ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ވަކިވަކި ސިފައިންނަށް އަންގާފައިވީ ނަމަވެސް އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީން ވެސް ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުން ގާނޫނު މަނާ ކުރާކަމަށެވެ. ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިން ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ މަޖިލީހަށް އަންގާފައެވެ.

ޑިފެންސް މިނިސްޓްރީން އެގޮތައް އަންގައި ފޮނުވި ސިޓީގައި ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއި ކުރައްވާފައި އޮތުމުން އެމައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ ފެކްޝަން މެންބަރުންގެ ތާއީދާއިއެކު އެމައްސަލަ ވަނީ ކޮމެޓީން ބޭރުކޮށްލާފައެވެ.

ކޮމެޓީން މައްސަލަ ބޭރުކޮށްލުމާއިއެކު ނަޝީދުގެ ފެކްޝަން މެންބަރުންނާއި ރައީސް ސޯލިހް ފެކްޝަން މެންބަރުންގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ.

މިމައްސަލައިގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އެކި ފަރާތްތަކުން މެސެޖްތައް ކުރަމުން ދަނިކޮށް ނަޝީދު މެސެޖެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ގްރޫޕަށް މެސެޖެއް ފޮނުއްވި އެވެ. އެމެސެޖްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީއަށް ސިފައިން ހާޒިރުވިޔަ ނުދޭން ރައީސް ސޯލިހް ލޮބީ ކުރައްވާފައިވާ ކަމަށެވެ.

"މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" ނަޝީދުގެ އެ މެސެޖުގައިވެ އެވެ.

އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު މަޖިލީހުގެ އިންކުއަރީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީން މަސައްކަތް ކުރަމުން ދަނީ ވަކިވަކި ސިފައިން ވެސް ކޮމެޓީއަށް ހާޒިރުކުރުމަށެވެ. މިހާރު ވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގައި ސިޓީ ފޮނުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މާމީ

    ތީ ހަމަތެދެއް ވެރިކަން ވެއްޓިދާނެތީ

    43
    3
    • ނައިކް

      އަންނި ދެން ހާދަ އަމިއްލަ އެދުން ބޮޑު މަވެތި މީހޭ.. ޤައުމު މިހާލަތުގަ އޮތް އިރުވެސް މީނާ ނަފުސު ޕުރަމޯޓްލުރުމުގަ.. މައުމޫނު ނޮވެމްބަރު 3 ގެ ހަމަލާ ވިއްކައިގެން 30 އަހަރު ހުއްޓަސް މިހާރަކު ތިކަމެއް ނުވާނެ ދިވެހިން މާ ކުރިއަރައިފި ޢިލްމާ ތަޖުރިބާގެ ގޮތުން.. ނަޝީދުމެންނަށް ތިއުޅެނީ އޮޅިގެން

      20
      2
  2. ވެރިން

    ހައް ހައް ހައް ހައް ހައް ހައް މަ ހަމަ ހީ ހީ ހަލާކު.

    46
    1
  3. ރަބަރޭ

    ތިޔައޮތީ ދެވެ ރިން ދެވެ ރިން ގެ ގަދަ ހިފުމަށް ކަށް ދާންޖެހިފައި

    54
    1
  4. ކޮރަލް

    ކޮވިޑް ހާލަތު އެހާ ދަށުގަ އުޅޭ އިރު ވެސް އަންނި އަމިއްލަ އެޖެންޑާ އަކާ ހެދި އެވެ. ރައްޔިތުންނާ ދޭތެރޭ ނުވިސްނަ އެވެ.

    84
    4
    • Anonymous

      ކީއްކުރާނީ... ހީވާ ކަހަލަ މިޤައުމުގަ އުޅެނީ ބޮޑު ވަޖީރު އެކަންޏެވެ

      19
      1
  5. ވަޒަން ފޫއަޅާ

    އާދޭސްކޮށްފައި ބުނަން އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ހުރިހާ ސިފައިންނާއި ހުރިހާ ފުލުހުންނާއި އަދި ހުރިހާ ރައްޔިޔިތުން ތިޔަ ކޮމިޓީއަކަށް ހާޟިރުކޮށްގެން ވިޔަސްވެސް ތިޔަ އިންކްއަރީއެއް ހެދޭތޯ ބަލާބަލަ! މިޤައުމުގެ އެންމެހާ ރައްޔިތުން މިއުޅެމުންދާ ސިއްޙީ ދެރަ ހާލަތަކީ ކޮންމެހެން އަހައްމިއްޔަތެއް ދޭންޖެހޭ ކަމެއް ކަމަށް ނުދެކި އުޅޭ މީހުން އެބައެނގޭ.

    16
  6. ލަަމް

    މަނިކުފާ ތިޔައުލުން ވަނީ ކޮންކަމެން ނުވެގެން ވެރިކަން ކުރުން ނޫންގޮތެއް ހަމަ ޒާތުގަ ނެތީތޯ މިގޮވާލަނީ ރިސޯޓް މުއައްޒަފުން ކުރަމުން ދިޔަތާއިދު މެމްޑީޕީއަށް މުޅިން ގެންލި ނަސީދު ބޮނޑު ވަޒީރުކަން ނޫންގޮތެން ނެތި މުޅި ގައުމްފަނާތިޔަކުރަނީ

    12
  7. ޒަބީބު

    ވެރިކަން ކުރަން ނޭގިގެން ރައްޔިތުން ހަވާލު ކުރި ވެރިކަން ރައްޔިތުންގެ ބޮލާލާ ޖަހާފައި އިސްތިއުފާ ދީފައި ގޮންޑިން ފުއްމާލައިގެން ފިލި މީހަކަށް މިޒާތުގެ ކަންކަމެއް ނޭގޭނެ. އަދި ފަހުމެއްވެސް ނުވާނެ. ދިވެހި ދައުލާތުގެ އިއްޒަތާއި ޝަރަފު ދެމެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާގެ ޤާނޫނީ ވާޖިބެއް. ދިވެހި އަސްކަރިއްޔާގެ އިއްޒަތާއި ކަރާމާތް ރައްކާތެރިކޮށް ސާރވީސްގައި ތިބޭ އަސްކަރީންގެ ކަރާމާތާއި ޝަރަފް އަދި އިއްޒަތުއްނަފްސު ރައްކާތެރިކޮށްދިނުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާ ޤާނޫނީ ގޮތުން އަދާކުރައްވަން ޖެހޭ ވާޖިބެއް.

    މީގެކުރިންވެސް ނަޝީދުގެ ނާޤާބިލުކަމުން ވެރިކަމުން އިސްތިއުފާ ދީފައި އެއިގެ ކައްފާރާއެއްގެ ގޮތުން ސިފައިނާއި ދިމާލަށް "ބާޣީ" ގޮވާ "ލާރި ލާރީ ޔެސް ސާރ" އާއި އޭތިމީތި ގޮވާ އަސްކަރީންނާއި އެބޭފުޅުންގެ އާއިލާތަކާއި މަގުމަތިން ދިމާކޮށް ނަޝީދުއާއި އޭނާގެ އައުވާނުން ވަނީ ވަކިވަކި އަސްކަރީންނާއި މުޅި ދިވެހި އަސްކަރިއްޔާ ގަން ހިންގާފަ.

    ވީމާ ވަކިވަކި ސިފައިން ހާޒިރުކޮށްގެން އެބެއިކަލުންނާއި ދިވެހި އަސްކަރިއްޔާ ނަޝީދު އަތްދަށުކޮށް ގަންހިންގަން ރައީސުލް ޖުމުހޫރިއްޔާ ޖާގައެއް ނުދެއްވާނެ. ހަޤީޤަތުގައި ރައީސް މިކަން ކުރައްވަންވީ މަޖިލީސް މެމްބަރުންނަށް ވަކިވަކިން ލޮބީކޮށްގެނެއްވެސް ނޫން. ހަމަ ސީދާ ގަޓުގައި ނުކުމެ ފާޅުގައި އެކަން ކުރައްވަންވީ. ކޮން ބޮޑުވަޒީރެއް ކޮން އަންނިއެއް. ވޯޓުދީ އިންތިޚާބު ކުރީ ރައްޔިތުން!

    17
    1
  8. އަހުމަދު

    މިސަރުކާރު އޮވެގެން ހިޔެއްނުވޭ ފަންޑު ކުރި މީހުން ހޯދިދާނެހެން.

    10
    2
  9. ފިނދަނަ

    އެހެންވީމަ އަސްލު ފިދަނައަކަށްދޯ ނަޝީދު މިވީ. ގުރޫޕްގަ އަމިއްލައަށް ބަހެއްބުނަން ނުކެރިގެން އެހެންމީހުން ލައްވާދޯ މި ބުނަނީ..

    13
    1
  10. ބާޖިއޯ

    ރ.ނަޝީދުގެ ސަޕޯޓް ފަނޑުކޮށްނުލެވޭނެ.
    ރ.ސޯލިހށް ވެރިކަން ލިބުނީ ރ.ނަޝީދަށް ލިބުނު 106000 ގަޑު ވޯޓުލައިގން.

    2
    18
  11. ސަންތިމަރިޔަބު

    ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ

    11
  12. ހުސޭނުބޭ

    ތިތަނުން އަދި ވެރިއަކަށް ހުރީ ސޯލިބޭ! އެހެންވެ ވާގޮތެއް އެއީ! ބުއްޅަބޭ ވެރިއަކަށް ވިނަމަ ހިނގާނީ ބުއްޅަބޭގެ އަމުރު

    11
    2
  13. އިސްތިއުފާ

    އެއިރު އިސްތިއުފާދިނީ ރާއްޖޭގެ ހާލަތު ގޯސްވެދާނެތީ.
    މިހާރު ރާއްޖޭގެ ހާލަތު ވަރަށްގޯސް އަދި ބޭރު ގައުމުތަކުންވެސް އެއުޅޭނީ އަމިއްލަހާލާއިގެން ނޫޅެވިގެން. ރާއްޖެއަށް އެހީތެރިކަމެއްވެސް ކުޑަކޮށްލިބެނީ.

    ވީމާ ނަޝީދު މަޖިލިހުން އިސްތިއުފާދީ ރައްޔިތުންނަށް ހަމަ ނޭވާއެއްލާން ފުރުސަތުދީފައި ރައްޔިތުން ދެކެ ލޯބިވާތީ ގޭގަައި މަޑުކޮށްލެއްވުން ކިހިނެއްވާނެ.

    9
    2
  14. Anonymous

    ސިފައިންނާބެހޭ އެއްވެސް ކަމެއްގައި ވަކިވަކި ސިފައިން އެއްވެސް އިދާރާއަކައް އަދިކޮމެޓީއަކައްވެސް ހާޒިރުކުރުމަކީ ގާނޫނީ ކުށެއްކަމަށާއި

    11
    2
  15. ޝޮކްތެރަޕީ

    ކަލޭމެންގެ ޑުރާމާގަ ދިވެހިން ދެނެ ނުޖެހޭނެ އިންޝާ ﷲ

    12
    1
  16. ޝިރޯ

    ވައްކަން ކޮއްގެން ވެރިކަން ހޯދީމާއި ވާނެ ހަތަރެތި މިވަނީ މިހާރު އެއުޅެނީ އިސްތިއުފާ ދޭނެ ގޮތެއް ނެތިގެން ހަދާނެގޮތް ހުސްވެގެން އިބޫތެޅިބާލަނީ ދެމޮޔައިން ތަޅަނީ ވާނުވާ މަގާމުތަކާއި ހަވާލުވެ ތިބި މިނިސްޓަރު ހަދާ ނަހަދާ މިވެރިނަށް ނައަންގާ ރައްޔިތުންގެ ޝަކުވާ ނޫންކަމެއެް ނެތް ރައްޔިތުންނަށް ޚިދުމަތެއް ނުދެވޭ މީހުން މަރުވަމުން ދަނީ މިސަރުކާރު އިސްތިއުފާ ދިނަސް ދައުރު ހަމަވިޔަސް މި މަރާލި މީހުންގެ މަރުގެ ދިޔަ ލާދީނީ ޝަމީމުގެ މައްޗަށްވެސް ކުރާނެ އޭނަ މިގައުމަށް މިގޮތަށް ހަދަމުން ދާއިރު މިބައިގަޑުގެ މައްޗަށް ދައުވާ ނުއުފާ ބަލަން ހުންނާތީ ގަސްތުގައި މިގައުމު މިހާލަތަށް ވައްޓާލީ މައްސަލަ އުފުލަން ޖެހޭނެ ޝަމީމް

    9
    1
  17. އަލީ

    ސިފައިންނާބެހޭ އެއްވެސް ކަމެއްގައި ވަކިވަކި ސިފައިން އެއްވެސް އިދާރާއަކައް އަދިކޮމެޓީއަކައްވެސް ހާޒިރުކުރުމަކީ ގާނޫނީ ކުށެއްކަމަށާއި އެފަދަ ކުށެއްކުރިފަރާތަކައް ނުވަތަ ފަރާތްތަކައް ގާނޫނީގޮތުން އަދަބުލިބޭނެ. އެފަދަކަމެއް ކޮއްފިނަމަ އެސަރުކާރެއް ނިމުމުން އެމައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭނެ.

    11
    1
  18. ބެރު

    އިބޫ ސަލާމަތީ ބާރާއި ނުކުޅޭ ހިޔަ ހަދަނީ ގޯހެއް މިހާރުވެސް އިބޫގެ ހިފާ ހައްޔަރު ކުރެވޭ ވަރަށް ހެކި އެބަހުރި ގައުމަށްޓަކައި ސަލާމަތީ ބާރަށް ކަން ކުރެވިދާނެ ސަލާމަތީ ބާރުތަކާއި ފުލުހުންނާއި ނުކުޅޭ ތިހެރަ އިމްރާނު ވަކިކުރޭ ހުރިހާ ފިތުނައެއް އުފައްދަނީ އޭނާ މުޅިގައު ހަލާކު ކުރަމުން އެކަހަލަ ބައިގަޑެއްވެގެން ރައްޔިތުންގެ ހައްޤުގައި ސަލާމަތީ ބަރު ތެދުވަން ޖެހިއްޖެ ނޫންތޯ ވަގުތު ކުޑަވަނީ ހަށިން ހިއްވަރު ނަގާފައި ތެދުވަން ޖެހިއްޖެ

    9
    3
  19. Angela

    ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު އަދި ނުވިސްނަމޭ އިބޫ ބުނެގެން މަހިތަކަށް ނާރާ އަންނި މިހާހިސާބަށް ކަންތައް ދުއްވާ ލާނެއެކޭ. ވެރިކަމާއިގެން ހޭބަލިވިޔަސް ދެން ތަންކޮޅެއް ބޮޑުވަރު ކަންނޭގެ މީ. މިހާރު ހިތަށް އެބަ އަރާ އަނެއްކާ މިހަމަލާއަކީ ވެސް 10 ކުޅި ކުރިއަށް ކުޅުއްވާ ގޮތަށް ކުޅުއްވި ކުޅިއެއް ނޫންބާވައޭވެސް. އެހެންނާފަހެ.

    11
    1
  20. ޒަބީބު

    ދިވެހި ދައުލާތުގެ އިއްޒަތާއި ޝަރަފު ދެމެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާގެ ޤާނޫނީ ވާޖިބެއް. ދިވެހި އަސްކަރިއްޔާގެ އިއްޒަތާއި ކަރާމާތް ރައްކާތެރިކޮށް އަސްކަރީންގެ ކަރާމާތާއި ޝަރަފް އަދި ޔުނިފޯމްގައި ތިއްބަވާ އޮފިސަރުންގެ އިއްޒަތުއްނަފްސު ރައްކާތެރިކޮށްދިނުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާ ޤާނޫނީ ގޮތުން އަދާކުރައްވަން ޖެހޭ މުޤައްދަސް ވާޖިބެއް.

    މީގެކުރިންވެސް ނަޝީދުގެ ނާޤާބިލުކަމުން ވެރިކަމުން އިސްތިއުފާ ދީފައި އެއިގެ ކައްފާރާއެއްގެ ގޮތުން ސިފައިނާއި ފުލުހުންނާއި ދިމާލަށް "ބާޣީ" ގޮވާ "ލާރި ލާރީ ޔެސް ސާރ" އާއި އޭތިމީތި ގޮވާ އަސްކަރީންނާއި އެބޭފުޅުންގެ އާއިލާތަކާއި މަގުމަތިން ދިމާކޮށް ނަޝީދުއާއި އޭނާގެ އައުވާނުން ވަނީ ވަކިވަކި އަސްކަރީންނާއި މުޅި ދިވެހި އަސްކަރިއްޔާ ގަން ހިންގާފަ.

    ވީމާ ވަކިވަކި ސިފައިން ހާޒިރުކޮށްގެން އެބެއިކަލުންނާއި ދިވެހި އަސްކަރިއްޔާ ނަޝީދު އަތްދަށުކޮށް ގަންހިންގަން ރައީސުލް ޖުމުހޫރިއްޔާ ޖާގައެއް ނުދެއްވާނެ. ހަޤީޤަތުގައި ރައީސް މިކަން ކުރައްވަންވީ މަޖިލީސް މެމްބަރުންނަށް ވަކިވަކިން ލޮބީކޮށްގެނެއްވެސް ނޫން. ހަމަ ސީދާ ގަޓުގައި ނުކުމެ ފާޅުގައި އެކަން ކުރައްވަންވީ. ކޮން ބޮޑުވަޒީރެއް ކޮން އަންނިއެއް. ވޯޓުދީ އިންތިޚާބު ކުރީ ރައްޔިތުން!

    ދިވެހި އަސްކަރީންނާއި ފުލުހުންނާއި ސަލާމަތީ ޚިދުމަތްތަކަކީ ނަޝީދު އާއި އާއިލާއިން ހަސަދަ ފިލުވަން ތިބި ބައެއްނޫން. ނަޝިދުގެ ވެރިކަން ނިމިދިޔައީ ނަޝިދުގެ ނާޤާބިލުކަމުން. އަދި ޤަނޫންތަކާއި، ޤަވާއިދުތަކާއި، ދުނިޔޭގެ ހަމަތަކާއި އުސޫލުތައް އެއްކިބާކޮށް ޗާތުންބޭރުން ހުރިހާކަމެއް ކުރުމަށް ދިމާކުރުމުގެ އިތުރުން 23 ޑިސެމްބަރު ގައި އާޓިމިޝަލް ބީޗް ސަރަހައްދުގައި ހުރެ އިސްލާމް ދީނަށާއި، ކީރިތި ޤުރްއާނަށާއި، ރަސޫލާގެ(ސއވ) ހަދީސާއި ސުންނަތަށް ހަޖޫޖެހުމުގެ ސަބަބުން.

    5
    1
  21. ޢަބްދޫ

    މަޖިޅީހަކީ ގާނޫނު ހަދާ މަޖިޅިސް ކަން ގާނޫނު އަސާސީ ކަށަވަރުކޮށްދޭ .މަޖިޅީހުން ސަ ރުކާ ރު ނުހިންގޭނެ.މަޖިޅަީހުން ކޮމިޓީ އުފައްދާ ހިންގޭ ނެ ކަމަށާް ގާނޫނު އަސާސީ ނުބުނޭ.ކޮމިޓީ ގެވަަާހަކަ ގާނޫނު އަސާސީގަ އޮންނަނީ 241 ކޮމިޓީ ގެ ވާހަކަ. 241 ގައުމީ ސަޅާމަތާ ބެހޭ ކޮމިޓީގެމަސައްކަތަށް މައުޅޫމާތު ސާފުކަރަން މީހަކު ގެނެވުނަސް މަޖިޅީހުގަ ތަހުގީގު ނުހިންގޭނެ.ދެން ކޮމިޓީ އުފެއްދޭނީ ސަ ރުކާ ރުން ހުށަހަށޅާ ބިޅްތައް ދި ރާސާ ކު ރަން ހެދޭ ވަގުތީ ކޮމިޓީ. ސަ ރުކާ ޜުރުގެ ކޮންމެ ވުޒާ ރާ ޢަކަށް ކޮމިޓީެއއް މަޖިޅީހުގަ ނެހެދޭނެ.މިހާ ރު ހީވަނީ ހު ރިހާ ވުޒާ ރާ އަކީވެސް މަޖިޅިސް ހެން.

    6
    1
  22. ޢިބޫ ސޯބިރު

    ޢަންނި ތިބުނީ ރަނގަޅަށް. ސަބަބު ވަރަށް ސާފު. އިބޫއަށް އަންނިއަށްވުރެ ރަނގަޅަށް އިނގޭނެ ދިވެހި ރާއްޖޭގަ ހެދިފަހުރި ގާނޫނުތައް. ސަބަބަކީ އިބޫމެން އަމިއްލަ މަސައްކަތުން ހަދާފަހުރި ގާނޫނުތަކަށްވާތީ.

    5
    1
  23. ގައުމީ ލޯބި

    ގެއްލުނު މީހުން މަރުވި މީހުންގެ މައްސަލަ ކީއްވެ އެކަންކަން ނުބެލި މި ބަލާވިރަކަމުގެ ކަން ކަން ބެލެންވީ..

    މީނާއާއި ހެދި ގައުމު ހަލާކުވެ ފުޑެނީ.. އެންމެ މިކަމަށް ވިސްނާހާ ހިސާބަ ކަންކަން ގޯސްވެއްޖެ..ނޫންތޯ

    ކުރީގެ ތުރުކީއަށް ވެސް މިކަހަލަ ވަބާއެއް ކުރިމަތިވި.. އަދިވެސް އެއުޅެނީ އެކަމުން އަދިވެސް ސަލާމަތް ނުވޭ..! މިގައުމު އެހާލަތަށް ވެއްޓިޔަ ދީގެން ނުވާނެ..! ދޮއްތޯ؟

  24. އަބްދޫ

    ގާނޫނާއި ހިލާފަށް ކަންކަން ކުރުމަށް ފުރުސަތު ދެވިގެންނުވާނެ. ނަސީދު ވިދާޅުވިޔަސް ގަނޫނު ބުނާގޮތުން ވަކިވަކި ސިފައިން ޖަވަބުދާރީ ވާންޖެހޭނީ އެމީހުންގެ ކޮމާންޑަރުންނަށް އެކަނި އަދި އެގެ އިރުރުން ސިފައިންގެ ވެރިޔާ އަަށައި ޑިފެންސް މިނިސްޓަރަށް. ވީމާ މަޖިލީހުގެ ރައިސް ބުނާގޮތަށް ސިފައިން އަމަލުކުރަން ނުޖެހޭނެ.