އަންހެން ކުދިން ހިތާނު ކުރުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު އެދިވަޑައިގެންފިއެވެ.
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ދީނީ ބައެއް އިލްމުވެރިންގެެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. ބައެއް އިލްމުވެރިން ބުނާ ގޮތުގައި އަންހެނުން ހިތާނުކުރުމަކީ ސުންނަތުން ސާބިތުވެފައިވާ ކަމެއް ކަމަށެވެ. އަންހެނުން ހިތާނުކުރުމާ އެއްކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ޑރ. އިޔާޒް އަބްދުލް ލަތީފްއެވެ. އެ ވާހަކަތަކާއެކު އިޔާޒު ވަނީ ހޫނުފެނަށް ވެއްޓިފައެވެ.
ޑރ. އަހުމަދު ޒާހިރު މިއަދު "ވަގުތު" އަށް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވެފައިވާތީވެ ފަތުވާ މަޖިލީހުގެ ރައުޔަކަށް މިއަދު އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަންހެންކުދިން ހިތާނުކުރުމާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާނީ ފަތުވާ މަޖިލީހުގެ ރައުޔަކަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުވާ މަޖިލީހަކީ ފަސް އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ފަތުވާ މަޖިލީހުގެ ރައީސަކީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ދެން ތިއްބަވަނީ ޑރ. މުސާ އަންވަރު، ޝެއިހް ހަސަން ތައުފީގް އަދި ޝެއިހް އިބްރާހިމް އަހްމަދު އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާ ޝޭހް އިސްހާގު މުހައްމަދުފުޅުއެވެ.
އަންހެން ކުދިން ހިތާނުކުރުމުގެ ވާހަކަތައް ދެކެވެން ފަށާފައިމި ވަނީ އަންހެނުން ހިތާނު ކުރުމުގެ ސަގާފަތް އަނެއްކާ ވެސް ރާއްޖޭގައި އާލާވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދާދި ފަހުން ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، ހިތާނު ކުރުމެއް އިސްލާމް ދީނުގައި ނޯންނަ ކަމަށާއި، ހިތާނު ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ އަމަލެއް ކަަމަށެވެ.
އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަތުވާ މަޖިލީހުގައި ތިބީ ރަނގަޅަށް މެދުމިނަކަށް ހަމައަށް އިސްލާމްދީނުގައި ހިފާ އިލްމުވެރިން. އެބޭފުޅުންނަށް އެބޭފުޅުން ދައްކާ ވާހަކަ އިނގިލައްވާ އަދި ދައްކާ ކޮންމެ ވާހަކައަކަށް ރައްދު ދޭން އިނގޭ މީހުން! އެހެންކަމުން އެބޭފުޅުންގެ ރައުޔު ވަރަށް މި މައްސަލައިގައި މުހިއްމު ކަމަށް ދެކެން
ތެޅިގަތީ ބިރުން. ލާދީނީ ބަޔަކު ވެރިކަމުގެ ތިބެ އޭގެ އަޑީގަ އިވެސް ޝައ އިޠާނުން ތިބި ވަގުންގެ
ސަރުކާރެ އްމީ.
ކެނެރީގެ. ނަޝީދު ދައްކާފަ. ޙުރި. ޙުރިހާ. ޥާހަކައެް. ތިޔަ ކޮމެޓީ އިން ބަލާބަ
މެޑަމް ނަސްރީނާ ބުރުގާ އަޅުވަ ބަލަ..
ބަލަގަ ހޭބަލިވެގެން ތިޔަ އުޅެނީ މިތާގަ މީހަކު އަންހެނަކު ހިތާނު ކުރީތަ ފުރަތަމަ.؟
ޢާ ކުރީޒަމާނުގައި އަންހެނުންވެސް ހިތާނު ކުރޭ އެކަމަކު އަންހެން ކުދިން ހިތާނު ކުރަނީ ވިހޭވަގުތު ގައިކަމަށް ޚަބަރުލިބެނީ 😁
އެހެން ވިއްޔާ ތިޔަ ބުނާ ހިތާނު ކުރުމަކީ ކޮބައިކަން ތަފްސީލް ކޮށްދީ
ޙިތާނު ކުރުމަށްޓަކައި އަންހެނާގެ ޖިންސީ ގުނަވަނަށް ކުރަނީ ކޮން ކަމެއްކަން ބުނެދީ
ތިޔަ ފަތުވާ މަޖިލީހުގައި ތިޔަ ތިއްބެވި ބައެއް ބޭފުޅުންނަށްވުރެ ޢިލްމުވެރި ބޭފުޅުން ދިވެހިންގެ ތެރޭގައި އެބަތިއްބެވި. ޑރ. ޢަބްދުއްސައްތާރު، ޑރ.ޢަބްދުލްޣަފޫރު، ޑރ. ޝަހީމް، ޑރ. އިބްރާހިމް ޒަކަރިއްޔާ، ޑރ. އާދަމް ޝަމީމު، ޑރ.އިޔާޒް، ޝެއިޚް އަލީ ޒާހިރު، ޝެއިޚް ސަމީރު މިފަދަ އެތައް ބޭފުޅުންނެއް އެބަތިއްބެވި. ކީއްތޯވަނީ ފަތުވާ މަޖިލީހުން ބޮޑު ޢިލްމީ ބަހުސަކަށް ހުޅުވާލައި ދެކޮޅަށް ދެކެވޭ ހުރިހާ ދަލީލުތަކެއް ދިރާސާކުރުމަށްފަހު ފުރިހަމަ ފަތުވާއެއް ނެރެން.
ރޯމާ ދުވާލު މަގު ހިނގާފަ ދާ ނުވެސް ދަންނަ މީހަކު މަރާލުން އެއީ ހުއްދަ ކަމެއްތޯ ފަތުވާ މަޖިލިހުން ސާފުކުރަންވީނު؟ އެމީހުން ބުންޔަސް އަންހެން ކުދިން ޚިތާނު ކުރުމަކީ ހުއްދަކަމެއް ކަމަށް ގަބޫލު ނުކުރާނަން.
އަންހެން ކުދީން ޚިތާނުކުރުމަކީ މިރާއްޖޭގައި މިހާރު ކުރާ ކަމެއްނޫން! ކޮންމެސް ކަމަކުން ރައްޔިތުންގެ ވިސްނުމާއި ފިކުރު އެއްފަރާތް ކޮށްލަން ކުރާ އަނބުރާ ގޭސްގަނޑެއް މީ. ރައްޔިތުން ހޭއަރާ ތިބޭތި!
ދީނުގެނަމުގަ އަންހެނެންގެ އިއްފަތް ފޭރުންނުންކަމެއް ނުކުރާނެ
ތިޔަ ފަތުވާ މަޖިލިހުން އަންހެނުން ގާޒީ ކަން ނުކުރެވޭނޭ ބުނީމަ ވީކަމެއް ނެތް. މިފަހަރު މަޑުކަށި ކުދިން ހިތް ރުހޭ ފަތުވާއެއް ނެރެދޭނެ. އޭރުން ތިވަރު ތަނެއް ނޯންނާނެ. ހަމައެކަނި ބޭނުންވާ ފަތުވާ ބަލާނީ
ފަތުވާ މަޖިލިސް ބޭނުންވަނީ ތިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަމުގަ ކޮބާ ރާ ކޮބާ ރިބާ ކޮބާ ސަރީއަތް ކޮބާ ރިސްވަތު؟
މަނާ ނުކުރައްވާ ކަންތަކަކީ ދީނާ ޚިލާފުކަންތަކެއްނޫން.
އަންހެނުން ޚިތާނު ކުރިކަމަށް ކިޔާ ރިޕޯރޓަކީ 1967 - 2007 އަށް ކުރެވިފައިވާ ޚިތާނުކަމަށް މިކަން ދަންނަ ބޭފުޅަކު ބުނެފައިވޭ. ގާތްގަނޑަކަށް 8000 ބޭފުޅުންނާއި އިންޓަރވިއު ކުރެވުނުއިރު 10% މީހުން ޚިތާނުކުރާކަމަށް ބުނެފައިވަނީ.
އެ ރިޕޯރޓްގައިވާ ގޮތުން
66% 1967 - 1977
33% 1977 - 1987
12% 1987 - 1997
1% 1997 -2007
2007 ގެ ފަހުން ނުކުރާކަމަށް ރިޕޯރޓްގައިވަނީ
ޢުމުރު: 5 އަހަރުން ދަށް އަދި 9 އަހަރުން ދަށް
މިބުމަނީ އަހަރެމެން ތާއީދު ކުރާމެއްނޫނޭ އަންހެންކުދިން ރަހިމުން ލޭފޮދެއް އަރުވާލުމަކީ އެހެންސް އެއީ އެކަން ކިރަން ގުރުއާނާ ސުންނަތުން ސާބިތުވާނަމަަ ތާއީދުވެސް ކުރާނަން އަދި އެގޮތައް އެކަންތައް ކުތާނަން ސިޔާސީ އިލްމުވެރިން އިސްލާމްދީނޭ ކިޔައިގެން ދައްކާވާހަކަ އަޑުއަހާ ގަބޫލުކުރާކަށް ނެތީމު ވަރަށް ސަލާމް