މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް އެމަނިކުފާނުގެ ހަށިފާރަވެރިން ހާޒިރުކޮށްފިއެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު މެންދުރުފަހު އެކެއް ޖަހާކަށް ހާއިރު ފެށި ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އެމްއެންޑީއެފުން އެމަނިކުފާނުގެ ސެކުއިރިޓީއަށް ކަނޑައަޅާފައިވާ "ކްލޯސް ޕްރޮޓެކްޝަން ޓީމް" އެވެ. މި ޓީމުގައި އެމަނިކުފާނުގެ ހަށިފާރަވެރިން ވެސް ހިމެނެއެވެ.
ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުން ހިމެނޭ ގޮތަށް ޕްރޮޓެކްޝަން ޓީމްގެ އޮފިސަރުން މިއަދު ކޮމިޓީއަށް ހާޒިރުކުރިއިރު އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގައި ކައިރީގައި ތިއްބެވި ބައެއް ހަށިފާރަވެރިންނަށް ވެސް އަނިޔާ ލިބުނެެވެ. އެ ހަށިފާރަވެރިންގެ ބައެއް އޮފިސަރުންގެ ހާލު މިހާރު ރަނގަޅެވެ.
އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ހާޒިރު ކުރުމުގައި ފުރަތަމަ ގާނޫނީ ސުވާލުތަކެއް އެ އިދާރާއިން އުފެއްދި ނަމަވެސް މިހާރު ދަނީ އެ ކޮމިޓީއަށް ވަކިވަކި ސިފައިން ވެސް ހާޒިރު ކުރަމުންނެވެ.
މި ގޮތުން ސިފައިންގެ ޗީފްއާއި ވައިސް ޗީފްއާއި، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ވެރިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގެ ކޮމާންޑަރުން ވެސް ވަނީ މީގެ ކުރީ ދުވަސްތަކުގައި މި ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮފިސަރުން ވެސް ހާޒިރުކޮށްފައެވެ. މި އޮފިސަރުން ހާޒިރުކުރީ އިންޓެލިޖެންސަށް މައުލޫމާތު ލިބެމުން އައި ގޮތް ސާފު ކުރުމަށެވެ.
މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެއީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތް ހެދުމާއި އެ ސަރަހައްދުގައި ހުންނަ ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމުގެ ކަންކަން ދިޔަ ގޮތުގެ މައުލޫމާތު ސާފުކުރުމަށެވެ.
ރައީސް ނަޝީދުގެ ސެކުއިރިޓީގެ މައްޗަށް 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ފުރަތަމަ ދެކޮޅު ހެދުމުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.
މި ގޮތަށް ސޮއި ކުރައްވައި މަޖިލީހަށް ލިޔުން ފޮނުއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އަދި ފުލުހަށް މައްސަލަ ހުށަހަޅަން ލަފާ ދިނެވެ.
އިމްތިޔާޒާއި ސުލޫކުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން އެމްޑީޕީ ހަތަރު މެންބަރެއްގެ ވެސް ވޯޓު ލިބިގެން އެ މައްސަލަ ބޭރުކޮށްލިއެވެ. ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.
އެ ހަމަލާއިން ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުން ފަސޭހަފުޅު ކުރެއްވުމަށް އޭޑީކޭގައި އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.
މަށަށް ފެންނަނީ އެސަރަހައްދުގައި ދިރިއުޅޭ ހުރިހާ އެންމެން ތިޔަ ތަޙްޤީޤު އިދާރާއަށް ހާޟިރުކޮށް ސުވާލުކޮށް އެކޮށީގަ އަދި ޖެހިގެން ވަސަށަގެން ހުރި ހުރިހަަ ކޮށީގެ ގެތައް ސަރުކާރަށް ނަގައި ޢިމާރާތްތައް ތަޅާލައި ކެނެރީގެ އެކަނި ބަހައްޓައި ކެނެރީގޭ ވަށައިގެން ކޮންމެ ދިމާތަކުން 5000 ފޫތު ހުސްކޮށް ބާއްވައި އެތަނަށް މީހުނާ ދުއްވާއެއްޗެހި ވަނަނުދީ ސިފައިންނާ ފުލުހުން 24 ގަޑިއިރު ފޯރިމަރަން ހަމަޖެއްސުން އާ އެހެން ބުނާވަރުވޭ މިހާރު ހީވަނީ ކެނެރީގޭ ނަޝީދު ނޫނީ މި ޤައުމުގަ މީހަކު ނެތީހެން މި ޤައުމުގެ އަގުހުރި ޤިލްމުވެރި ޤަތުލކުރީމަވެސް މިވަރުނުވޭ އެތަށް ބައެއް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު އެކަން ބޮޑެއްނުވޭ ޔާމީން ރަށީދުގެ މަރަށް އިންސާފު ނުލިބެގްނ އުޅޭއިރު އެކަން ބޮޑެއްނުވޭ ރިޞްވާނުގެ އާއިލާއަށް ހޯދާދެވުނީ ކޮން ޙައްޤެއްބާ؟ ރައްޔިތުންގެ އެތަށްބައެއްގެ ފުރާނަ އިހުމާލުން ގެއްލިގެންދާއިރު މަޖިލީހަކަށް އެކަން ބޮޑެއްނުވޭ ޤައުމު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގޮސް މިނިވަންކަންގެއްލި ގެން ދާއިރު އެކަން ބޮޑެއްނުވޭ ދެން މި މަޖިލީހަށް މި ބޮޑުވަނީ ވަކިކަމެއް އެއްމެ މީހެެއްގެ ވަށައިގެން މުޅި ޤައުމު އެނބުރެންމިހެނީ މީދެއް ބޮޑުވެއްޖެކަމެއްނު
އެމް.ޑީ.ޕީ މީހުންނަށް ވެރިކަން ލިބުން ފަހަރެއްގަ ވިއްޔާ ސަލާމަތީ ބާރު ތަކުގެ މީހުންގެ އަގު ވައްޓާލާ. މިހާރު ދެން މަޖިލިސް ގެ ދަށުށް ހުރިހާ ސަލާމަތީ ބާރުތަކާއި ތަޙްޤީޤީ އިދާރާތަކާއި އިންޓެލިޖެންސް ގެ މަސައްކަތް ކުރާ ތަންތަން ގެންދާންވީނު. އާރާ ބާރު އޮތީ އެމް.ޑީ.ޕީ އަތުގަ. ނަޝީދު މީ ދިވެހިރާއްޖޭގެ ހަލާކު. ގައުމަށް ދުވަހަކުވެސް ހެވެއް ނޭދޭނެ.
ވަރަށް ދަތިވެއި އެ ގޯޅީގައި ސައިކަލު ޕާކުނުކުރެވޭތީ އަދި ސްކޫލް ހުޅުވުނީމާ ވާނެގޮތެއްނޭގެއި
އެންމެންނަން އިންސާފުވެރިނުާކަން މިކަމުން އެދިއްޖެ ނަޝީދުފަދައިން އަވައްޓެރިންނަށް ވިސްނަވާ
ކޮންދައްޗެއް ތިޔައީ ކަންނެއްކަން ބަލާ މާތަހުޒީބީގައުމުތައް މާދުރައް ހިނގާފަ ދާންޖެހޭނެ....ބަހަނާ ނުދައްކާ ރަށައް ދޭބަލަ މިހާރި ރަށުގައިވެސް ކިޔަވައިދެވޭނެ...އަދޮ އެހެނިހެން ކަންކަންވެސް ކުރެވޭނެ....ބަހަނާ ނުދައްކާ...