުންވާ ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ހުށަހެޅި އިސްލާހެކެވެ.

އަހްމަދު ރަޝީދުގެ އިތުރުން އެމްޑީޕީގެ އިތުރު ބައެއް މެންބަރުން ވެސް ގެންދަވަނީ ކައުންސިލްގެ ލަފައެއް ނެތި ސެކެޓްރީ ޖެނެރަލުން އައްޔަން ކުރަން އަހްމަދު ސައީދު ހުށަހެޅި އިސްލާހާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އަހްމަދު ސައީދުގެ އިސްލާހަކީ ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދިނުމަށް ވެފައިވާ ވައުދާއި ހިލާފަށް އަމަލު ކުރެވިގެން ދާނެ އިސްލާހެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޏިބި

  ޢެއީ ކަލޭމެންބޭނުންމީހަކަށް އެމަގާމްދޭންވެގެންޕާޓީއަށް ތާއީދުކުރާމީހަކަށްދޭންވެގެން. މުފޫޒުން ބޭރުންމީހަކު ނެގުން ރަނގަޅުވާނީ . ގާބިލްކަމާ ފެންވަރަށް ބަލައިގެން ނެގުން ރަނގަޅުވާނީ. ކޮންމެހެން އެމްޑީ÷ީ މީހަކަށްނޫން ސިވިލްސާވިސްގެތެރެއިން ދޭވަޒީފާއެއް ދޭންވާނީ.

  10
 2. ޖުލައި

  އޭނައެކިޔަނީ ތިކަން ހިނގާނެ ގޮތް.

 3. ކޮތަރު

  ދެން ކޯޅި ކޯޅި ތަމްސީލު ކުޅެ ކުޅެ ތިބޭ. އެންމެނަށްވެސް އެނގޭ ތިޔައީ ނުލަފާ މައްކާރު ގީދަޅު ބައެއްކަން.

  23
  2
 4. Anonymous

  އެސްޖީ ފެންވަރުގެ މަގަމެއް ދޭވަރުގެ މީހަކުވެސް ގިނަ ރައްރަށުގަ ނުތިބޭނެ. މިޖަހނީ ކޮން ސަކަރާތެއް.. ފައިސާ ގިނަވެގެންތަ؟ ފަގީތު ގައުމުތަކަށް އެހީވާން ފެށީއާ މާރަނގަޅުވާނެ.

  11
  3
  • ގަބުޅި

   ކައުންސިލްތަކަށް 10 އަހަރު ވީ އިރު މިއުޅެނީ ހިރިހާރަށެއްގެ ކަެުންސިލް ތަކަށް ޑިރެކްޓަރުން ހަމަނުވެގެން. ދެން ކޮންސެކްރެޓަރީޖެނަރަލުން ލާލަކަށް ފާޑުފާޑުގެ ޤާނޫން ހަދައިގެން. އަނެއްކޮުން އަނެއްކޮޅުން އެބަކިޔާ ފައިސާ ނެތޭ އާއްމު ރައްޔިތުންނަށްފައިދާއެއްވާކަހަލަ ކަމެއް އެފައިސާއިން ކުރިއްޔާ މާރަގަޅެއްނުން.

 5. ހިޔަޅު

  ރައްޔިތުން ގުނބޯ ހައްދަން ރާވައިގެން ކުރުވާ ކަންތައްތައް މީ މިހާރު މަސައްކަތް ކުރަނީ އައްޑޫ ގެ މައްސަލައިގެ ފޯކަސް އެހެން ކަ މަކާދި މާލައް އަނބުރާލަން މި މީހުންނަކީ އަބަދުވެސް މިކަހަލަ ސްޓަންޓް ޖައްސާބައެއް.

  25
  1
 6. ޙަމީދަ

  ދިވެހިންނޭ ހޭ އަރާ، ދެބޯގެރިދުއްވަނީ.

  17
 7. ރައްޔިތުން

  ތިބިލް މެމްބަރު ހުށަހެޅި އިސްލާހާއެކު ފާސްވާނެ އެހެން ހެދީމާ ސަރުކާރަށް ބޭނުންވާ މީހާ ނެގޭނީ އަދި އެމްޑީޕީ މީހާ ނެގޭނީ. މަކަރުވެރިންތަކެއް

 8. އާދަމުގެދަރި

  މި ދައުލަތަށް ބޭނުންވަނީ ޚަރަދުކުޑަ ނިޒާމެއް. ޚަރަދު ކުޑަ އެޑްމިނިސްޓްރޭޝަނެއް. ކައުންސިލްތަކަށް ސެކްރެޓެރީ ޖެނެރަލުން ބޭނުމެއް ނުވާނެ. ޒިންމާދާރު ވެރިއެއް ހުރުމުން ފުދޭނެ. މިހާރުވެސް ކޮންމެ ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލައްވާފައި ހުންނަ ސިޔާސީ މީހެއް ހުރޭ. މިކަންކަން ހުއްޓާލަންޖެހޭ.

 9. ާދާމޫ

  ސެކްރެޓެރީ ޖެނެރަލުން ޢައްޔަންކުރުމުގެ ހަރުދަނާ ޢުޞޫލެއް ކަނޑައަޅަން ފޫގަޅާބަލަ ، ގުނބޮލަކަށް އެމަޤާމަށް ނާދެވޭނެހެން!

 10. މަޒް

  ސަރުކާރަކީ އޭގެ ޒާތުގައި ވިސްނައި ފިކުރުކޮށް ރޮއި ހޭރޭނެ އެއްޗެއް ނޫން. ސަރުކާރުގެ ތި ވިސްނުންވެސް ގޮސް ނިމޭނީ ކޮންމެވެސް މީހަކާ ހިސާބުން.. ނުވަތަ ބަޔަކާ ހިސާބުން..