ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދާއި ގާތް ގުޅުމެއް އޮންނަ އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލައްވައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަމީން ޖޭޕީ އާއި ގުޅިވަޑައިގެންނެވީ ޖަމީލް އާއި އެކު މިއަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ.

ޖޭޕީގެ ނައިބު ލީޑަރުކަމަށް ފަސް ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. އެމަގާމަށް އިންތިޚާބު ކުރާނީ ހަތަރު ބޭފުޅުންނެވެ. އަބްދުﷲ އަމީންގެ އިތުރުން ނައިބު ލީޑަރުކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ.ހުސެއިން ރަޝީދު ހަސަނާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.

ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު ކުރިމަތިލާފައި ވާއިރު ނައިބު ރައީސް ކަމަށް އަބްދުﷲ މައުސޫލް ވަނީ ކުރިމަތިލާފައެވެ.

ޕާޓީގެ ލީޑަރު ކަމަށް އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައެވެ. ނަމަވެސް އަޑުފެތުރިފައިވާ ގޮތުގައި ޕާޓީގެ ލީޑަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް އައްޔަން ކުރަން ކޮންގްރެސްގައި ނިންމާނެއެވެ.

ޖޭޕީގެ ކޮންގްރެސް ފަށާނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙާރޫންޔަހުޔާ

  ކޮބާ ރޯނުއެދުރު އަބުދުﷲ ކަމާލުއްދީން . ޢޭާނަ އެއްވެސް މަގާމަކަށް ކުރިމަތިނުލާތަ .

 2. ޖޮއްބެ

  ޖޭޕީ(ޖާހިލްޕާޓީ) ވެސް ފެކްޝަން ތަކަކަށް ބެހުނީތަ؟

 3. ޓޯއީ

  ޤާސިމުސޭޓް ދަވާލުމަށް ލިބިފައިމިވަ ރަނުގެ ފުރުޞަތު ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ އަމީނުމެން މުއްސަދިވާނެއެވެ. ސޭޓްހުންނާނީ ހެވިދިލިފައެވެ.

 4. މުޙައްމަދު

  އަހަރުމެންނަށް ހެޔޮ ކަލޭ ފުރަގަސް ލިޔަސް ކޮންކަމެއް