މިސަރުކާރުގައި މިނިސްޓަރުންގެ ނައިބުގެ ގޮތުގައާއި އަދި އިސް މަގާމުތަކުގައި އައިއެސް ޖަމާއަތައް ތާއިދުކުރާ މީހުން އެބަތިބި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު އޮތް މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ނަފްރަތުގެ ކުށް މާނަކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ވައްޑެ މިއަދު ވިދާޅުވީ އިސްލާމްދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރަން ފެށީ "ބަޣާވާތް ކުރި ދުވަހު" އިސްލާމިކް މިނިސްޓަރު ކަމަށް ޝަހީމް ވަޑައިގެން ފިގުރު އެކަޑަމީގައި ތިބި ދީނީ އިލްމުވެރިން އެތަނުން ވަކިކޮށް ސިޔާސީ މީހުން އެތަނަށް އައްޔަން ކުރުމުން ކަމަށެވެ.
ވައްޑެ ޓެގް ކުރައްވާ ޝަހީމް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ރާއްޖޭގައި ހަރުކަށި ވިސްނުމަށް ރައްކާތެރިކަން ދިނީ ސީދާ އެމްޑީޕީ އިން ކަމަށެވެ. "ވަކިން ހެދި ޖަމާއަތްތަކަށް ހައްގު ދޭން ޖެހޭ ކަމަށް ބުނެ އެކަން ހުއްޓުވަން ހުރަސް އެޅި. މިހާރު ވެސް ސަރުކާރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައާއި މަތީ މަގާމުތަކުގައި އައިއެސްއަށް ތާއިދުކުރާ މީހުން އެބަތިބި." ޝަހީމް ވިދާޅުވިއެވެ.
"ބަޣާވާތް ކުރި ދުވަހު" ޝަހީމް ފިގުޙު އެކަޑަމީއަށް ބަދަލުގެނައި ކަމަށް ވައްޑެ ވިދާޅުވުމުން ޝަހީމް ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވިއިރު އޭނާ ހުރީ ޕީއެޗްޑީ މަރުހަލާ ފުރިހަމަ ކުރުމަށް މެލޭޝިއާގައި ކަމަށެވެ. "ވެރިކަން ބަދަލުވާން މެދުވެރިވި 22 ރޭ މުޒާހަރާގައި ވެސް އަޅުގަނޑު ބައިވެރިވެފައިނެތް. އޭރު ވެސް ހުރީ ބޭރުގައި. މިނިސްޓަރަކަށްވީ 19 ފެބްރުއަރީ 2012 ގައި." ޝަހީމް ވިދާޅުވިއެވެ.
ވައްޑެ ތަކުރާރުކޮށް ޝަހީމަށް ފާޑުކިޔަމުން ދާއިރު ވެސް އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޒާތީ ގޮތުން މާގިނައިން ވާހަކަ ދައްކަވާތީ އެކަމަށް ރައްދު ދެއްވީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޥަގުންނަށް ތާއީދު ކުރަނީ ކީއްވެތޯ. ޢެއީކޮންދީނެއްގަ ހުއްދަކަމެއްތޯ
ހަމަ ތިބީދާއިން ވަގުން އެހެން މީހުންނަށް ވަގަށް ގޮވުމަކީ ތިޔަ ޑިމޮކްރަސީ އިން ހުއްދަ ކަމެއް ތޯ؟
އަޙުމަދަށް ސަލާމް، ފާލޫގާ ދީނަށް ފުރައްސާރަ ކޮށް ،ޑީޖޭތަކުން ފެންނަ، ރޭޕްއަކީ މަގުމަތީގައިވެސް ކުރެވޭ ކަންކަން ކަން އަދި ރައްޔަތުންގެ ނޭވާހޮޅިން ވައްކަންކުރާ ބަޔަކާ ތިހާ ގަޔާވުން ތީ ހަމަ ސައްޙަ ގޮތެއްތޯ؟
ޥައްޑެގެ ފެންވަރަކީކޮބާތަ ޑރ. ޢާ އަޅައިގަނެގެން ތިއުޅެނީ... ...
ތިވައްޑޭގެ ފެންވަރަކީ ވަކަރުގޭ އުސޫލް. މުނާފިގު ގޮތް އޭނާ ދޯ ލާދީނީ ބިލާ ދެކޮޅަށް ޓްއީޓް ކޮށްފަ އެބިލަށް ވޯޓް ދިނީ؟ އެއީ އޭނާގެ ފެންވަރު،
ސާބަހޭ ޝަހީ މު ތިޔައީ ބަތަޅެއް މަވެސްސަޕޯޓު މަމ މާކުރިން ބުނިންދޯ މިއުޅެނީ ލާދީނީ ބައިގަނޑެކޭ... މީގެ އަޑީގަ އިންޑިއާ އެ މެރިކާ އަދި ޑެންމާކުވާނެއޭ....
ތިވާހަކަ ވަރަށް ގިނަމީހުން ދައްކާ.
ހެޑްލައިން އެއް އަޅާލީދޯ....!! މިސްވީ ދޯ!!
ނާ ރަގަޅަށް🤭
އަބަދުވެސް ކޮންމެ ސަރުކާރެއްގެ މަތީ މަގާމުތަކުގައި އައިއެސްއެސް އަށް ތާއީދުކުރާ މީހުން ތިބޭ. އެކަން އެންމެރަނގަޅަށް އެނގޭނީވެސް އައިއެސްއެސްގެ މީހުންނަށް. އެހެންކަމުން ތިވިދާޅުވިބަސް އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން
އެހެންވެތާ ދޯ މިސަރުކާރުން އެވަރަށް ވަގޭ ވަގޭ ގޮވަނީ ވަގުން ގިނަ ސަރުކާރެއްވީމަ ދޯ އަކުރު؟މާ ދީނަށް އަޅައިގަނެގެން މި އުޅެނީ ވެސް ދީނަށް ފުރައްސާރަ ކުރާމީހުން ގިނަ ސަރުކާރެއްވީމަ ދޯ އަކުރު؟ މަވެސް އަކުރު ތި ވާހަކަ އަށް ތާއީދު.
މީހަކަށް ތިޔަ ވާހަކަ ބުނަންވާގޮތަށް އަދި ކިރިޔާ ތިޔަ ބުނެވުނީ. ދީނަށް ފުރައްސާރަކުރާ ގުރްއާނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަން ގަބޫލުނުކުރާ ބަޔަކު ތިބީ ހަމަ ލާދީނީ މީހުންގެތެރޭގައި. އައިއެސްއެސް އަކީވެސް މިފާޑުގެ ޖަމާޢަތެއް. މި ދެ ޖަމާޢަތުގައިވެސް ދާދި އެއްގޮތް ސިފަތަކެއް އެބަހުރި.
ވައްޑެ ތި ދެން ކާކު.....ހޫރޭ ވަހުތާން....
ތި ވައްޑެ ތީ ބޮލުރޮދި ކެނޑިގެން އުޅޭ ބުރާންތި އެއް ތީ ކިހާވަރަކުން ދާނެ މީހެއްބާ....
"ޝަހީމު 2023"
އޯކޭ ޝަހީމު! ނެކްސްޓް ސްޓަންޓް ޖަމީލް ޕްލީސް!
އެމީހުން ފެނުނީ ކޮންދުވަހަކުތޯ ؟ މާތްމަނިކުފާނު!
އައި އެސް ކީއް ކުރަން؟ ގެރި ބަކަށްޓަށް ވެސް ތާއިދު ކުރޭ!
ހަމަތެދެއް މިދެންނެވީ މުޅި ރައްޔިތުންގެ މަޖުލީހުގަތިއްބެވި 88 މެމްބަރުނގެ ތެރެއިން އަޅުގަނޑު އެއްމެފޫހިވެފަ, މިދެމީހުންގެ ފޮޓޯޖެހި އެއްވެސް ޚަބަރެއްވެސް ބަލާހިތްނުވާދެމީހުންނަކީ އުގޫފާރުދާއިރާގެ މެމްބަރ ތިޔަބުނާ ވައްޑޭއަކާ ، ފޭދޫދާއިރާގެ މެމްބަރ މިދެމީހުން. މިނަށްވުރެން މާސައިޒުބޮޑުވެގެން އުލޭދެމީހުން. މިމީހުނަށް ހީވާކަހަލަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިމީހުން ތުންމެޓާދީފަ ތިބޭ ކުދިންލައްވާ އެއްޗެއްލިއުްވާފަ ޖެހީމަކަމަށް މިމީހުންގެ އިއްޒަތްތެރިކަންބޮޑުވާނީ. ވަރަށްފޫހި . އެހެންނޫނަސް ތިމާއަޅައިގެން އުޅެންވާނީ ތިމަޔާ ސައިޒުގެ ގޮތުން އެއްވަރުމީހުނަށް.
ވެރިކަމާއި ހުރެ ތެޅެނީ ވައްކަން ކުރިއިރު ބީރކަންފަތެއްދީގެން ހުރީ ކުރީތައީދު، ދައްނަކަމެއްކަމަށްވެސް ނުވި ދެންކޮ ވާހަކައެއްދައްކާކަށް ދިވެހިނަނަށް އެގޭ ތިއުޅެނީ ވެރިކަމާއި ހުރެ މޮޔަވެގެންކަން.