ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާއެކު، ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަމީރު އެހެން ވިދާޅުވީ ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އަމީރު ވިދާޅުވި ގޮތުގައި އެ އަަދަދަކީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
"މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ހަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ހަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ" އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަލިމަޑުކަމާ ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި އެންމެ ބޮޑު އަމާޒު ކަމަށެވެ.
މިޕެންޑެމިކް އާއި ގުޅިގެން,އިތުރުވި ދަރަނި ޖީޑީޕީގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި މި މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު.މިކަން ކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް އުފެއްދުންތެރިކަން ކުރިއަރުވައި, ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން https://t.co/xiRnMYjtjH
— Ibrahim Ameer (@iameeru) June 20, 2021
އެކަން ކުރެވޭނީ އިގްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެންކަން އަމީރު ފާހަގަކުރެއްވިއެވެ.
"2022 ވަނަ އަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މި" އިގްތިސާދު ސިންދަފާތު ކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މާލިއްޔަތު ބެލެހެއްޓުމުގައި މުހިއްމު ޒިންމާތަކެއް އަދާ ކުރައްވާ އެކަމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއްކަން ފާހަގަ ކުރައްވައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓްގެ އަސާސްތަކުގެ މަތީގައި، މާލީ ހިންގުން ހަރުދަނާކުރުމަކީ ކޮންމެ ކައުންސިލަރެއްގެ އަދި ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
މާލީ ހާމަކަން އިތުރުކުރުމާއި، ޒިންމާދާރު ގޮތުގައި ހަރަދުކުރުމާއި، ހަރަދުތައް އޮޑިޓްކުރުމާއި، އޮޑިޓުން ފެންނަ ކަންކަން އިސްލާހު ކުރުމަކީ އަބަދުމެ ކުރަން ޖެހޭ ކަންކަންވެސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ކޮންމެ ބަދަލަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހަރަދުވެގެން ދިޔަ ކަމެއްކަމުގައިވިޔަސް އެކަން ކުރަން ބޭނުންވާ ސަބަބަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ކައުންސިލްތައް ވެގެން ދިޔުން ކަމަށް ވިދާޅުވިއެވެ.
މަގާމާ ހަވާލުވެ މިވީ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދިނީ ދެފުށް ފެންނަ ހާމަކަން ބޮޑު މާލީ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ހެދުން ކަމަށާއި އެގޮތުން މާލިއްޔަތާ ގުޅޭ ހުރިހާ މައުލޫމާތެއް މިނިސްޓްރީގެ ވެބްސައިޓްގައި ކޮންމެ ހަފްތާއަކު ޝާއިއު ކުރެވެމުންދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮވިޑްގައި ބޭރުޤައުމުތަކުން ލިބުނު ފައިސާއިން ވައްކަން ކުރީމަ ވާނީ ގެއްލުންތާ ދޯ .....
ކާލި މީހުން ކާލި ހެސްކިޔާފަ ، ބޮޑު ޙިޔާނަތް އަންނަ ސަރުކާރުން ބަލާނެ
36 ބިލިއަނުގެ ގެއްލުން ވެގެން ދިޔައީކީ ބަލީގެ ސަބަބކުންނޫން. ބަލީގެ ސަބަބބުން މިހާތަނަށް ގެއްލުންވެގެން ދިޔައީ ބައްޔަށް ހަރަދުވި ކަމަށް ބުނާ 3.6 ބިލިއަން ރުފިޔާ. ދަވްލަތުގެ އާމްދަނީ ދަށް ވެގެން ދިޔައިރުވެސް ބޮޑެތި މުސާރަތަކައެކު ސިޔާސީ މީހުންދިޔައީއައްޔަންކުރަމުން. ސަރުކާރުގެ ހުރިހާ މުވައްޒަފުންތިބީ ގޭގަ މަސައްކަތެއްނުކުރޭ އެކަމަކު ބޮޑެތި މުސާރަތަކާއެކު މަގާމް އުފައްދާ ވަޒީފާދިޔައީދެމުން. މިޔަށް އަޅުގަނޑު ކިޔާހިތްވަނީ ތިމާމެން މާދަމާވެސް ވަޒީފާ ދޫކޮށް ދިޔައިމާ ދަރަންޏަށް ޒިންމާ ވާން ނުޖެހޭނެތީ ދަރަނި ނަގާ ބަހަމުންގެންދަނީކަމަށް. .މިއީ އެއްގޮތަކަށްވެސް ގައުމެއްގެ އިސްވެރިން ކަންކުރަންޖެހޭ ގޮތެއްކަމަކަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭ.
ކަލޭމެންގެ ޖީބަށް ކޮހާވަރެއް ވަދެފައި ވޭތަ
އަދިވެސް ސިޔާސީ މަޤާމުތަކާއި ކޮމިޝަންތައް މަދީ ހެދިފަހުރިލެއް ، އަދި ރައްޔިތުން މިތިބީ ޖޫރިމާނާދީގރންވެސް ކަތިލެވޭންތައްޔާރަށް
ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވާނެތާ ޖެހުނު ތަނަކުން އަތްބާނައިގެން ކެވޭތޯ ބަލަނީ ވައްކަން ކުރަނީ އެމީހަކަށް ކުރެވުނު ވަރަކަށް އަހަރަށް ފާސްކުރާ ބަޖެޓް ހަރަދުކުރަނީ ކޮވިޑަށޭ ބުނަނީ ކުރާ ކަމެއް ނުފެނޭ ތަރައްގީގެ މަޝްރޫއެއް ނުހިންގޭ ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއަށްވެސް ކުރިކަމެއް ކޮށްފި އެކަން ފޮރުވަން ދެން މޮޅެތި ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް
ތި އަމީރަކީ އެއްވެސް އެއްޗެއް އެގޭމީހެއްނޫން ހުސް އަގަތާޅާމީހެއް .
ބައިތުލްމާލު ބަހާ ނުލިނަމަ އެވެސް ގައިމު މި ހާލަތުގައި ކުރެވޭނެ ބައިވަރު ކަންތައް.... ނޫން ތަ؟