ވަންނާނެ ގެދޮރެއް ނެތި، މިސްކިތްތަކުގައި ނިދާ 80 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ހާލަތާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މިސްކިތްތައް ބަންދުކުރުމާއެކު ހުއްދަ ނުހޯދާ މިސްކިތްތައް ބޭނުންކުރަމުންދާ ކަމުގެ މައްސަލަތައް މިނިސްޓްރީއަށް ދަނީ ހުށައެޅެމުންނެވެ.

މިސްކިތުގައި ކައިބޮއި ހަދާ ނިދާ މައްސަލަ ބޮޑުވެފައި ވަނިކޮށް މި ފަހަކަށް އައިސް މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ޑރ. ޒާހިރު "ވަގުތު" އަށް ވިދާޅުވީ، އެންމެ ބޮޑަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ފާހަގަކުރެވިފައި ވަނީ ވިޔަފާރިވެރިންގެ މިސްކިތާއި، ޖަލާލުއްދީން މިސްކިތުގެ އިތުރުން ފުރުގާން މިސްކިތް ކަމަށެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ވަންނާނެ ބޯހިޔަލެއް ނެތް މީހުންނާއި މާލޭގައި ހާލުގައި އުޅޭ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިސްކިތުގައި މަސްތުވާ ތަކެތި ބޭނުންކުރަނީވެސް އެ މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް ގިނަކަން ވަނީ ފާހަގަކުރެވިފައި. ގިނައިން ނިދާއުޅެނީ އަންހެނުން ނަމާދުކުރާ ފަޅީގައި" ޑރ.ޒާހިރު ވިދާޅުވިއެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެތަކެތި ފޮރުވަމުން ދަނީ ހަތިމުތަކުގެ ތެރޭގައެވެ. މިސްކިތް ތެރޭގައި މަސްތުގެ ހާލުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މައްސަލަ އަށް ހައްލެއް ހޯދަން ފުލުހުންނާއި ސިޓީ ކައުންސިލާއެކު މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. އަދި އެކަން ގާތުން ބަލައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންވެސް ފުލުހުން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

މިސްކިތުގެ ސާފުތާހިރުކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

އަދި ނަހަމަ ގޮތުގައި ބަޔަކު މިސްކިތް ބޭނުންކުރާނަމަ އެ ފަރާތްތަކާއި މެދު އާއްމުން ގޮތް ނުނިންމާ ކަމާއި ބެހޭ އިދާރާތަކަށް އެންގުމަށް މިނިސްޓަރު ވަނީ އިލްތިމާކޮށްފައެއެވެ.

މިސްކިތްތައް ބަންދުކޮށްފައި ބަހައްޓަން ނިންމި ނިންމުން ނިމުމަކަށް ގެނެސް ވަކިވަކިން މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ނަމާދު ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ކަލޭ އިސްތިއުފާ ދީފަ ގޭގަ އަޗާ ތަޅަން އޮވޭ. ލާދީނީ ޒާހިރު

 2. ލާދީނީ ބައިގަނޑު

  ބޭފުޅާ ތިގޮތައް ވާހަކަ ދައކާއިރު ލަދެއް ހަޔާތެއް ބިރެއް ނެތީތޯ؟ތިޔަމަގާމުގައި ހުންނެވިއިރު މިސްކިތަކީ ކޮންބޭނުމަކު މިބިންމަތީގަ ހުރި ތަނެއްކަމާ ތިމާމެންގެ ނުފުޒުން މިސްކިތުގެ ބޭނުން ނުކުރެވޭހެން ހަދާފަކަން ހުރީ ރައްޔިތުންނައް ނޭނގޭނީތޯ؟ ގުރުއާނާ ސުންނަތުން ސާބިތުވޭތޯ ބަލިމަދުކަމެއް އައީމާ މިސްކިތް ތަޅުލާފަ ގޭގަނަމާދުކުރަން ޖެހޭކަން؟ބަންގީގަ ސަލާމަތާ ރައްކާތެރިކަން ލިބިގަތހުމައް އަވަސް ވެގަތުމައް ގޮވާލުމައް ފަހު ފަހަތުން ގޭގަ ތިބެގެން ނަމާދުކޮށްލަން އިސްލާމްދީން ދަސްކޮށްދީނީ ބަލިމަދުކަމެއް އައިސްގެންތޯ؟ގަދަވަޔާ ވާރެއާ ވެލީގެ ތޫފާންތަކާހެދީ އިންސާނުންނައް ގެއިން ބޭރައް ނިކުމެއުޅު ނުކުޅެދިގެން ވިމަތޯ؟މިބަލި މަޑުކަމުގަ އިންސާނާ ބޭރައް ނިކުމެ އުޅުމައް ނުކުޅެދިގެން ވަނީތޯ؟ނޫނީ ބަޔަކު ނިކުމިއަ ނުދެނީތޯ؟އަހަރެމެން އިންސާނުން ކާރީގަ ކޮމްމެ ބަހަނާއެއްވެސް ދެއްކިދާނެ އެކަމަކު ﷲ ގެ ހަޒްރަތުގަ ދައްކާނީ ކޮންނަހަނާއެއްތޯ؟

 3. ހަބީބާ

  އެހެންވީމަ މިއެގުނީ މިބޭފުޅާކުރުވާކަމެއްކަންމީ މިއޮއްހުރިހާދުވަހު ނޭތްގެއުޅުނުތަނެއްވެސް މީޑިއާތަކުން ހުރިހާކަމެއް ފަޅާއަރުވާލީމަ ނުކުމެމިބުނަނީ 80 މީހުނޭ ވަންނާނެތަނެއްނެތޭ އެމީހުން އެއްޗެހި އަޅާނެ އަލަމާރިއެއް ނެތޭ އެހެންވެޔޭ ހަތިމްތެރެއައް އެއްޗެހިއަޅަނީ ހަމަގަސްތުގަ ކުރުވާކަންތައް ރާއްޖެދެކުނު އެންމެ ނާގާބިލް އިސްލާމްމިކް މިނިސްޓަރ އިސްލާމްދީނައް އެވަރައް ފުރައްސާރަކުރާއިރުވެސް ހަނުހުންނަވާ ޖާހިލެއް މީ😡

 4. ބޯހަލާކު

  ދެން ކަލޭ ތީ ކީއްކުރާ މީހެއް؟