އެމެރިކާގެ މާސްކު އުފައްދާ ކުންފުނިތަކުން މާސްކު އުފައްދަމުންދާ މިންވަރު 90 އިންސައްތައަށް އިތުރު ކޮށްފިއެވެ.

އެމެރިކާގެ ކުންފުނިތަކުން އެގޮތަށް ކަންތައް ކުރަން ފެށީ ޗައިނާއިން އަގުހެޔޮކޮށް މާސްކު އިމްޕޯޓު ކުރުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް މާސްކު ވިއްކުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިވެ ގެއްލުންވާން ފެށުމުންނެވެ.

ނިކި އޭޝިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން ނުވިކިފައި ހުރި މުދަލުން އެމެރިކާގެ ޕްރިމިއަމް ޕީޕީއީގެ ފެކްޓަރީތައް ވަނީ ފުރިފައެވެ. އެހެން ކަމުން މީގެ ކުރިން މަސައްކަތް ކުރުމަށް ގެންގުޅުނު މުވައްޒަފުންގެ ތެރޭގައި 250 މީހުން ހިމެނޭއިރު، މުވައްޒަފުންގެ އަދަދު ވަނީ 50 އަށް ދަށްކޮށްފައެވެ.

ޗައިނާއިން އެއް ސެންޓަށް މާސްކު ވިއްކަމުން ދާތީ އެކަމާ ގުޅިގެން ޗީފް ރެެވެނިއު އޮފިސަރު ބްރެންޓް ޑިލީ ވިދާޅުވީ އެހާ ހެޔޮ އަގެއްގައި މާސްކު ވިއްކުމަކީ ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޕީޕީއީއިން މާސްކު ވިއްކަމުންދާއިރު، އެމީހުންގެ އަގުތަކާއި ވާދަކޮށް ޗައިނާއިން މާ ހެޔޮ އަގެއްގައި މާސްކު ވިއްކަމުންދާތީ މާކެޓުގައި އަގުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

ޕްރިމިއަމް ޕީޕީއީއިން މާސްކު ވިއްކުމުގެ ކުރިން މިދިޔަ އަހަރުގެ މާރޗް މަހު ވިއްކާފައިވަނީ އިލެކްޓްރޮނިކް ސިނގިރޭޓެވެ. އެ ކުންފުނިން މާސްކު އުފައްދައި، ވިއްކަން ފަށާފައިވަނީ ކޮވިޑް އާލަމީވަބާގެ ސަބަބުން މާސްކު އަޅަން ސިއްހީ ތަޖުރިބާކާރުން ގޮވާލުމާ އެކުއެވެ.

ތައްޔާރުކުރާ ކޮންމެ މާސްކު ފޮއްޓެއްގައި އެމެރިކާގެ އުފެއްދުމެއްކަން އަންގައިދޭ ލިޔުމެއް ލިޔެ، ކޮލިޓީގެ ޕޮއިންޓް ފޮށީގައި ކަސްޓަމަރުންނަށް ފެންނާނެހެން ލިއެފައިވެއެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާ މީހުން ގިނަވީ ކަމުގައި ވިޔަސް، މާސްކަށް ކުރާ ޑިމާންޑް ދަށަށް ނުދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ގުދަންތަކުގައި ބޭނުންނުކުރާ 300 މިލިއަން މާސްކު ހުރިކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާތަކުން ރިޕޯޓު ކުރެއެވެ.