މާވެޔޮ މަގުގައި ހުންނަ ބެސްޓް ބައި ފިހާރައިގެ ޓިނު ނަގައި އެ ފިހާރައިގެ ސީލިން ފަޅާލައިގެން ވަދެ ނެގި 54 ފޯނު ފެނިއްޖެއެވެ.

ބެސްޓް ބައި ފިހާރައިގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވި ގޮތުގައި ވަގަށް ނަގާފައި ވަނީ އަށް ލައްކަ ރުފިޔާގެ މުދަލުގެ އިތުރުން އެ ފިހާރައިގެ ވަތްގަނޑުގައި ހުރި 5،000ރ. ގެ ޕެޓީ ކޭޝްއެވެ.

ވަގަށް ނަގާފައި ވަނީ އެންމެ ފަހުގެ ފޯނުތަކެވެ. އޭގެ ތެރޭގައި ސެމްސަންގް، އެމްއައި އަދި އައިފޯން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަތަރު ޕީއެސް-5 ވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ރިޕޯޓް ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވައްކަން ކުރި ދެ މީހުން ފެނިފައިވާއިރު ވަގަށް ނަގާފައިވާ ސާމާނުވެސް ވަނީ ގެއެއްގެ ބަދިގެއެއް ތެރެއިން ފެނިފައެވެ. މި މުދާތައް އަޅާފައި ހުރީ ދަބަހެއްގެ ތެރެއަށް ކަމަށް އޭނާ ވިދާލުވިއެވެ.

ބެސްޓް ބައި އިން ބުނި ގޮތުގައި ފިހާރަ ފަޅާލައިގެން އުޅޭކަމުގެ މައުލޫމާތު އެމީހުންނަށް ލިބިފައި ވަނީ އެކަން ހިނގަމުން ދިޔަ ވަގުތުއެވެ. އެއީ މެންދަމު ދޭއް ޖެހިއިރުއެވެ. މިހަބަރު ލިބިގެން ފިހާރަ ދޮަށަށް އައިރު ފުރާޅުމަތީގައި ބަޔަކު އުޅޭކަން އެނގުމުން ވަގުތުން ފުލުހަށް ގުޅި ކަމަށްވެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭ ފުލުހުން އެ ސަރަހައްދަށް އައިސް މުޅި ސަރަހައްދު ބަންދުކޮށްގެން ތިއްބާ ގޯޅިއެއްގެ ތެރެއިން ދެ މީހަކު ނިކުތެވެ.

ދާހިއްލާ ފޯވެ، ހާސްވެފައިވާ އެ ދެމީހުންގެ މޫނު މައްޗަށް ވެރިވެފައިވާ ކުލަވަރުން އެއީ ވައްކަން ކުރި ދެމީހުން ކަމަށް ޝައްކުކުރެވޭތީ ފުލުހުން ވަނީ އެދެމީހުން އެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފައެވެ.

ފުލުހުންގެ ފޮޮޮރިންގްސިކް ޓީމް ބެސްޓް ބައި ފިހާރާގައި --

ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެމުން އެ ފިހާރަ ފަޅާލި ކަމަށް އެ ދެމީހުން އެއްބަސްވި ކަމަށްވެއެވެ. މި މައްސަލައިގެ އިތުރު ތަހުގީގު ކުރިއަށް ގެންދިއުމަށް ބެސްޓް ބައި ފިހާރައިގެ ސީސީޓީ ފޫޓޭޖް ފުލުހުން ވަނީ ބަލައިފައެވެ. އަދި އެ ސީސީޓީވީ ފޫޓޭޖް ބެލުމުން ފިހާރަ އިން ވައްކަން ކުރީ އެ ދެ މީހުންކަން ހާމަވެގެން ދިޔައެވެ.

ވަގަށް ނެގި އަށް ލައްކަ ރުފިޔާގެ މުދާ ފެނުނު ކަމުގައިވީ ނަމަވެސް 5،000ރ. އަދި ނުފެންނަ ކަމަށް ބެސްޓް ބައި ފިހާރައިން ބުނެއެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުން އެ ފައިސާތައް ހޯދާދޭނެ ކަމަށް ބުނެފައިވާކަން އެފިހާރައިން ފާހަގަކުރިއެވެ. ސީސީޓީ ފޫޓޭޖްއިން ފެންނަ ގޮތުގައި އެ ފައިސާތައްވެސް އެމީހުން ނަގާ މަންޒަރުވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މއާޒު

    އެއްދޮރުން ވައްދާފަ އަނެއްދޮރުން ނެރިފަ ނިކަމެތިންނައް އަނިޔާވެރިވެފަ ، ކޮރަޕްޓް ވެރިންނައް ސެލިއުޓްކޮށަފަ ދިވެހިން ހަލާކުވެއްޖެ ، މުސްތަގްބަލް ބަނަކޮށްފި މަކަރާ ހީލަތާ އާއްމުވެއްޖެ ޤަޢުމެއް ހަލާކުވާތަން މިފެންނަނީ .

    3
    1