ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ދީނީ އިލްމުވެރިންގެ އޮތް ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޑުއަހަން ޖެހޭ ކަމަށް މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވަނީ، އެ ބިލުގައި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުންނެވެ.

"ސަންގުޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މެންބަރު ޣަފޫރު ވިދާޅުވީ ގާނޫނެއްގެ ސަބަބުން ދީނީ އިލްމުވެރިންނާއި މަޖިލީހުގެ މެންބަރުން ދެބަސްވުންތަކެއްގައި ތިބޭ ހިސާބަށް ދިއުމަކީ ފެނިގެން ވާނެ މަންޒަރެއް ނޫން ކަމަށެވެ.

ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޑުއަހަން ޖެހޭނެ ކަމަށާއި އެ ކަންބޮޑުވުންތަކުގެ މައްޗަށް ބިލުގައި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރަން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ވާހަކަ ދައްކައިގެން ހައްލު ކުރެވެން ޖެހޭނެ، ބިލުގައި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރެވެން ޖެހޭނެ، މަޖިލީހުގެ މެންބަރުންނާއި ދީނީ އިލްމުވެރިންގެ މެދުގައި ސުލްހަވެރި ހައްލަކަށް އާދެވެން ޖެހޭނެ،" ޣަފޫރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދު ކުރައްވައިގެން ހުށަހަޅުއްވާފައިވާ ބިލާ މެދު ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު، އޭގެ ތެރޭގައި އެމްޑީޕީގެ މަދު މެންބަރުންގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވެސް ވިދާޅުވެފައިވަނީ ބިލުގެ ބައެއް މާއްދާތައް ހުރީ ދީނަށް ފުށު އަރާ ގޮތަށެވެ. ދީނީ އިލްމުވެރިންގެ ކަންބޮޑުވުން ވެސް އޮތީ އެ މާއްދާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    އަޑުއަހާބަލަ. ހަނިމާދޫ ރައްޔަތުންގެ އަޑު ކަލޭ އަހަން ނުޖެހޭތަ؟ އަމިއްލަ ޖީބަށް ބަރުވާތީތޯ އިންޑިިއާ ސިފައިން ގެނެސް އެރަށަށް އަޅާ ރަށުގެ ބޮޑު ބައެއް އިންޑިއާ ސިފައިންނަށް ދޭން ތި ރޭވީ؟ ބަލާތި މޮޅު ވާހަކަ ދެއްކޭތޯ؟

    14
  2. ތަންޑާ

    މަގޭ ސުވާލަކީ ބިލު ހުށަހެޅި މީހާ ހުރީ ދީނާ އެއްގޮތަށްތޯ؟ މިސުވާލަށް ދީނީ އިލްމުވެރިންގެ ޖަވާބެއް ބޭނުން.

    10
  3. މުރާދު

    ދީނީޢިލްމުވެރިންގެ ކަންބޮޑުތަށް ވަރަށްސީރިޔަސްކޮށްނަންގަވާ އަޑުއަށްސަވާ ދީނީޢިލްމުވެރިންގެ
    ކަންބޮޑުވުންތަށް ހައްލުކުރުމަކީ އިސްލާމީގައުމެއްގައި ވަރަށްމުހިއްމުކަމެއް ނަމަވެސް މަޖިލީހުގައި
    ދީނީޢިލްމެއްނެތްފަރާތްތަކުން ދީނީޢިލްމުވެރިންގެކަންބޮޑުވުންތަށް ބޮލާލައިޖަހާ އެކަންއިސްލާހުނުކޮށް
    އަޑުނުއައްސަވާނަމަ ވަރަށްހިތާމަވެރިގޮތެއް މި އިސްލާމީގައުމަށްވެދާނެ އެހެންނުހައްދަވާ ﷲގެ
    އިރާދަފުޅުން މިއިސްލާމީގައުމުގެ ވެރިންނަށް ހެޔޮވިސްނުންދެއްވާށިި އާމިން އަދި މިއިސްލާމީގައުމުގެ އިސްލާމްކަންދަމަހައްޓުވާ އެމާތްކަމުގެމަށްޗަށް ލާދީނީއެހެމްކަމެއް ފާނުކުރައްވާދޭވެ އާމިން

    13
    1
  4. ހަސަނު

    މަޖުލީހުގެ ގިނަމެންބަރުންނަށް ތިޔަލިޔުމުގެ ހުރިއެއްޗެއް ފަހުމެއްވެސްނުވާނެ.

    11
  5. ދާއިރާ

    ސާބަހޭ ސާބަހޭ... ގަފޫރު

  6. ކޮރަލް

    ގަފޫރު ފަދަ އިން އެހެން މެމްބަރުންވެސް ވާހަކަ ދައްކާނެ ކަމަށް އުއްމީދު ކުރަމެވެ.

    12
  7. އަބްދޫ

    ތިޔަ ގާނޫނު ފާސް ކުރިޔަސް ގާނޫނުއަސަސީ ގަ ބުނާގޮތުން ތިޔަ ވަނީ އުފެދުމުގަ ވެސް ބާތިލް ގާނޫނަކަށް.

    11
    1
  8. ާަެެައބދ

    މިލިޓްރީގަ އުލެފަތިބޭ މީހުންނަކީ އާއްމުގޮތެއްގަ ގައުމައް ވަފާތެރި ބައެއް އެކަމަކު އެމް ޑީ ޕީ އާކާރިވެއްޖެތަ އެމީހަކު ޤައްދާރަކައްވާނެ .

  9. ައަބަދު

    ތިއީ ޤައުމީ ޤައުމުގެ ދަރިންނަކީ

    7
    1
  10. އޭކޭ

    ތިބުނާ ވައްތަރުގެ ދީނީޢިލްމުވެރިން އަފުގާނިސްތާނު ސޫރިޔާގާ ހަގުރާންމްކުރަމުންއެދަނީ

    2
    4
  11. Anonymous

    ތީކީ ދީނީ އިލްމުވެރިންނެއް ނޫން. ފާސިގުން

    3
    2
  12. ނުކެރޭނެ

    ސުވާލަކީ މަޖްލިސް މެންބަރުނައް އިލްމެވެރިންގެ ވާހަކަ ކަނުލާ އަޑުއަހަން ކެރޭނެހޭ ޖަވާބު ވަރައްސާފު ޖަވާބަކީ