އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކޮށް ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 31 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމާއި 136 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނޭ ކަމަށެވެ.

އަދި 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މިއީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.