ދިރާސާތަކުގެ އަލީގައި އެނގޭ ގޮތުގައި، ކޮންމެ ކަމަކަށް ބަލައިލި ނަމަވެސް ސިއްޙަތާއި ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ގުދުރަތީ ވަސީލަތްތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ. ޚާއްސަކޮށް ބާރުގަދަ ކެމިކަލްތަކާއި އެނޫންވެސް އެފަދަ މާއްދާތައް ހިމަނައިގެން އުފައްދާފައި ހުންނަ ތަކެއްޗަކީ އެދެވޭ ނަތީޖާއެއް ހޯދޭ ތަކެއްޗެއް ނޫނެވެ.

އެހެންކަމުން ތިމާ އެންމެ އެދޭ ފަދަ ރީތި ހަންގަޑެއް ލިބުމަށް އެދޭ ނަމަ އެންމެ ބުއްދިވެރި ގޮތަކީ ބާރުގަދަ ބައިތައް ހިމަނާފައި ނުވާ ގުދުރަތީ ބާވަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތައް ބޭނުންކުރުމެވެ.

ހަށިގަނޑު ހިކިފައި ހުންނަ ހުރުމުން ސަލާމަތްކޮށްދީ އަދި ހަށިގަނޑު ދޮންކޮށް ހަންގަނޑުގެ ރީތިކަމާއި ތާޒާކަން އެންމެ ފުރިހަމައަށް ގެނުވުމަށް އެދޭ ދިވެހިންނަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގައި އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ އޮންލައިން ވިޔަފާރި، "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "މޭޑް އިން ނޭޗާ" ބްރޭންޑުގެ "މިލްކް ކްރީމް-ބާތު" އަދި ލޯޝަނަކީ މި މައްސަލައިގެ އެންމެ އިތުބާރު އެއް ޙައްލެވެ.

ގުދުރަތީ ފައިދާކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ބާތު-ކްރީމާއި ލޯޝަންގެ އެންމެ ޚާއްސަ ކަމަކީ، އާދަކޮށް މި ދެ ބާވަތް ބޭނުންކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާއާއި ބަދަލުތައް ފެންނާން ފެށުމެވެ. އެގޮތުން ހަށިގަނޑުގައި ހަންމަރުވެފައި ހުންނަ ތަންތަނަށް އަލުން ތާޒާކަން ގެނުވައިދީ ހަންގަނޑު ކުރަކިވެފައި ހުންނަހުރުމަށް ދާދި އަވަހަށް ނިމުމެއް އާދެއެވެ. ހަމަ އެހެންމެ އިރުގެ ގަދަ އަލިން ހަންގަނޑަށް ލިބިފައި ހުންނަ ގެއްލުމަށްވެސް ފަރުވާކޮށްދީ ހަންގަނޑު ރައްކާތެރިކޮށްދިނުމަށް މި ބާތު-ކްރީމާއި ލޯޝަން އެހީވެއެވެ.

ވިޓަމިން އީ އާއި ވިޓަމިން ބީ6 އަދި ވިޓަމިން ބީ12ގެ އިތުރުން، ހަންގަޑަށް ފައިދާހުރި އެނޫންވެސް ބައިތަކުން މުއްސަނދި މި ބާތު-ކްރީމް އާއި ލޯޝަނަކީ، ހަންގަނޑުގެ ތެތްކަން އިތުރުކޮށްދީ އިތުރަށް ތާޒާކޮށްދޭ އުފެއްދުންތަކެކެވެ. ހަމަ އެހެންމެ ހަންގަނޑު މަޑުވެ ހަންގަނޑުގެ އޮމާންކަމާއި ދުޅަހެޔޮކަން، މި އުފެއްދުންތައް ބޭނުންކުރާން ފެށުމުން އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

މި ދެބާވަތް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، "މިލްކް ކްރީމް-ބާތު ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ފެންވެރުން މުޙިންމެވެ. މިގޮތުން މި ކްރީމް ބޭނުންކުރާއިރު، ގައިގައި އުނގުޅުމަށް ބޭނުންކުރާ މަޑު ސްޕޮންޖެއް ނުވަތަ ފޮތިކޮޅެއް ބޭނުންކުރުން ރަނގަޅެވެ. އަދި ރަނގަޅަށް ހަންގަނޑުގައި މި ކްރީމް އުނގުޅާލުމުން ދޮވެލަންވާނެއެވެ. ނަމަވެސް މި ކްރީމާއެކު އެހެން ބާވަތްތަކުގެ ބާތު-ކްރީމް ނުވަތަ ޝަވާ ކްރީމް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

މި ބާތު-ކްރީމުން ފެންވެރުމަށްފަހު އާދަކޮށް ކޮންމެ ފަހަރެއްގައި ވެސް މި ބްރޭންޑުގެ ލޯޝަން، ރަނގަޅަށް ހަންގަނޑަށް ވަންނާނެހެން ބޭނުންކުރަން ވާނެއެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ނުވަތަ ބޭނުން ނަމަ އެއްފަހަރަށްވުރެ ގިނަފަހަރު މި ލޯޝަން ބޭނުން ކުރެވިދާނެއެވެ. މިގޮތުގެ މަތީން "މޭޑް އިން ނޭޗާ" ބްރޭންޑުގެ މި ދެ އުފެއްދުން ބޭނުންކުރަން ފަށާތާ ގިނަ ދުވަސްތަކެއް ނުވެ އޭގެ ހެޔޮ ބަދަލުތައް ފެންނާން ފަށާކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ބާތު-ކްރީމްގެ 450 އެމްއެލް ފުޅި "ލިބޭ" ގައި ރީޓެއިލްކޮށް ވިއްކަން ހުރީ 185 ރުފިޔާއަށެވެ. އަދި މި ބްރޭންޑުގެ ބޮޑީ ލޯޝަންގެ 450 އެމްއެލް ފުޅި ރީޓެއިލް ކުރަނީ 199 ރުފިޔާއަށެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމަށް އެ ފަރާތުން އެދެއެވެ.

މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.