ރަށްރަށް ތަރައްގީ ކުރެވޭނީ، އެހެން ރަށްތަކުގެ މީހުންނަށް ވަޒަންވެރިވުމުގެ ފުރުސަތުދީ، އެ މީހުންނަށް މަރުހަބާ ކިޔައިގެން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަލަށް އިންތިހާބު ކުރެވުނު ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން އެލްޖީއޭ އިން ފެށި ތަމްރީނު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ތަރައްގީ އަކީ ހަމައެކަނި އަމިއްލަ ރަށަށް ލިބޭ ތަރައްގީ އެއްކަން ވިސްނުމަށްވުރެ ވިސްނުން ފުޅާކުރަން ޖެހޭ ކަމަށެވެ. ރަށްރަށް ވަށައިގެން ހިމެނޭ ތަންތަނަށްވެސް ތަރައްގީއާއެކު ކުރާނެ އަސަރަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ތަރައްގީގެ ޕްލޭންތައް ހައްދަވާއިރު އަމިއްލަ ރަށުގެ ފަސްގަނޑަށް. އަމިއްލަ ރަށުގެ ގޮނޑުދަށާ ހަމަޔަށް ވިސްނުން ނުބަހައްޓައްޗޭ" ލެންޑް ޔޫޒް ޕްލޭނާ ގުޅޭ ގޮތުން އަސްލަމް ކައުންސިލަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގެ މެދުގައި ވާދަވެރިކަމަކީ އަބަދުވެސް އޮންނަ ކަމެކެވެ. ރަށަށް ޒިޔާރާތްކުރާ ބީރައްޓެހިންނާ މެދު ބައެއް ރަށްތަކުން ދެކޭގޮތްވެސް ތަފާތެވެ. އެކަން މީގެ ކުރިން އެހެން އޮތަސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ދެކޭގޮތް ވަނީ ބަދަލުވެފައެވެ.

އޭގެ އެއް މިސާލަކީ މާލެ އަތޮޅުގައި އޮންނަ ގެސްޓު ހައުސްތަކުގެ ރަސްކަން ކުރާ މާފުއްޓެވެ. މާފުއްޓަކީ ރަށުން ބޭރު މީހުންނަށްވެސް ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުންދާ ރަށެކެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެރަށްތައް ގޮތަށް އެހެން ރަށްތަކުންވެސް ބީރައްޓެހިންނަށް ރަށުގައި އުޅުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށް ވިދާޅުވިއެވެ.

" ފަހުގެ ތާރީހުގައި ރަށްތައް އިގްތިސާދީ ގޮތުން ކުރިއަރާފައި ހުރި އެ ރަށްރަށުގެ ރައްޔިތުންނަށް އެހެން މީހުންނަށް އިގްތިސާދީ ގޮތުން މަރުހަބާ ކިޔައިގެން" އަސްލަމް ވިދާޅުވިއެވެ.

"ރަށުގެ މީހުން ނޫން އެހެން މީހުން ރަށުގައި ހަރުލާ ވަޒަންވެރިވެ، ނުނީ އެމީހުން ރަށުގައި މަަސައްކަތް ކުރުމަށްޓަކައި ފުރުސަތު ދީ މަރުހަބާ ކިޔުން" ތަނެއް ތަރައްގީ ކުރުމަށް ބޭނުންވަނީ ސިކުނޑިއާއި ތަނަވަސްކަން ކަަމަށް ވިދާޅުވެ އަސްލަމް އިޝާރާތް ކުރެއްވިއެވެ.

ސަރުކާރުގެ ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖެ ވަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރަން ނިންމާފައެވެ.

އެއިން ކޮންމެ ސަރަހައްދެއްގައި މައި ރަށެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. އެއީ ހދ. ކުޅުދުއްފުށި، ލ. ގަން، ޅ. ނައިފަރު، ގދ. ތިނަދޫ، ސ. ހިތަދޫއެވެ.

މިފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ތަރައްގީ ކުރާނެއެވެ.

އެރަށްތަކަކީ. ހއ. އިހަވަންދޫ، ނ. މާފަރު، ށ. ފުނަދު، ރ. ދުވާފަރު، ބ. އޭދަފަށު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި އަދި ޏ. ފުވައްމުލަކެވެ.

މި ރަށްތައް ދެމެދު ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ޕްލޭންގައި އެބައޮތެވެ. މިއީ ސަރުކާރުން އެކުލަވާލާފައިވާ ލާމަރުކަޒީ ޕްލޭނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިޔު

    ކޮންބަޔަކު ބާ؟

  2. ކޮވިޑް

    ތީ ގޯޅި އެއްގަ ހުރި ސައިކަލްތައް ހުސްކޮށް ނުދެވުން މީހެއް. ދެން ކޮން މަސްރޫއު އެކޭ ކިޔާކަށް، ބަލަ 5އަހަރެއް ނިމިގެން ގޮސްފިއޭ ތަރައްޤީވެސް ރައްޔަތުން ދެކެ އަތުން ވެސް ހިފާފަ ހުރީ ދެން ތިހެން ކިޔާފަ އަނެއްކާ އިންޑިއާ އިން ލާރިގަޑެއްނަގާ ޤައުމު ވިއްކާލާފަ.

    10
  3. Anonymous

    މިޤައު އަޅުވެތިކުރުމަށް ކުރެވޭކަމަކަށް ނޫނީ އެކަންނުވެ.

  4. އަބްދޫ

    ތިޔަ ދައްކަނީ ކޮންވާހަކައެއް ރާއްޖެ ތަރައްގީވާނީ އާބާދީ އެއްފަސްކޮށްގެނޭ ބުނެ އެގޮތަށް ޕްލޭންކުރީމަ ޖަޒީރާ ގައޭ ތިބޭނީ ގޮވާފަ މީހުވް ވަޒަންވެރިކުރުމޭ ގޮވީމަ ދެކޮޅުނުޖެހޭ، ތިޔައީ ސީދާ މައުމޫނު ރާވާ ހިންގާ 2020 އަންނަންވައިރަސް ތަރައްގީ ކުރަން ރޭވި ޕްލޭން.އޭރު ރޭވީ 8 ސަރަހައދެއްގަ މައިރަށރެއް ގާއިމް ކުރަން އެޕްނޭން ނާކާމިޔާބުވީ 2008 ގަ ނަސީދު ވެރިކަމަށް އައިސް ގައުމު ބަނޑަށް ޖައްސާލީމަ.

  5. ސސ

    މިމީހުން ޤައުމު ހިންގަން އަދި ކިރިޔާ ކިޔަވަންފެށީ !ކޮން ހިދުމަތެއްބާ ފޯރުކޮށްދޭނީ !

  6. އަސްވަންޓޭ

    އިންޑިއާ ކޮންސިއުލެޓެއް އަޅާ ބަަލަ ކޮންމެ ރަށެއްގައި. އޭރައް ތަަރައްގީ ވާނެ ފަތުއަޑުކިޔާފަ. ޢިންޑިއާއިން މީހުންގެެސް ވަޒަންވެރިކުރުވާ!!

  7. އަސީބެ

    ފެށުނީއްސުރެ ސަރަހައްދުގެ މައިރަށުގެ ގޮތުގައި އޮންނަނީ، އޭދަފުށި. ކީއްވެބާ އޭދަފުށި ސަބް ރީޖަނަށްލާ ސަރަހައްދުގެ މައިރަށެއްގެ ގޮތުގައި ނައިފަރު ހަމަޖެއްސީ. ތަރައްގީގެ ގޮތުން ބެލިޔަސް ވަސީލަތްތަކުގެ ގޮތުން ބެލިޔަސް ނައިފަރަށްވުރެ އޭދަފުށި ތަރައްގީވާނެ. މިއަދުގެ ސަރުކާރު ނުރުހުންވާ ރަށަކަށްވާތީބާ؟؟؟؟؟

    5
    1
  8. ޛގގފދ

    އެހެން ރައްރައްތަ ނޫނީ އެހެން ގައުމެއްތަ. އޮޅުވާލަންނޫޅޭތި.

  9. ސަޑުހަސަނު

    ބުނަން ވާހަކައެއް ރާއްޖެ ފސްސަރަޙައްދަކަށް ބަހައިންގެން ތަރައްގީގެ ޕްލޭން އެކުލަވާލުން އާކަމެއްނޫން. މާކުރިން މައުމޫނު ޒަމާނުގަވެސް އަތޮޅުވެރިން ބައްދަލުވުންތަކުގަ ތިކަހަލަ ޕްލޭންތައް ހެދި މަޝްވަރާ ކުރެވިފަހުރީ. އޭރުގަ ތަންކޮޅެއް އިމްޕްލިމެންޓޭޝަން ސްލޯ. އޭރުގެ ސްޓްރެޓިޖީ ދަރަނިވެރިވުން ކުޑަވާނެގޮތަކަށް ގައުމީ ތަރައްގީ ކުރިއަށް ގެންދިއުން.

  10. ސެންޗޯ

    ރަނގަޅު ހިޔާލެއް

    1
    1
  11. ނާޝިޒު

    އަޅުގަނޑު ހިތުން އިންޑިޔާރައްޔިތުންނަށް ރާއްޖޭގައި ވަޒަން ވެރިވުމުގެ ޖާގަ ހަމަ އެއްގޮތަކައްވެސް ދެވިގެން ނުވާނެއެވެ.

  12. އިބްރާ

    ރަށްތަށް ތަރަށްޤީއެއްނުވާނެ އިންޑިޔާއަށް ދިވެހިރާއްޖެ ވިއްކާލައިގެނެއް.

  13. ދެންހަމަ

    އާދޭސްކޮއްފަ މިބުނަނީ އެމްޑީޕީއަކައް ސަރުކާރެއް ހިންގޭވަރުގެ ޤާބިލްކަމެއް ނެތް އަވަހައް އިސްތިއުފާ ދެއްވާފަ އިލިކޮޅައް މަގުމައްޗައް ނުކުންނަވާ!!

  14. އިބޫ ހޯލިސް

    އަސްލަމޫ
    2013 ވަނަ އަހަރު ވެރިކަމަށް އައިސް ހަމަ އަސްލަމު މިނިސްޓަރު ކަމުގައި ހުރެގެން ނޫންތަ، ދިވެހި ރާއްޖޭގައި ހިންގަމުންއައި އެއްފަސްކުރުމުގެ ސިޔާސަތު ނަގާ އެއްފަރާތްކޮށް އެކަން ހުއްޓާލީ
    އޭރުކީ މަސްވަޅުލި ރަށުގަ ގަބުރުވެސް ވަޅުލެވެން ޖެހޭނެއޭ، ފެރީގެ ނިޒާމު އޮތީމަ އެނިމުނީއޭ
    ދޮންކޭލޭ ކަހަރުވަކޭ ކިޔާނެ ކަމެއްނެތް

  15. ދޯދި

    ކަމެއްނުވާ ފޮނިވާހަކައިގެ ބަގީޗާ

  16. ރަޓުމީހާ

    ގދ. އަތޮޅުގައި ތަރަޢްޤީ ކުރަން ޖެހޭ އެންމެ މުހިންމު އެއް ރަށަކީ ގައްދޫ އެވެ. ސަބަބުތައް: (ލިބެންހުރި 10 ވަސީލަތެއް)
    1. ބިމުގެ ގޮތުން ތަނަވަސްކުރެވެން އެބައޮތް (ގދ. ގަން ވެސް އެއްކޮށްލެވޭނެ)
    2. ގައްދޫ އޮތް ލޮކޭޝަނުގެ ގޮތުން ހުވަދޫ އަތޮޅުގެ ދެބުރިއަށްވެސް ގައްދޫގެ ތަރައްޤީ ޙިއްޞާ ބެހިގެންދާނެ.
    3. އައްޑޫ އާއި ފުވައްމުލަކުގެ މުދާ އުފުލާ ބޯޓް ފަހަރު ދަތުރު ކުރާ ލައިނުގަ އޮތް ރަށެއް
    4. މިވަގުތަށްވެސް ބޮޑު އާބާދީ އެއް އެބައޮތް
    5. އެއް ފަޅެއްގައި ގިނަ ފަޅުރަށްތައް ހިމެނޭ
    6. 10 މިނިޓުން ދެވޭހާ ގާތުގައި އެއަރޕޯރޓް އެބައޮތް
    7. ރަށާއި ވަރަށް ގާތުގައި ޓުރިޒަމް އެބައޮތް އަދި ރީތި އިތުރު ފަޅުރަށްތައް (ރިސޯރޓް ހަދަން) އެބައޮތް.
    8. ގެސްޓުން ރާޅާ އެޅުމަށް ހިތްގައިމު މަންޒިލެއް ރަށާއި ގާތުގައި
    9. ގައްދޫގައި ހޮސްޕިޓަލް ޤާއިމު ކުރުމަށް މިހާރުވެސް އޮތީ ނިންމާފަ
    10. މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ ރަށެއް