ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވ.ބޮޑު މޮހޮރާގައި ހިންގާ އޭނާގެ ހުވަފެނީ ޕްރޮޖެކްޓް، "ޖާބިރު ހެޕީ ކްލަބް"ގެ ފުރަތަމަ ފިޔަވަހި ޖުލައި މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޖާބިރު މިއަދު "ވަގުުތު" އަށް ވިދާޅުވީ ބޮޑުމޮހޮރާއަކީ ދިވެހިން ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު އެއް ތަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑުމޮހޮރާ ހާއްސަވެގެން ދަނީ، އެރަށަކީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ރަށަކަށް ވުމުންނެވެ. އަދި ރަށުގެ ފަޅަކީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑެތި ފަޅުތަކުގެ ތެރެއިން ފަޅަކަށް ވުމާއި އެރަށް މާލެ އާއި ކައިރިވުމުން އެއީ ޗުއްޓީ އަށް ދާން އެންމެ ރަނގަޅު އެއް ތަންކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހުޅުވަން ތައްޔާރުވަމުން ދަނީ އަންނަ ޖުލައި މަހަށް އުފާވެރި މަންޒިލެއް. ޖާބިރު ހެޕީ ކްލަބްގެ ފުރަތަމަ ފޭސް ވާނީ ބޮޑުމޮހޮރާ، ރީތި ބޮޑުމޮހޮރާ ފެންނާނެ ޖުލައި މަހު. އަޅުގަނޑު ދައުވަތުދެން މިތަނަށް އެންމެން އަންނަން. މިތަނުގެ ފަރާއި ޗާލު ބީޗަށް އަންނަންވީ އައިސް ހަމަހިމޭން ކަމާއި ދޮންވެލިގަނޑު ބަލާލަންވީ." ޖާބިރު ވިދާޅުވިއެވެ.

ތިން ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދާަ ބޮޑުމޮހޮރާގެ ފުރަތަމަ ފޭސްގެ މަަސައްކަތް ފެށީ މިދިޔ އަހަރެވެ. ފުރަތަމަ ފޭސްގައި ހިމެނޭނީ 100 އެނދުގެ ރިސޯޓް ކަމަށާއި އަތިރި މަތީގައި އަޅާ ކޮޓަރިތައް ވެސް އެ ފިޔަވަހީގައި ހިމެނޭ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެ ރިސޯޓްގެ ދެ ވަނަ ފޭސް އާއި ތިންވަނަ ފޭސް ތަރައްގ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުވަރަކަށް އަހަރު ތެރޭގައި ނިންމަވަން މަސައްކަތް ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި އެ ތަނުގައި ކަނޑު އަޑީގެ ކޮޓަރިތަކާއި، ގޭމިން ސެންޓަރެއް އެޅުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

އެ ޕްރޮޖެކްތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެ ރަށުގައި ގާއިމްކުރާ ސެންޓަރު އެޅުމަށްޓަކައި، ބޭރުގެ ކުންފުނިތަކާއެކު ވާހަަކަދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކުޑަބެގީ ރަޝީދު

  ތިތަނުން ފްލެޓް މަބޭނުން

 2. ނޮޅި ޢާންޓީ

  މަދާނަން ސަރަނގަކަށް

 3. ޗޮމް

  ޖާބިރަށް ބޮޑުމޮހޮރާ ލިބުނީ ކޮރަޕްޝަނުން. ޖާބިރު ހުރިހާ ޕާޓީއެއްގެ ހުރިހާ ވެރިންނަށްވެސް ހަރަދުކުރާތީ ނުކެރޭ އޭނާއާއި ދިމާލަށް ޗުއްޕު ބުނެލަންވެސް.

 4. ޙުސޭނު

  ތިޔައީ އަހަރެން ކައުންޓް ކުރާ މީހެއްނޫން.. ދޮގާއި މަކަރުގެ އިންތިހާ.. ހަމަނުޖެހޭ ވާހަކަ ދެއްކުމުގެ މުއްލާ..

 5. މެކް

  ސިޔާސީ ބައިގަޑު ރައްޔިތުންގެ މުދާތަކައް ހިތުހުރިގޮތައް ބޭނުންކުރުމުންދަނީ އަމިއްލަފައިދާތަކައް ތިކަންކަމާ ސުވާލުކުރެވޭނެ ދުވަހެއް އެބަތް

 6. ޝާން ކެންޏާ

  އަޅި މޭން

 7. ހުސޭނުބޭ

  ކޮބާަ ކޭބަލް ކާރު

 8. ކާށިދޫ މީހަ

  ކާށިދޫ މީހުނަށް ދަރާފަހުރި ދަރަނިތައް އަދާކޮށްބަލަ. ގަނެފަހުރި ގޯތިތަކުގެ ބާކީ ފައިސާ ދީބަލަ.

 9. ބުރަކި

  ޖާބިރު އަށް ބޮޑުމޮހޮރާ ލިބުނީ ކިހިނެއްތޯ ސާފުވާ އެކަކުވެސް މިގައުމަކު ހުރި ހެނެއް ހިޔެއް ނުވޭ