އިންޑިއާގެ އަސްކަރިއްޔާ ސިފައިން ރާއްޖެ އަށް ގިނަ ކުރަނީ ޗައިނާ ފަދަ އިންޑިއާއާ ދުޝްމަނު ގައުމުތަކަށް ހަމަލާ ދިނުމުގެ މަގްސަދުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެއެވެ.

އުމަރު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އިން ދިމާ ކުރަމުން އަންނަނީ ރާއްޖޭގެ ހަތަރު ކަނޑޮއޮޅިން ވަންނަން ކަމަށެވެ. އެމީހުން "ފައިބަން" ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ކ. ކާށިދޫ ހިމެނޭ ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވިއެވެ.

އޭގެ ބޭނުމަކީ، އިންޑިއާގެ ކަނޑުގެ ސަރަހައްދުންނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަހަރު މޮނިޓަ ކުރުން ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ރާޑަރު ސިސްޓަމާއި ސަވައިލަންސް ސިސްޓަމް އޮތީ އިންޑިއާ އަށް ބަލައި ދިރާސާކުރެވޭ ގޮތަށް ކަމަށެވެ. އަދި މިގޮތަށް ކަންކަން ކުރިއަށްދާ ނަމަ، ކުރިއަށް އޮތް ތަނުގައި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާ ކަނޑުން ދަތުރު ކުރާ މަނަވަރުތަކާއި ސަބްމެރިންތައް އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރާ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ އާއި ރަޝިއާގެ އުޅަނދު ފަހަރު ވެސް ހިމެނޭ ކަން އުމަރު ފާހަގަކުރެއްވިއެވެ.

"ކަނޑު އަޑިން ވެސް ހުރަސް ކުރާ އުޅަނދުތައް ހުންނާނެ. އެކަންކަމަށް އިންޑިއާ އިން ފާރަވެރިވެ، ބަޑި ޖަހަން ޖެހިއްޖެ ހާލަތެއްގައި ބަޑި ޖަހައި މަނަވަރު ނޫނީ ސަބްމެރިން ވެސް ފައްތާލާނެ އެމީހުން ބޭނުންވެއްޖެ ނަމަ، އެ މަގްސަދުގައި އިންޑިއާގެ ލަޝްކަރުތައް އެ ބޮޑުކުރަނީ ރާއްޖޭގައި،" ސިފައިން ގޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އުމަރު ވިދާޅުވިއެވެ.

އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި އުޅުއްވުމަށް ފަހު، ދާދި ފަހުން ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައި ސިޔާސީ ހަރަކާތެއް އުފެއްދެވި އުމަރު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީ، ތަރައްގީގެ މަޝްރޫއުތައް ހިންގައި ދޭނީ ބޭނުމެއް އޮވެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އުމަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންޑިއާ އިން އިތުރު ހެލިކޮޕްޓަރުތަކާއި ބަޑިތަކާއި ސަބްމެރީންތައް ވެސް ރާއްޖެ އަށް ގެންނާނެ ކަމަށެވެ. އެ މަގަށް ކަންކަން މިހާރު ބައްޓަންވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިސައިލް ބޭނުންކޮށްގެން ހަމަލާދޭނެ އިންތިޒާމު ވެސް ކުރިއަށް އޮތް ތަނުގައި އިންޑިއާ އިން ހަމަޖައްސާނެ. އިންޑިއާ އިން ސަމްބެރިން އެއް ގެނެސް ބާއްވައިގެން އެ ސަބްމެރީން އިން ވެސް ހަމަލާ ދީފާނެ. މުސްތަގުބަލުގައި އެއްގަމުގައި ތިބެގެންނާއި އުދުހިފައި ގޮސް ހަމަލާދިނުމުގެ ގާބިލްކަން އެ ހޯދަނީ ރާއްޖޭގައި ތިބެގެން،" އުމަރު ވިދާޅުވިއެވެ.

އުމަރު ތަކުރާރުކޮށް ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ބޮޑު ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ހަމަލާއެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ބޮޑަށް އެމީހުން ބަލަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ތިބެ ޗައިނާ އަށް ހަމަލާދޭން ކަމަށް ތުހުމަތު ކުރެއްވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑަކީ އަބަދުވެސް "ސުލްހައިގެ ކަނޑުގެ" ގޮތުގައި ދުނިޔެ ބަލައިގެންފައިވާ ކަމަށެވެ. އެކަމަކު، އެމްޑީޕީން ވެރިކަމަށް އައިސް އިންޑިއާއާ ކޮޅަށް ބުރަވުމުގެ ނަތީޖާއެއްގެ ގޮތުން ފުރުސަތު މި ދެވެނީ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޖާގައެއް ކަމަށް ވިދާޅުވިއެވެ. އެންމެ ފަހުން ޗައިނާ އާއި ރާއްޖެއާ "ތަޅައިގަތީމަ ފުނޑޭނީ" ރާއްޖެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އިންޑިއާ މި ގައުމުން ބޭލޭނެ "ލޯންގް ޓާމް" ހައްލަކީ އެމްޑީޕީ ރިޔާސީ އިންތިހާބުން ބަލިކޮށްފައި ގައުމީ ސަރުކާރެއް އެކުލަވާލުމެވެ. އިންޑިއާ އިން "ކިތަންމެ ފުނަށް ވަން ކަމުގައި ވިޔަސް" ވަރުގަދަ ލީޑަރެއް ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ، އިންޑިއާ ބޭލުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. 🧐

    ކާށިދޫ އޭ 🤪
    އމި ރަށުގަ މިހާރުވެސް ހުރޭ ރާޑަރު ސިސްޓަމް ސިފަ އިންގެ
    މި ރަށް މި އޮ އްނަނީ އުދަ އަރާ އިރު އަޑީގަ
    މި ވާހަކަ ދަ އްކަބަލަ އެކަކުވެސް އިހަ އް ސަލާމަތުން ރަ އްތަ އް އޮތި އްޔާ ދޯ ކަމެ އްމިރެވޭނީވެސް

    4
    5
  2. ޑިސް އިން އެމްޑީޕީģ

    ދޮން ކަލޯ ހުރީ އިންޑި ޔ ފިލްމު ބަލަ ބަލާ ބޯ ބުރާންޔި ވެފަ އި

    4
    13
  3. އަހުމަދު

    ޗައިނާއަށް ހަމަލަ ދިނުމަށް ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭ ޖެހުމެއް ނުވިސްނޭ. އިންޑިޔާ އަކީ ޗައިނާ އާއި އިންވެގެން އޮތް ގައުމެއް. ދެން މާ ދުރަށް އައިސްގެން ކުރާނެ ކަމެއް ނެތް. ކައިރީގަ ހުރެ ނުވި ކަމެއް ދުރުގައި ތިބެގެން ވެސް ނުވާނެ. ދެން އޮތް ސުވާލަކީ މިކަމުން ރާއްޖެ އަށް ކޮން ގެއްލުމެއްތޯ ؟ ރާއްޖެ އަށް ވަރަށް ގެއްލުން ވެދާނެ ރާއްޖެ ކުޑަ ވީމަ. ޑިޕޮލޮމެޓިކް އިމްތިޔާޒު ލިބިގެން އެމީހުން ތިބޭ އިރު އެމީހުންގެ ފައުޖު ބޮޑު ކޮށްފި ނަމަ ރާއްޖޭގެ މިހާރު ދިމާވެގެން މި އުޅޭ ކޮވިޑް ކަހަލަ ކޭސްތައް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅު ތަށް އެމީހުންނާ ހެދި ފެއިލްވުމުގެ ފުރުސަތު އޮންނާނެ. ނޫނީ ދުރު މުސްތަޤްބަލެއްގައި ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ގަދަ ކުރަން އުޅުމުގެ ފުރުސަތު އެބަ އޮތް.

    7
    2
  4. ޖާބިްރު 1

    ޖާބިރަށް ހެލިކޮްޕްޓްރ އޮޕެޜޭޓްކުރަން ހުއްދަނުދިނީ ދިވެހި ސަރުކާރަކުން ނޫން.
    އެހުއްދަ ދިންނަމަ ސަރުކާއާއި އަދި ދިވެހިން ކުރާނެ ފުރަތަމަ ސުވާލަކީ ކީއްވެހޭ ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރ އޮޕެރޭޓްކުރަން ކޮއްމެ ރަށެއްގައި 50 މީހުންތިބެނީ ؟

    ޖާބިރަށް ހުއަދަ ދިންނަމަ ނުވިސްނޭ ގަބު ދިވެހިންނަށްވެސް އިންޑިއާގެ މަކަރުވެރި ސިޔާސަތު ވިސްނިދާނެތީ ނުދިން ހުއްދައެއް އެއީ

  5. އަހްމަދު

    އިންޑިޔާ ލަޝްކަރު ބޮޑުކުރަނީ ޖީއެމްއާރް އަށް ވެލާނާ އިންޓަރ ނޭޝަންލް އެޔާރފޯޓްދޭންވެގެން!

    11
    2
  6. އިއްބެ

    ޗައިނާއައްހަމަލާދޭން އިންޑިޔާ ހަހަހާ ނުވާނެދުވަހަކު އެކަމެއް މިހާރުހިފާގެތަސް 2 ތެރޭ މުޅިއުންޑިޔާ ހިފާނެ

  7. އެއްބައިމަދު އިންސާނާ

    ނަފުރަތުގެބިލެއް މުހިންމުވާސަބަބަކީ މީ........
    ގައުމީސަލާމަތަށޤ ނުރައްކާވާފަދަ މިކަހަލަ ވާހަކަދެއްކިގެން ނުވާނެ.

    1
    3
  8. ނުސީދާ

    އުމަރު އަކީ އަހަރެމެން ކަހަލަ ހިންދީ ފިލްމު ބަލައިގެން ބުރާންތިއެއް ނޫނޭ
    އެދައްކަނީ ހަމަ ސަތޭކައިގެ ވާހަކަ

    9
    2
  9. ފާރޫޤް ޖަމީލް

    ޗައިނާއަށްވެސް އަދި އިންޑިއާއަށްވެސް ކުރި ހަނގުރާމުތަކުގަ މާބޮޑު ކާމިޔާބުތަކެއް ލިބިފާވޭތޯ!!!

  10. ކައްޕަޅޭ

    އެމްޑީޕީ މީހުން ހީކުރަނީ ރާއްޖޭގަ ތިބި އިންޑިއާ މީހުން މިހާރު ބަޑިނުޖަހާތީ ދުވަހަކުވެސް އެމީހުން ބަޑިއެއްނުޖަހާނެއޭ. ކުޅުދުއްފުށީ ހިސާބުގަ ހެދި ހައިޑްރޮގްރަފީ ސާރވޭއާ އެމީހުންގެ އަސްލު މަގްސަދާ ގުޅުވާކަށް ނޭނގޭ. ގައުމާމެދު އެއްވެސް ލޯތްބެއް ނެތް ގައުމަށް ވެދާނެ ގޮތެއް ބަލާލަން ނޭނގޭ ގަމާރު ބަޔަކު ވެރިކަމަށް އަރައިގެން މުޅި ގައުމު މި އޮޔާދަނީ.