ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަކީ އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ "ޖޯޑެއް" ކަމަށް މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޖާބިރު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަސްލަމް އައްޔަން ކުރަން ނިންމައި އެކަން އިއުލާން ކުރީ އިއްޔެއެވެ. ރައީސް ސޯލިހްގެ ކެންޑިޑެސީ ފޯމް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފައެވެ.

އަސްލަމް ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ފުރަތަމަ ހޮވިވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. އޭނާ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ހަތަރުވަނަ ދައުރެވެ. އަސްލަމް އަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް ބަލާއިރު އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެ ގޮނޑި ފުރުއްވާތާ މިހާރު 15 އަހަރުވެއްޖެއެވެ.

ޖާބިރު މިރޭ "ވަގުތަށް" ވިދާޅުވީ ކުޑައިރުއްސުރެ އަސްލަމް އާ އެކީގައި މަސައްކަތް ކުރެއްވި އިރު، އޭނާ ފާހަގަ ކުރެއްވިފައި ވަނީ ތެދުވެރި، އަމާނާތްތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ރައީސްގެ މި ނިންމެވުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އިހްތިރާމް ކުރެއްވުމަށް ފަހު ރައީސް ނިންމެވި ނިންމެވުމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު އަސްލަމްއާ ވާހަކަ ވެސް ދެއްކިން. ރައީސް އާ ވެސް ވާހަކަ ދެއްކިން. ރައީސް ވިދާޅުވީ އައްޑޫ ބޭފުޅެކޭ މިފަހަރު ރަނިންމޭޓަކަށް ނަގާނީ. އަޅުގަނޑަށް މާ ކުރިން ވެސް އޮތީ އަސްލަމްގެ ނަން ނަގާނެ ކަން އެނގިފައި. އަޅުގަނޑު ހޫނު މަރުހަބާއެއް ދަންނަވަން ބޭނުން އަސްލަމަށް،" ޖާބިރު ވިދާޅުވިއެވެ.

"ރައީސަށް ވެސް ޝުކުރު ހައްގު. އެއީ ވިދާޅުވި ބަހުގައި ހިފަހައްޓާތީ."

އަސްލަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޖާބިރު ވިދާޅުވި ގޮތުގައި އަސްލަމަކީ ވަރަށް ގާބިލް، ސިޔާސީ ގޮތުން ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ވަރަށް ހިކުމަތްތެރި، ވިސްނުންތޫނު ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީ އަށް ފުރަތަމަ ވަޑައިގަތީ ވެސް އަސްލަމްގެ އިރުޝާދުގެ މަތިން ކަމަށެވެ.

"ވަރަށް އިތުބާރު ހުރި ބޭފުޅެއް އެއީ. އެއްވެސް ހިޔާނާތެއްގައި ބެދިފައެއް ނެތް. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވެސް ބެދިފައި ނެތް. ރައީސަށް ވަފާތެރިވާނެ ބޭފުޅެއް އަސްލަމަކީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ޅ. އަތޮޅަށް އުފަން ބޭފުޅަކު ހުންނެވުމާއި ރަނިންމޭޓަކަށް އައްޑޫ ސިޓީ އަށް އުފަން ބޭފުޅަކު ހުންނެވުމަކީ އެމްޑީޕީ އަށް ލިބޭ ވޯޓު އިތުރުވާނެ ކަމެއް ކަމަށެވެ.

"އައްޑޫ ރައްޔިތުންގެ ޝިކާޔަތެއް އެއީ މަތީ މަގާމުތައް ނުލިބުން. އައްޑޫގައި އަސްލަމްގެ އާއިލާ ބޮޑު. އަނބިކަނބަލުންގެ އާއިލާ ބޮޑު. ރައްޓެހިން އެބަތިބި. އަނެއްކާ އަސްލަމަކީ އެންމެންނާ ގުޅޭ ހިތްތިރި ބޭފުޅެއް. އެހެންވީމަ އަޅުގަނޑަށް މާ ބޮޑު ޔަގީންކަމެއް ލިބިއްޖެ،" މީގެ މަހެއްހާ ދުވަސް ފަހުން އޮންނަ ރިޔާސީ އިންތިހާބު ރައީސް ސޯލިހް އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިނާޔާތު

    ތި އަސްލަމް އައީމަ ތިކަމެއް ނުވާނެ

    30
    2
  2. ލޮލް

    ޖާބިރަކީ މިހާރު ސިކުނޑި ހަމަޖެހޭ މީހެއް ނޫންކަން އެންމެންނަށްވެސް އެނގޭ

    36
  3. ވެރިން

    އެއް ބުރުން ހޮޑައިދޫ އަށް ދޭބަލަ

    32
    2
  4. ކާޖާ

    ދެ ފިރިހެނުން ޖޯޑަކައްވި ފުރަތަމަ ފަހަރުމި 😂😂

    35
    • Anonymous

      ޖޯޑުވާނީ ޖޯޑުވަންޏާ ޖޯޑަކަށް ދޯ.

      12
  5. ދަތްނެތްކުއްޖާ

    ޖާބިރޫ ! ކޮސްނުގޮވާ! އެއްބުރުން ކާމިޔާބެއް ނުވާނެކަން ޔަޤީން. މިފަހަރު ރިޔާސީ އިންތިޙާބު މޑޕ އަށް ކާމިޔާބު ކާމިޔާބު ވުމާއި މެދު ޝައްކު.

    28
    2
  6. ލޮލް

    ޖޯޑެއްގެ ސާފު މާމުއި.

    25
    1
  7. ާދަލޭކް

    ޖާބިރު އަކީ ވަރަށް ގުޅޭ ބެފުޅެއް މިދުނިއެމަތީގެ ހުރީކަމެއް އެބަހުރި ކެމްޕޭނަށް އެންމެ ބޭނުންވާނީ ފައިސާއާއި ފެން

    11
  8. ޜޯނުއެދުރު

    ނުވާނެ ބޮޑެތިރައްތަކުބްލިބޭނީ1500ވޯޓް ޔަގީން ދިވެހިރާއްޖޭގެ ރައީސަކައް ހުވާނުކުރާނެ އިބޫއެއް ދެނެއް ޒިއްމާއެއްނެތި ދާއެއްޗެ 2 ވަނަދައުރަކީ ޖީބުބޮޑުކުރަންއެދޭދައުރެއް2ކައްމިކިޔަނީ ޖީބުދައުރު
    ނޯއޭބުނޭ ރައްޔިތުން މިފަހަރު ޖާބިރުތަޅާވަރަކައް ޑޮލަރުތަޅާ ބަލިވީމަ ތެޅިއެތީގެ ހިތިކަރުބުޑުގަލާނެ

    17
    1
  9. ސަރުބަތު

    ތިޔާގެކަން ވަރަށް ފެންނާނެ

  10. މޭރާ

    ތިޔަ ޖާބިރަކީ ކާކުކަން ނޭނގޭ މީހަކު މިޤައުމުގައިވެސް ނުހުންނާނެ

    12
  11. ރިލޭ

    އިރާދަކުރެއްވިއްޔާ ކާމިޔާބެއް ނުވާނެ ،،،،،،،،،އިންޝާﷲ ،.،،،،،،،،،،

    3
    1
  12. Anonymous

    އެއްބުރުން މި ޖާބިރުލާންވީ ގުރައދުއަށް! އަގަހައްދު ޖަހަންޖެހޭ މީހެއް! ހުޑައިދޫގައި އުޅުގޮތް ވަރަށް ސަޅީ! ކާށިދުބޮޑުވަގު!

  13. އަދުހަމު

    ޖާބެ ވެސް ތިމަގާމައް މާރަނގަޅު

  14. ރަބަތު

    ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންނަމަ ތިމާ މީހާ އަށް ތާއީދު ކުރިކަމުގައިވިޔަސް އަނގަމަޑެންލައިގެން ތިބެއްޗޭ ލޮލީ ޖާބިރުއާއި ސަންޓްރެވެލް ސިޔާމް ކައިރިގައި ބުނެވެން ވާނެއެވެ.

  15. ހާމިދު ޝާހިދު

    ނުކިޔަވާތިބި ތިންމީހުން. ދެންކިހިނެއް ގައުމަށްވާނީ!

  16. އިއްބެ

    ލާރިބަހައިގެންވެސް %30 ވެސް ނުލިބޭނެ!

  17. ޙެހެހ

    ތީ މާމުސްކުޅި ސްލޯ ޕެއަރ އެއް ، މިޤައުމަށް ބޭނުމީ ތަންކޮޅެއް ހަރުލީޑަރެއް ، ކަންކަމާއި އަޅާނުލާ ދަޮކޮށްލާގެން މުޅިޤައުމު މިދަނީ އޮޔަށް
    ބިދޭސީން މުޅި ވިޔަފާރިތައް ނަގާފި
    މަސްތުވާތަކެތި ވިއްކަނީ ފާޅުގައި
    މީހުން ރަހީނުކުރަނީ ސަޮމާލިޔާ ފަދައިން
    ބެންކްތައް ލޫޓުވަނީ
    އެކަމަކުވެސް ޗޯރު މިކިޔަނީ ވަރަށް އަމާންވެއްޖެޔޭ މި ވެރިކަމުގައި ، އަމާންއަދިވެސް ވާނެ ރަލާއި ދެންހުރި މުންކަރާތްތައް ކުރަންބޭނުންވާ ބަޔަކަށް ދޫދިނީމަ ، އެކަމަކު ޤައުމު ދެން ހޯދަން ނޫޅޭތި

  18. އަލިބެ

    ރައީސް ޞާލިޙް ތިކަހަލަ ބުރީންތިވެ ހޭކުޑަވެފައިވާ މީހުން ގާތްނުކުރުން އެދެން. ތިކަހަލަ މީހުން ގާތަށްލީމާ އެއީ ވޯޓު މަދުވާނެ ކަންކަން.