އަންހެނުން ހިތާނު ކުރުމަށް ތާއިދުކޮށް އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ދެއްވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، އޭނާ އަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށް އަނެއްކާވެސް އޭނާ އަމިއްލަ ދިފާއުގައި ވާހަކަ ދައްކައިފިއެވެ.

ފާޑުކިޔުންތަކަށް ރައްދުދީ އިޔާޒް ކޮށްފައިވާ ޓްވީޓެއްގައި ބުނީ މުޢުތަޒިލާ އިން ބުނާހާ ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދަށް ވެސް އަދަބު ދެވުނު ކަމަށާއި ނަމަވެސް ފަތުވާ ބަދަލެއް ނުކުރެއްވި ކަމަށެވެ. އޭނާ ވެސް އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ދީފައިވާ ފަތުވާ ބަދަލު ނުކުރާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ. "ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަޅުގަޑަށް އަދަބު ދިނަސް އިންޝާالله ފަތުވާ ބަދަލެއް ނުކުރާނަން." އިޔާޒް ވިދާޅުވިއެވެ.

އަންހެނުން ޚިތާނު ކުރުމަކީ ދީނުގައި ނެތް ކަމަކަށް ނުބުނެވޭނެ ކަމަށް އިޔާޒް ވިދާޅުވިއެވެ. "އަޅުގަޑު މިހެން ބުނެގެން ކޮންމެފަދަ އަދަބެއް ދިންނަމަވެސް މައްސަލައެއް ނެތް. އަޅުގަޑު މިހަދަނީ ތެދުކަން ތިޔަބޭފުޅުންނަށް އިންޝާالله ހާމަވާނެދުވަސް އަންނާނެ." އިޔާޒް ވިދާޅުވިއެވެ.

އަންހެން ކުދިން ހިތާނު ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަމަށް އިޔާޒް ވިދާޅުވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ގެންދަވަނީ އޭނާގެ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. ކުރީގެ ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށެވެ.

ސަރުކާރުން ހަދާފައިވާ ޑާމޮގްރަފިކް ސާވޭއަކާ ހަވާލާދީ ޔުނިސެފުން މިދިޔަ އަހަރު ބުނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށެވެ.

ޔުނިސެފުން މިދިޔަ އަހަރު ނެރުނު ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން %13 މީހުން ވަނީ ހިތާނުކޮށްފަ އެވެ. އުމުރުން ދޮށީ މީހުންގެ ތެރޭގައި އެ ނިސްބަތް ގިނަ އެވެ.

އެގޮތުން އުމުރުން 45-49 އަހަރާ ދެމެދުގެ %38 އަންހެނުން ހިތާނުކޮށްފައިވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ %1 އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    މިކަލޭގެ ސިކުނޑި ހަމައެއްނޫން

    20
    17
  2. ކޭ

    ފެމިނިސްޓުން އެކަނިތަ ކަލެއަށް ފެންނަނީ ފަތުވާއާ ދެކޮޅުތަން ބޯހަމަ ޖެހޭ އެއްވެސް މީހަކުތި އަނިޔާވެރި ފަތުވާއަކަށް ތާއިދެއް ނުކުރާނެ.

    22
    10
  3. ޢބްދުއްﷲ

    ފެމިނިސްޓުން ބުނާ ގޮތައް ފަތުވާ ބަދަލެއް ނުކުރާނަން - އިޔާޒް

    37 ސިކުންތު ކުރިން ( ޖޫން 27, 2021 )

    ތިބުނާއެއްޗެއް ޝަރީޢަތާ ސުންނަތުން ބަޔާންކޮދީބަލް؟

    لا طاعة لمخلوق في معصية الخالق؟

    19
  4. ގައުމީ ލޯބި

    މާޝާﷲ ގަދަ.. ތީޔައީ ދީނީ މީހުންނަކީ..

    16
    25
  5. ހުސައިން

    ވަރަށް ރަނގަޅު. ދޫ ނުދޭތި. ސަބަބަކީ ދީނަކީ ކުޅޭ ކުޅޭ އެއްޗަކަށް ހެދިޔަ ނުދޭތި. މާނައަކީ އަޅުގަނޑު އެކަމަށް ތާއީދު ކުރާ ވާހަކައެއް ނޫން. އެކަމަކު ޙަދީޘް ތަކުން އެކަން އެނގެން އޮތުމުން ދީނުގައި ނެތްކަމެކޭ ނުބުނެވޭނެ. މައްސަލައަކީ ޙަދީޘްގައި ބަޔާންކޮށްފައިވާ ވަރަށް ވުރެން މާ ބޮޑުކޮށްލައިގެން ފެމިނިސްޓުން ވާހަކަ ދައްކާތީ.... މަރަށް މަރުހިފުމުގައިވެސް ތަނެއް ދޮރެއް ބަލާނުލާ އެގޮތަށް ވާހަގަ ދައްކަނީ

    22
    16
  6. ﷲ އަކްބަރު!

    ފަހެ އެކަބަލުން ޙިތާނު ކުރުމަކީ، އަދި އެކަމަށް ގޮވާލާ ހިތްވަރުދީ ހެދުމަކީ ބޮޑު ވެގެން ވާ ކުށެއް. މީވަރަށް ބޮޑު ޖަރީމާ އެއް، މިކަމާގުޅޭ ގޮތުން ހިތްވަރު ދޭމީހުން ހިފާ ހައްޔަރު ކުރޭ!ﷲ އަކްބަރު!ﷲ އަކްބަރު!ﷲ އަކްބަރު!ﷲ އަކްބަރު!

    15
    8
  7. ހައްޕު

    ތިޔަކުރައްވާ ހިއްވަރަށް ސާބަހާއި އައްސަރިބަސް. ޑރ. އިޔާޒު. ކީރިތި ރަސޫލާ ކުރެއްވި ކަންކަން ގޯސްކުރަން އުޅޭ ބައިގަނޑުގެ ވާގިވެރިން ރާއްޖޭގައިވެސް އެބައުޅޭ.

    12
    6
  8. ކަނބިލި

    އަންހެން ކުދިން ހިތާނު ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަމަށް އިޔާޒް ވިދާޅުވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ގެންދަވަނީ އޭނާގެ ވާހަކަތައް ދޮގު ކުރައްވަމުންނެވެ.

    މީ ކަނޑަ އެޅިގެން ދޮގެއް. ޑރ އިޔާޒް ވިދާޅުވީ ސުންނަތުން ސާބިތުވާ ކަމެކޭ. ކުރަންޖެހޭ ކަމެކޭ ވިދާޅެއް ނުވޭ. ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކޮށްބަލަ.

  9. ބާބުލްއަވާލީ މަލިކު

    މީ ކޮންތާކުން ކިޔަވައިގެން ޝޭހަކަށް ވެގެން އުޅޭ މީހެއްތަ ފަތުވާ ދޭން؟

  10. އަންހެނެއް

    -ކުޑަ ކަމުދާ އިރުގައި ތަދުވުން /ލޭއައުން
    - ސިސްޓް އުފެދުން
    -އިންފެކުޝަން އުފެދުން
    -ޖިންސީ ގުޅުން ހިންގާއިރު ތަދުވުން
    -ވިހެއުމުގައި ފުރާނަ އަށް ނުރައްކާވުން
    މަތީގައި މި ވަނީ އަންހެނުން ހިތާނު ކުރުމުން އަންހެނާއަށް ލިބޭ ގެއްލުން ތަކެވެ. އިސްލާމް ދީނަކީ އަނިޔާ ވެރިކަމާ ދެކޮޅު ދީނެކެވެ.

  11. ރިޕޯރޓެއްގައިވާ ގޮތުން

    އަންހެނުން ޚިތާނު ކުރިކަމަށް ކިޔާ ރިޕޯރޓަކީ 1967 - 2007 އަށް ކުރެވިފައިވާ ޚިތާނުކަމަށް މިކަން ދަންނަ ބޭފުޅަކު ބުނެފައިވޭ. ގާތްގަނޑަކަށް 8000 ބޭފުޅުންނާއި އިންޓަރވިއު ކުރެވުނުއިރު 10% މީހުން ޚިތާނުކުރާކަމަށް ބުނެފައިވަނީ.

    އެ ރިޕޯރޓްގައިވާ ގޮތުން
    66% 1967 - 1977
    33% 1977 - 1987
    12% 1987 - 1997
    1% 1997 -2007

    2007 ގެ ފަހުން ނުކުރާކަމަށް ރިޕޯރޓްގައިވަނީ
    ޢުމުރު: 5 އަހަރުން ދަށް އަދި 9 އަހަރުން ދަށް