އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންގެ އެހީގައި އިނގިރޭސި ދަސްކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމަށް ޕްރޮފެސަރ ހަސަން އުގައިލްގެ ފައުންޑޭޝަނުން ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

އުގައިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސްކޫލް ޗުއްޓީ ދުވަސްވަރު އިނގިރޭސި ދަސްކުރުމަށް އުގައިލް ފައުންޑޭޝަނުން ފަށާ ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް އެދިވަޑައިގެންފައެވެ.

މިއީ ކުޑަކުދިންނަށް އިނގިރޭސި ބަސް ދަސްކޮށް ދިނުމުގެ ޕޮރޮގްރާމެކެވެ. މިޕޮރޮގްރާމުގައި ކިޔަވާދެއްވާނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އޮންލައިންކޮށް ފޯމެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

އުމުރުން ހަތް އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްފައިވާ ޕްރޮގްރާމްގައި ލިޔުމުގެ ހުނަރުތަކުގެ އިތުރުން އިނގިރޭސި ޕްރޮނައުންސޭޝަން ކިޔަވައި ދޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. ޖުލައި މަހުގެ 01 ވަނަ ދުވަހު ފަށާ މި ޕްރޮގްރާމް އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމްގެ ލިންކް

ހިލޭސާބަހަށް މަސައްކަތް ކުރުމަށް އުގައިލް އުފައްދާފައިވާ ފައުންޑޭޝަނުން އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެފައުންޑޭޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެމަސައްކަތަކީ ތަފާތު ތަމްރީންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގައުމުގެ ދޫ

    އުގައިލް ހާދަ އެކްޓިވް ދުވަސްވަރެކޭ ދޯ؟ ކޮބާބާ މިސްރާބަކީ؟ މުސްކުޅިން ބުނެއުޅޭ އެދުމެއްނެތި ވެދުމެއް ނުކުރާނެއޭ! ކޮންމެކަމެއް ކޮންމެގޮތަކަށް އޮތަސް އިލްމަކީ ވަރަށްބޮޑު ނިއުމަތެއް، އަދި އިލްމު ފޯރުވައިދިނުމަށް ކުރާ ކޮންމެ ކަމަކަށް އަޅުގަނޑުގެ ތާއީދު އަބަދުމެ އޮންނާނެ. ބަރަކާތް ލައްވާށިއެވެ! އާމީން

  2. ޙައްވާ

    ކަމަކުނުދާނެ! އިންޑިއާ މީ ހުންލައްވާ ތިކަން ކުރަންޖެ ހޭނީ.

    1
    2
  3. ކައުންސެލަރު 🙌

    ސަރުކާރުން މިކަމާ އުޅެބަލަ. އިންޑިޔާ ނޫންގޮތެއް މިވަނީ. އެހެންވެގެން ކަމަކުދާކަށް ނޯންނާނެއެންނު. އިނގިރޭސިވެސް އަރަބިވެސް ތާނަ ވެސް ކިޔަވައިދޭން ޖެހޭނީ އިންޑިޔާ މީހުންނެއްނޫންތޯ.

    2
    1
  4. ޔެސް

    ޝުކުރިއްޔާ އުގައިލް. ސަރުކާރުން އިސްނަގައިގެން ނުކުރާކަންތައް އަމިއްލަ ފަރުދުން ކުރުމުން ޤައުމަށްޓަކައި އޮތް ލޯބި ފެނޭ. ވަރަށް ފުރިހަމަ.

    5
    1
  5. ދެންވާނެގޮތް

    ވަރަށް ގިނަ ކުދީން ބައިވެރިވާނެ "އަސްލު އިނގިރޭސި" ދަސްކުރަން. ފަށާ ބައި ހިލޭ. ދެން އަޅުވާލާނީ އަސްލު "އެޑްވާންސް" ބައި، ބޮޑު އަގުގައި. ދެން ފަށާ ބައިގައި ބައިވެރިވި ކުދީން ރޮއި އާދޭސް ކޮށްގެން މަންމަމެން ބައްޕަމެން ދަރައިގެން ނަމަވެސް ޑޮލަރުން ފީ ދައްކާނެ. މި ކޮމެންޓު ޖަހާފައި، ދެން ބަލަން ތިބޭ ވާގޮތް.