ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދުގައި ހުންނަވައިގެން ފޯނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނުގެ ވަކީލުން ދޮގުކޮށްފިއެވެ.

އެގޮތަށް ހަބަރު ގެނެސްފައި ވަނީ ރާއްޖެޓީވީން ހިންގަމުންދާ އޮންލައިން ނޫސް ރާއްޖެ.އެމްވީގައެވެ.

އެ ހަބަރާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެވުނުއިރު، ފޯނު ބޭނުންކުރެއްވުމުގެ ހުއްދަ ކަރެކްޝަންސްއިން ދެއްވާފައިވީނަމަވެސް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީީއެމްގެ ވަޓްސްއެޕް، ވައިބަރ، ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުންކުރެއްވުމުގެ ހުއްދައަކަށް އެދި ކަރެކްޝަންސް އަށް ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެން ނެތްކަމަށް އެންގި ކަމަށެވެ.

އެހެންކަމުން، އަޅާފައިވާ އުސޫލުތަކާއި ހިލާފު، އެއްވެސް އަމަލެއް އެމަނިކުފާނު ކުރައްވާފައެއް ނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވެއެވެ.

އެގޮތުން އެމަނިކުފާނު ޕީޕީއެމްގެ ލީޑަރޝިޕްގެ ގްރޫޕްތަކާއި، ޕާޓީގެ ކައުންސިލު ގްރޫޕްތަކާއި އަދި އެނޫންވެސް އެފަދަ އެއްވެސް ގްރޫޕެއްގައި އެއްވެސް މުއާމަލާތެއް ކުރައްވާފައެއް ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި، އެއްވެސް ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި ވެސް ބައިވެރިވެވަޑައިގެންފައެއް ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މިދިޔަ ރޯދަ މަސް ތެރޭގައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީށް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑީމަކްރަތީ

    ހަމަބިރުގަންނަނީ މަތްﷲގެއިރާދަފުން ދެހާސްތޭވީސް މިހާރުވެރިކަމުގާ ތިބިބަޔަކުނާނާނެ ފަނާކުރުމާއި ބަދަލްދިނުމާ ލާދީނީބިލާއި ޖެހުނުތަނުންމަޅާލުމާއި ކޯލޭސަނުގެ މީހުންހިންހަމަ ޖެއްސުން ފައިސާަދިނުމާއި؟

  2. ނާދިރާ

    އަންނިވެސް އަދީބުވެސް ތިޔަ ކަމެއް ނުކުރޭތަ

  3. ކަތުރު ފަނި

    ބައިވެރިވޭ ހެކި އެބަހުރި

    • ކޮވިޑް

      ކަތުރުފަނި ތިނަމުންވެސް އެނގޭ ތިހެން ބުނާނެކަން، ބަލަ ޔާމީންނަށް ވެސް އަދުރޭ އަށްވެސް އެމީހަކު ބޭނުން މީހަކަށް ތާއީދު ކުރެވޭނޭ. ކޮބާތަ މީގަ މައްސަލައަކީ؟