އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފިއެވެ.
އިންތިހާބުގައި ރާއްޖޭގެ ފަރާތުން ވާދަކުރެެއްވި ޝާހިދު އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ޝާހިދުއާއި ވާދަ ކުރައްވާފައިވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއެވެ.
މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
ޝާހިދު މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 143 ވޯޓު ހޯއްދަވައިގެންނެވެ. ރަލްމާ އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެ ގަޑިން މިރޭ 19:00 ގައެވެ.
އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމުން މެންބަރު ގައުމުތަކުގެ މަންދޫބުންނާއި މުހާތަބު ކުރައްވާ ދެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ މިއަދު ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒަޢާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަން. ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލުކޮށްފައިވާކަން." ޝާހިދު ވިދާޅުވިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ބެލެވޭ ގޮތުގައި ޝާހިދު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ސައުދީ އަރަބިއްޔާ އާއި އިންޑިއާ ފަދަ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމުތަކުގެ ތާއީދު ޝާހިދަށް ލިބިފައިވާތީއެވެ. ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާފައެވެ. އިންތިހާބުގެ ކެމްޕޭނަށް ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެކި ގައުމުތަކުން އދ.އަށް ކަނޑައަޅުއްވާފައިވާ މަންދޫބުންނާއި ބައްދަލު ކުރައްވަމުން ގެންދަވާތާ ވެސް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ޝާހިދަށް ލިބިވަޑައިގެންނެވިއިރު، ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ވެސް ވާދަކުރަން ނިންމާފައެވެ.
ޝާހިދަކީ ރާއްޖޭގައި މިހާރު ހުންނެވި ހާރިޖީ ދާއިރާގެ އެންމެ ތަޖުރިބާކާރުން އެއް ބޭފުޅާއެވެ. ޝާހިދު ހާރިޖީ ދާއިރާގެ މަސައްކަތް ފެއްޓެވީ 1984 ވަނަ އަހަރު އެވެ. ޝާހިދު އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓުން މަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހާއި ހަމައަށެވެ. ދެން ޝާހިދު ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 2019 ނޮވެމްބަރ 17 ވަނަ ދުވަހު އެވެ.
ޝާހިދު ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ރައްޔިތުން މަޖިލީހުގެ ރައީސް ކަން ކުރައްވާފައެވެ.
ދެން ތިތާ ކާޕެޓެއް ފައިފުއްސެއްހާ ހިސާބު ނޯންނާނެ ކަންނޭގެ
ތިތާ ހުރި ކާޕެޓު އެއްޗެހި ސަލާމަތުން ހުންނާނެބާ
މަރްހަބާ ނަމަވެސް ދިވެހިންގެ ޓެކްސްފައިސާއިން ކޭންޕޭނައްކުރިހަރަދު އަނބުރާ ދައުލަތައްދައްކަންޖެހޭނެ
އެހެންވއްިޔާ އަވަހަށް އޮތިއްޔާ އޮތް ގައުމަކަށް ދަތުރުކޮށް ސަރުކާރުގެ ލާރިތައް ހުސްކޮއްލާ
މަރުހަބާ ޝާހިދު. މި ރާ އްޖެ އަށް ލިބިގެން ދިޔަ ރީތި ނަމެއ އް.
މަރުހަބާ
ކާމިޔާބު ކުރީތަ، ނޫނީ އަހަރުމެން ރައްޔިތުންގެ ފައިސާއިން ގަތީތަ؟
ޢައްޑޫ އިންޑިޔާ އަށް ހަދިޔާކޮށްފަ ހޯދި މަގާމު
ކޮބާ. އިދިކޮޅައް ހީހެއް ނުލެވުނެއްނުން.
ބޭނުންވާ ގޮތަކަށް އެނބުރޭނެ ދަށުވެފަ ތިބޭ މީހުންނަށް ތިކަހަލަ މަގާމު އެވެރިން ދޭނެ
ފޮރިން މިނިސްޓަރ ކަންކުރަމުންވެސް ދުނިޔޭގެ ރައީސުކަންކުރެވޭތޯ؟
ދެން އޮވެބަލަ ކާރޕެޓް ކައިގެން
ވަރަށްބޮޑަށް މަރުހަބާ ޝާހިދު. ޢަޅުގަނޑުގެ ޒައާމަތުގައިވެސް ނުލިބުނު ކާމިޔާބީއެއް. ޢެކަމާ ވަރަށް ދެރަވޭ. ޢަކަމަކު ޥެސް މަރުހަބާ މަނިކުފާނު ތިހޯއްދެވި ކާމިޔާބީއަށް.
ދެން ތިކަންވެސް ސިޔާސީކޮށް މީހުންނަށް ހަޖޫޖަހާ މަލާމާތްކުރުމުގެ ބަދަލުގަ ޤައުމީ ކަމެއްގެ ގޮތުގަ މުޅި ޤައުމަށް ލިބުނު ކާމިޔާބީއެއްގޮތަށް ބެލުމަށް ގޮވާލަން!! މިހެން ބުނަންޖެހުނީ ރީނދޫ ކުދިންކޮޅުހެ ބަސްމަގު ހުންނާނެ ގޮތް އެނގޭތީ މީގެ ކުރިން ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑިއަަށް ކުރީ ސަރުކާރުން ވާދަކޮށް ނުކިބުނީމަ
ޤަ އުމު ވި އްކާ ނުލާތި ތީ ކުރިންވެސް ރާ އްޖެ އަށް އިންޑި އާ ސިފަ އިން އަރަން ގޮވި މީހެއ އް
ދިވެހި ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާ އެއް އުފަލެއް ނެތް. ޝާހިދަށް ލިބުނު މަޝްހޫރުކަމެއް އެކަނި. ތިޔައީ އިންޑިޔާ އަޑީގަ އޮވެގެން ލިބުނު ކާމޖޔާބީއެއް. އެމީހުން ބޭނުން ގޮތަކަށް ދިވެހިރާއްޖެ އަޅުވެތިކުރަން ޝާހިދަށް ހޯދައިދިން ރީތި ނަމެއް. އެހެންވީމާތާ މަލިކަށް ދުއްތުރާ ކުރާއިރުވެސް ހައްޕުކިޔައިގެން ހުންނާނީ. އިންޑިޔާގެ ޕަޕެޓް. ދިވެހި ގައުމުގެ އިސްތިގްލާލް ހިބަރުވަދުގަ ޖައްސާއިގެން ދެން ބޮޑުގޮނޑިއަށް ވެޑުވިފަ އިންނަގަ.
ޢެމީހުންނާ އެއްގޮތްވި ވަރަކަށް ބަލައިގަންނާނެއެވެ.
މަ އިޓް ބީ ސްޓަންޓް ދެ އްތޯ...
ވަރުބަލިވެއްޖެ، ނޭނގުނު ޢާއްމު މަޖިލީހަކީ ކޮބާކަމެއް؟ ކީއްކުރާތަނެއްކަމެއް؟؟ މުސީބާތެއްނުން!
مرحبا بقدومك يااخلكرام
ޝާހިދު ތިތަނަަަަ އް ހޮވުނީމަ މަށަ އްވާ މޮޅަކީ ކޮބަޔޯ؟
މީގެން ދޭހަމިވީ ރ.ޔާމީން ވެރިކަމުގެ 5 އަހަރު ލިބުނުވަރަށްވުރެ ގިނައިން ފުރަތަމަ 3 މަސްތެރޭ ލިބުނު ކަމަށް އެބުނާ ފައިސާ އިން ކުރިކަމަކީ މީކަން ބަޔަކު ނޫޅޭ ތި މަޤާމެއް ހޯދާކަށް ހަމައެކަނި ކުރިމަތިލީ ވެސް މިވަގުތު ދުނިޔޭގަ އޮތް އެންމެ ނިކަމެތި އަދި ޔޫރަޕްގެ ގިނަ ގައުމުތަކުން ޓެރަރިސްޓުން ކަމަށް ސިފަކުރާ އަފްޤާނިސްތާނުން އެކަނި. ކޮވިޑްގަ އެހީގެ ގޮތުގަ ލިބުނު ހުރިހާ އެއްޗެއް ރަގަޅަށް ވިއްޔާ ޚަރަދުކުރީ ތިކަމަށް 2 މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެތަނެއްގަ ހުންނަތާ ދިވެހިން މި ބަލިމަޑުކަމުގަ ކަރުނައަޅާ ރޮނީ އާއިލާތަށް ބިކަވެއްޖެ ސިއްޚީ ޚިދުމަތްތެރިން އާދޭސް އެތިބަ ކުރަނީ ނަރުހުންނާއި ޑޮކްޓަރުން ހޯދަ ދިނުމަށް އެކަމަކު މިޤައުމުގެ ފޮރިން މިނިސްޓަރެކޭ ކިޔުނުމީހާ އޭނާގެ އަމިއްލަ އެދުން އިސްކޮށް ލިބޭހާ އެއްޗެއް ތަޅާ ހުސްކުރަނީ. ތީ ދުނިޔޭގެ އަމިއްލަ އެދުމުގެ ރަސްގެފާނު ތި މަޤާމް މިވަގުތަކަށް ދިވެހިން ނަކަށް މުހިންމެއްނޫން އެންމެ ނަރުހެއްވެސް މިހާލަތުގަ އެއީ ޖަވާހިރެއް. ލަދުގަނޭ މިހ އަމިއްލަ އެދުން ބޮޑު މީހުންނަށް މިޤައުމުގެ ރައްޔިތުންނޭ ކިޔާތީ ވެސް
މަލާލާ.
މި މަގާމް މީނާ އަށް ލިބުމުން ދިވެހި ޤަ އިމަށް ލިބޭނެ އެއްވެސް ފަ އިދާ އެއ އް ނޯންނާނެ، ކޮވިޑް ރައްޔިތުން ޙާލުގައި ޖެހިފަނިކޮށް ދައުލަތު ފައިސާ އިން އެތަށް މިލިއަން ރުފިޔާ އަމިއް ޝަރަފާއި ޢިއްޒަތް ލިބިގަތުމަށް ޚަރަދު ތިކުރީ، ތިއީ ރައްޔިތުން ދެކެ ލޯބިވާ ސިޔާސި މީހުން ނެއްނޫން، އިންޑިޔާގެ އަޅުވެތި ކަމަށް މިގައުމު ގެންދިއުމުގެ އިސް މޭސްތިރި އަކީ މިކަލޭގެ، މީނާ މިއީ 2023 ވަނަ އަހަރަށް ޔޫރަޕާއި އިންޑިޔާ އިން ދިވެހިރާއްޖެ ރައީސްކަމަށް ނެރޭ ކެނޑިޑޭޓް، ރައްޔިތުން ވިސްނަވާ.
މަރުހަބާ ބުރޯ ! މަރުހަބާ ބުރޯ ! މަރުހަބާ ބުރޯ ! 2023 ގައި ރަގަޅުވާނެ ކަމަށް ފެނޭ !
މިކަލޭގެ ބޮޑުމުސާރަ ކަ އިގެން ބޭރުގަފިލާ އޮވެ ގަންނަގަޑަކީމީދޯ !!2 އަހަރާބަ އިވީ އިރު ބޭރުގަ އުމުތަކަށްގޮސް އަމި އްލަޖީބުފުރުން ފިޔަވާ އެ އްކަމެ އްވެސްނުކުރޭ މިހިޔަޅު!!
ތިވެސް ހުލިވެ ވެއްޓޭނެ. ތިޔަކު އަގެއް ނެތް. ދިވެހިންނަށް އެނގޭ ތީ ކާކުކަން. ތިޔަށްވުރެ ރަގަޅު މީހަކަށް ތިޔަ މަގާމު ލިބުނު ނަމަ ގައުމު ފަހުރުވެރިވީސް. ތިޔައީ ގައުމު އަޅުވެތިކުރަން ގޮވި މީކެއް. އަބުރެއް އިއްޱަތެއްނެތް ޖިސްމެއް
ރާއްޖެއޮތީ ވަރަށް ދަތިޙާލެއްގައި ހަނިމާދޫ އައްޑޫ ނުވިތާކަށް ދެންހުރިތަނެއްވެސް ބޭރުޤައުމުތަކުގެ އަސްކަރިއްޔާއަށް ދޫކުރަނީ ކޮވިޑުގެ ނިކަމެތިޙާލުގައި ދިވެހިން ތެޅެމަރުވަނީ ކާނެ، ބޯނެގޮތެއްނެތް
ޝާހިދު ތިހާބޮޑުޚަރަދެއްކުރައްވައިގެން އ،ދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރެއްވި
ކަމުގައިވިއަސް އިސްލާމެއްގެހައިސިއްޔަތުންނާ، ދިވެހި ރަށްޔިތެއްގެހައިސިއްޔަތުން އަޅުގަނޑު އުފަލެއްނުވޭ މިގޮތަށްދެކޭ އެހެންފަރާތްތަކެއްވެސް ތިބެދާނެ އެކަންމޮޅަށްދެނެވައިގަންނަވާނީ ﷲ
މިހެންމިބުނީ އ،ދގެ ކަމެއްވީމަ އ.ދ އަކީ ނަމުގަމުހިއްމުތަނެއްކަމުގައިވިއަސް އެތަން
ވެފައިވަނީ ލާދީނީމީހުންނަށް ޚާއްސަތަނަކަށް މިހެންމިބުނީދުނިޔޭގެ ކިތަށްގައުމުގައިތޯ މުސްލިމުން
އަނިޔާކޮށް މަރާ އެފަރާތްތަކުގެގެދޮރު ބޮންއަޅާ އަންދާ ބިމާހަމަކޮށް އެފަރާތްތަކުގެ ބިންގަދަކަމުން
ހިފާ ތަނުގެއަހުލުވެރިން ބޭރުކޮށް އަނިޔާދެނީ އެފަރާތްތަކާމެދު އ.ދ އިންކުރެވުނީ ކޮންކަމެއްތޯ
މިހާރު އ.ދ ވަނީ އިޒްރޭލްއާ އެމެރިކާގެ ބަތްކައްކާކުޅޭތަނަކަށް މިހެންމިބުނީ އިޒްރޭލުން ފަލަސްތީނާމެދު ލާއިންސާނީ ޖަރީމާހިންގާއިރުވެސް އެމެރިކާގެބާރާއެކު
މަރުހަބާ! ކަލޯ ދެން ދިވެހި ރާއްޖޭގެ ރައްޔަތުން ވެސް ކޮންމެވެސް ޤައުމަކށް ވިއްކާލަން ހިނގާ ސަޅިވާނެ ހަމަހުވާ!
މަރުހަބާ ޝާހިދު
އިޚުލާސްތެރިކަމެއް ގައުމަށް ނެތް މީހުންނަށް މޮޅު ލިބުމަކީ ގައުމާއި ރައްޔިތުންނަށް ލިބޭ ދަރައެއް. މިއީ ޑިލެއްގެ ދަށުން މީނާއަށް އެމެރިކާ އަޑިގައި އޮވެގެން ދިން ކަމެއް. ކޮރަޕްޓް މީހުންނަށް މޮޅު ލިބުމަކީ ބަދުނަސީބެއް
ޑައުލަތުން އެތައްމިލިޔަނެއްހަރަދު ކޮއް ހިރިހާގައުމަކައް ދަތުރުކޮއް ތިލިބުނުމަގާ މުންރައްތުންނައް ކުރަނެ ފައިދާއެއް މަންފާއެްްމިތިބީބަލަން
ޔާ ﷲ، ކާފަރުންނާ ގުޅިގެން އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ގައުމެއް ގޮތުގައި މި ގައުމު ނުލައްވާނދޭވެ.