އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުން ޚަބަރުތައް ލިޔުމަށް ދިވެހި ސަރުކާރުން އަންގައިފިއެވެ.

ދިވެހި ސަރުކާރުން މީޑިއާތަކަށް މިކަން އެންގީ ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފޮރިން މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައިވެސް ދެކޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވެއެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ." ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައެވެ.

އެމައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަމާލުކަމަށް އައުމުން އެކޮމެޓީން ވަނީ މިހާރު އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ހަސަން

    ތިކަން ވެސް ދަސްކޮއް ދިނީ އައްނި މިހާރު މިގޯސްވީ

    50
    • ދިވެހިންނޭ..!

      ދިވެހިން އިންޑިއާގެ މިއަޅުވެތިކަމާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެ ކަމަށް އިހްސާސް ވާނީ ކިހާވަރަކަށް ހާލަތު ބަދަލުވީމަ؟؟

  2. ނަނާ

    މިޔައްކިޔަނީ އަޅުވެތިކުރުމުގެ ފުރަތަމަ މަރުހަލާ
    ފުރަތަމަ މަރުހަލާގަ އަޅުވެތިވެއްޖާ އެބައެއްގެ ދުވަސްއެދިޔައީ
    އަމިއްލަ ގައުމުގަ ދީނާ ގައުމުގެ ދިފާއުގަ އެއްޗެއް ނުބުނެ ހުރުމަކީ ގައުމަށް ގައްދާރުވުން

    61
  3. ނޫރު

    ދިވެހިންގެ ތެރެއިން 134000 އެއްލައްކަ ތިރީސް ހަތަރުހާސް. މީހުން ރ ސޯލިހު ހޮވަން އާނބަސް ބުނިއިރު 96000 މީހުން ބުނީ ނޫނެކޭ. 29000މީހުން‘ ވޯޓް‘ނުލާ .
    ރ.ސޯލިހުވެސް.ޝާހިދުވެސް.އިންޑިއާވެސް.ސައިޒްއޮޅި.މިވަތަން އަޅުވެތި ކުރެވިއްޖެކަމަށް ހީނުކުރާތި. ދިވެހިން ރ.ސޯލިހު އިންތިޚާބުކުރީ ޤާނޫނު އަސާސީއެއްގެދަށުން.
    ވީމާ ފުރަތަމަ ޤާނޫނަށް ތަބާވޭ. ރައްޔިތުން ބަސްބުނާނެ. އަދި .ނޫސްވެރިންލިޔާނެ.ނުހުއްޓުވޭނެ.އެމީހުންތިބީ ޤާނޫނީ،އިމުތެރޭ.

    70
    1
  4. ޙުސް

    ޢިންޑިޔާ ދެމި ގު އިރޯނުގަ މުޅިގަ އުމު ޖެހިފަ

    56
  5. ހަސަން

    ގައުމުތައް ކައިރީ ބުނޭ ދިވެހިންގެ ދާޚިލީ ކަންކަމާ ގައުމުތަކުން ވެސް ނުބެހޭށޭ. ކުޅަނދުރު ހަތަޔަށް އޮށްގާ އުކީމާ އެ ސޮރުމެން ރުޅިއަންނާނެ. ގައުމުތައް ދަށުވެ އަމިއްލަ ގައުމަށް ހެވެއް ނޭދެންޏާ ވެރިކަމުން ފައިބާ

    66
  6. ވެރިޔާ

    މީޑިޔާ ތަކަށް ބިރު ދެއްކުމަކީ މިސަރުކާރުގެ ހޮބީ އެއްތޯ؟ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    55
    1
  7. އަން

    ޗައިނާއާއި އޮންނަ ގުޅުމަށް އަސަރުކުރާގޮތައް ނަޝީދު ކިތައްމެ ވާހައެއް ދެއްކިޔަސް އޯކޭތަ؟

    66
  8. ކަސޯޓީ

    ބަލަ ޑިޕްލޮމެޓިކް އުސޫލުން އދ އިން ކަނޑައަލާފައިވާ އުސޫލުތަކާ ޚިލާފަށް ތިޔަބުނާ ސަފީރު މޮޔަވެގެން އުޅެންޏާ އެވާހަކަތައް ލިޔެވޭނެ. އެމީހުން ގަވާއިދާ ޚިލާފަށް މިތާ ކަންކަން ކުރަންޏާ އެމީހުންގެ ވާހަކަދެއްކޭނެ. އެމީހުންނަށް ބިރުގަނެގެން ތިޔަ އުޅުއްވަނީ ކޮންކަމެއް ފަޅާއަރާފާނެތީބާ. ބަލަ މީ ދިވެހިންގެ ޤައުމު. ދިވެހިންގެ ގައުމީ ދާޚިލީ ކަންކަމާ ބޭުގެ ސަފިރުންނަކަށް ނުބެހެވޭނެ.

    50
  9. ވެރިން

    ގަ އުމުތަކަށް ވެސް އަންގާލަދީ އަހަރުމެންނަކީ މިނިވަން ގަ އުމެކޭ މިގަ އުމުގެ ކަން ކަން ކުރަންވާ ގޮތް ނިންމާނީ މިގަ އުމުގެ ރަ އްޔިތުން ބޭނުންވާ ގޮތަށޭ، ގަ އުމުތަކުން އަހަރުމެންގެ ކަންކަމާ ބެހި ކަންކަމަށް ގޮތްކިޔަންޔާ އެމީހުންގެވާހަކަ ނޫސްތަކުގެ ކީ އްކުރަން ހޮޅު އަށި ތަކުހަޔާ ޖޯލިފަތީގަ ތިބެގެން ވެސް ދަ އްކާނެ.

    46
  10. ޢިއްތިހާދު

    ނާގާބިލް މީހުނައް ވޯޓްދިނުމުގެ ނަތީޖާ ކޮށްމެ ދިމާލަކުން ވެސްފެނިގެންމިދަނީ ސައްދާމު ހުސެއިން އައްވެސް ހުކުމް ކުރީއިރާގުގަ ހުކުމްލިއުނީ އެމެރިކާގެ ބައިވެރިން މުޅިދުނިއެއަށް އެމެރިކާއާގުޅިފަ ތިބިބަޔަކު ދަނީއޮޅުވާލުމެއްގެ ތެރެއިން ގައުމުތައް މިޒަމާނުގެ އަޑުނުގޮވާ ހަތިޔާރުން އަޅުވެތިކުރަމުން މިސަރަހައްދުގެ އެމީހުންގެ ބައިވެރިއާއެކް ބައިނަލް އަގުވާމީ ގާނޫނުތަކައްނުބަލާ ބޮލެއް ލޮލެއްނެއް އަތުބުރުމާއެއްމިއީ.

    43
    1
  11. ވިކިހުސް

    ކަލޯ ޗައިނާދިމާއަށް ކީ އެއްޗއްސޯ

    48
    1
  12. ޜާޑަރު

    ކަލޯ ޗައިނާދިމާއަށް ކީ އެއްޗއްސޯ

    41
  13. ޖީމް

    އިންޑިއާ އައުޓް ލާދީނީ އެމް ޑީ ޕީ އައުޓް ، ދީނާއި ޤައުމަށް ނުރައްކާކުރާއިރު އެމް ޑީ ޕީ މަރުމޯލުން އަތްޖަހަން ތިބޭހެން އެންމެނެއް ނުތިބޭނެކަން ދަންނާތި ، ﷲއަކްބަރް

    51
  14. ކައްބެ

    އެމްބަސީ ސަރުކާރު އިސްތިއުފާދިނުމަށް ގޮވާލަން ކަމެއްވީމަދޯ ހަބަރުފަތުރަނީ މީގެކުރިންވެސް ސަރުކާރުތަކެއްވަނީ ފައިބާފަ ތިޔަނާމާން އަޑެށް ނީވެ.

    44
  15. ރައްޔިތުން

    ބޭރު ގެ ގަ އުމު ތަކުން ރާ އްޖޭ ގެ ދާހިލީ ކަންކަމަށް ވަންނަނީ ނަމަ ނޫސްތަކުން އެވާހަކަ ދަ އްކާނެ. އެމީހުން ނުބެހޭނަމަ ނުލިޔުނީސްދޯ. ސާހިދަ އް ކީ އްވެތޯ ނޫސްބަޔާން ނުގަ ބޭރު ގެ ގަ އުމުތަކުން ރާ އްޖޭ ގެ ދާހިލީ ކަންކަމާ ނުބެހޭށޭ ބުނަން..... ސަ އިޒު ގަ ދޯ ؟؟؟؟

    45
  16. ހުސޭނުބޭ

    ކަލޭ ތި އަމުރު އިންޑިޔާގެ ނޫސްތަކަށްވެސް ކޮށްބަލަ!

    45
  17. ބެރު

    ހުރިހާ ކޮޅަކުން ވެސް މިސަރުކާރު ހޫނުފެނަށް ވައްޓާލަނީ ހުރިހާ ކޮޅަކުން ސަރުކާރު މިވަނީ ތާށިވެ ނޭވާލާން އުދަގޫވެ ވެންޓިލޭޓަރުގެ އެހީވަރަށް ބޮޑަށް ބޭނުންވެފައި. މެދުން ޕޮއް.

    43
  18. އައްޑޫ މީހާ

    އިންޑިއާއަށް ވީމަ އަބުއިވަނީ ދެއްތޯ ! ކޮބާތަ އޑޕގެ ރައީސަކަށް ހުރި މީހާ އިސްކޮށްހުރެ މުޅި ސަރުކާރުން ޗައިނާއަށްކުރި ފުރައްސާރަ؟ ބަލަ ކަލޭމެންނަށް ހީވަނީ މިގައުމުގައި ތިބީ ހުސް އޑޕގައި އުޅޭކަހަލަ ހަމައިން ނެއްޓިފަ ތިބޭ ބައެއްކަމަށްތަ ؟ އިންޑިއާ އައުޓް ކިޔާނަން އަދި މިހާރު ތިވީ ގޮތުން އަޑު އިތުރަށް ބާރުކުރަން ދެން އަހަރުމެން ފަށާނީ މާބޮޑަށް ކަންތައް ބޮޑުކުރަން އުޅެންޏާ ދިވެހިރާއްޖޭގެ ރައްޔިތުން މަޑަކުން ނުތިބޭނެ އަނެއްރާއްޖޭގެ މީހުން ތިބޭނީ ހަމައިން ނެއްޓިފަ

    50
  19. ޒާ

    ސާހިދަށް ލިބިފައިވާ ލާތިގަނޑުގެ ހަގީގަތް އޮޅިފައިނުވޭ

    35
  20. އިސްތިއުފާ

    ޙަޤީޤަތާ ޚިލާފައް ލުޔުނީ ކޮންޚަބަރެއްކަން ބުނެދިންނަމަ އަހަރެމެންނައްވެސް އެނގުނީސް ހަމައެއްޗެއކޭ ލިޔެފަ ނެރުނަސް ކަމަކު ނުދާނެ އިސްތިއުފާދީ

    27
  21. އާދަނު

    ނުބެހެވޭނެ.

    26
  22. ަަަަަަަަަައަބުދު

    މިދިޔަ 44 އަހަރު ގެތެރޭގަ މިވަނީ މީހުންގެ ތައްޕާހުން ދިރިއުޅެން އާދަކޮއްފަ މިހާރުވެސް ހިނގަމުންދާ ހުރިހާކަމަކީ އިންޑިޔާގެ ކުރެަޑިޓް ސްކީމްގެދަށުން ކުރަމުންދާ މަސައްކަތް މިތާގެ ވެރިންނާ ރައްޔިތުންނަކީ ހައްދުފަހަނައަޅާފައި ތިބި ޤާފިލު ކަންނެތްބައެއް . އެފަދަ މީހުންގެ ސަރަފެއް މިނިވަންކަމެއްނޯންނާނެ .

    25
    2
  23. ޒަބީބު

    އިންޑިއާގެ މީޑިއާގައި ދިވެހިރާއްޖެ އާއި ދިވެހިންގެ ކަރާމަތް ގެއްލޭގޮތަށް އެމީހުން ދައްކާ ވާހަކަ ދެއްކުމަކީ އެމީހުންނަށް ލިބިފައިވާ މުތުލަގު ހައްޤެއްތޯ؟ ދިވެހިންގެ އެތައް ހާސް ރައްޔިތުންނެއްގެ ވޯޓުން އިންތިޚަބުކޮށްފައި އޮތް ސަރުކާރަށްވެސް ކުއްވެރިކުރަން މިއެނގުނީ ދިވެހި ރައްޔިތުން. ބަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިޚާބުކުރަން ވޯޓުދިނީ އިންޑިއާ އެމްބަސީގެ ސަފީރާއި ޑިޕްލޮމެޓުންތޯ؟ ނުވަތަ ދިވެހި ރައްޔިތުންތޯ؟

    އިންޑިއާ އެމްބަސީއަށް އެފަރާތުގެ ހައިސިއްޔަތާއި މަޤާމު އޮޅި ބައިނަލް އަޤްވާމީ މުއާހަދާތަކުގެ މާނަ އޮޅޭ ހިސާބަށް ކަންތައް މިދަނީ އިންޑިއާއަށް ދިވެހިރާއްޖޭގެ މައްޗަށް ކޮންފަދަ ބާރެއް ލިބިގެންތޯއެވެ؟ އިންޑިއާ އެމްބަސީގެ މިފަދަ ނުފޫޒު ފޯރުވުމާއި، ބުލީކުރުމާއި، އިންޒާރު ދިނުމަށް ބީރުކަންފަތް ދީ ސަރުކާރުން ރައްޔިތުންނަށް ތިޔަފަދަ އެނގުންތައް އަނގަން ޖެހޭތޯ؟

    އިންޓަނޭޝަނަލް ޑިޕްލޮމެސީ އާއި ބީރައްޓެހި އިންޑިއާގެ މިނާތަހުޒީބު އަމަލު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން. އަދި އެސިޓީ އަމްބުރާ ގެނެސް ބައިނަލް އަޤްވާމީ މުޢާހަދާތަކުގެ އިމުގެތެރެއަށް ރުޖޫޢަ ވުމަށް އިންޑިއާ އެމްބަސީއަށް ގޮވާލަން.

    ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ކަރާމާތާއި، މިނިވަންކަމާއި، އިސްތިޤުލާލް އާއި މުއްސްތަގިއްލު ކަން ދެމެހެއްޓުމަކީ ދިވެހި ސަރުކާރާއި ރައީސުލް ޖުމުހޫރިއްޔާ އާއި މަތިކުރެވިފައިވާ ވަރަށް މުޤައްދަސް ޤާނޫނީ ވާޖިބެއް. ވީމާ އިންޑިއާގެ މި ނާތަހުޒީބު އިންޓަނޭޝަނަލް ޑިޕްލޮމެސީ އާއި ޚިލާފު އަދި ބައިނަލް ޢަޤްވާމީ މުޢާޙަދާ ތަކާއި ޚިލާފު ޢަމަލަށް ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ނަމުގައި ޕްރޮޓެސްޓް ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އާއި ޚާރިޖީ ވަޒީރަށް ދިވެހި ރއްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަން.

    32
  24. އަޙްމަދު7

    ބަލަގަ، ރައްޔިތުން ނޭދޭ ގުޅުމެއް ކަލޭމެން ގައުމުތަކާ ބާއްވަނީ ކީއްވެގެން ހެއްޔޭ. އަހަރެމެން ކައިރީ އައިސް ކިޔައިގެން އަހަރެމެން ވޯޓު ދިނީމާ މަގާމައް ހޮވެނީ، ހޮވޭ ހިސާބުން ދެން އަހަރެމެން ދައްކާ ވާހަކައަކީ ހޮޅިވާހަކަ؟ މީހަކު އަޖައިބު ނުވާނެ. ކަލޭމެންނައް މިއަދު އަހަރެމެންނަށްވުރެ އިންޑިއާ މުޙިއްމު ވެއްޖެ؟ އަމިއްލަ ގައުމުގައިތިބި އެތައް މިލިއަން ފަގީރުންނައް ފާގަތިކަމެއް ގެނެސް ނުދެވުނު ބަޔަކަށް ބަރޯސާވެގެން ކަލޭމެން ތިކިޔަނީ އަހަރުމެންކައިރީ އަނގަމަޑުންލައިގެން ތިބޭށޭ؟

    32
  25. ޤާދިރު

    ތިބުނާ ބައެއްގެ ޒިންމާއަކީ ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބޭނުންތަ؟ ދާޚިލީ ކަންކަމާ ބެހޭނަމަ ކިޔަން ވެސް ކިޔާނަން ނުވެސް ހުއްޓު ވޭނެ

    12
  26. ޖަނާ

    ޢެމް.ޑީ.÷ޕީ ވެސް އަދި އިބްރާހިމް މުހައްމަދު ސާލިހް ވެސް ދެން އިންތިހާބުގައި ވޯޓު ހޯދަން ނޫޅޭތި. ތީ މިގައުމަށް ބޭވަފާތެރި ބަޔެއް. މަކަރުވެރި ނުބައި ބަޔެއް.

    12
  27. ޢަލިބެ

    އިންޑިޔާ އައުޓު

    14
  28. އައްޑޫ ސިޓީ

    ސާހިދު ކަލޭގެ ލަދުހަޔާތް ކުޑަކަން ތިޔަނޫސްބަޔާނުން އެނގެނީ. ނޫސްވެރިންނަށް އަޅުގަޑުގޮވާލަން ހާއްސަކޮށް ދިޔެރެސް ނޫހައް އެއްމެފުކެއްވެސް ފަހަތަށްނުޖެހުމަށް. އިންޑިއާ އައުޓް

    10
  29. ކިޔާނަން

    އެމްޑީޕީ އޭ ކިޔާ ބައިގަނޑު ގެ އަސްލުކަމުގައިވާ ފިތުނަ އުފެއްދުމާ އަބުރު ކަތިލުމުގެ އަސްލު މިއަދު މިއޮތީ އަރާ ބޯމަތިވެފަ ހުތުމާއަށް ފިތުނަވެރި ލިޔުން އެޅުމާއި ބޭރުގެ މީޑިޔާތަކުގައި ދިވެހީންގެ އަގުވައްޓާލަން ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިފެންނަނީ ! އިންޑީޔާ އަކީ ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަމަށްވެސް އަތްބާނަމުންދާ ގައުމެއް އެމީހުން ބޭނުންހައި ކަމެއް ކުރާތަން ބަލަން ތިވެހިން މަޑަކުން ދެން ނުތިބޭނެ . ބޭލުނުގޮތަކިން އެމީހުން މިގައުމުން ބޭރުކުރަންޖެހޭ#އިންޑިޔާއައުޓް

    10
  30. ހައްޕު

    ޤައުމުތަކާ އޮންނަ ގުޅުމަށް ބުރޫނާރާގޮތަށް ސަރުކާރުން ކަންކުރުން މާ މުހިއްމު.

  31. ސަންނު

    ޗައިނާ އަށް ފާުޅުގައި އެއްޗެހި ގޮވިއިރު އެކަން ހުއްދަތޯ؟ ތިމާމެންނާ ޖެހުނީމަ ފްރީޑަމް އޮފް އެކްސްޕްރެސް ވެއްޔާ މޮޑެލަނީ.

  32. ލާމު ކުދިން

    އަހަރުންނަހެޔޮ ކޮންމެކަމެއް ކޮންމެގޮތައޮތަސް ކޮންމެގައުމެއް ރުޅިއައިސްސަތިއްބަސް މި ފޭކު ރަށުބަންދުންދޫކޮލާ އެހެންނޫނީ ރައްޔިތުންނިކުމެ ކަލޭމެންތިތިބަ އޮފީސްތަކުން ދަމާހަލާ ނެރެންޖެހިދާނެ އޭރުންމާމަންޒަރު ރީއްޗެއްނުވާނެ

  33. ޝަފީގު

    ޙަބަރުދާރު. ޙަބަރު ލިޔާނެގޮތެއް ސަރުކާރަކައް ނޭންގޭނެ. އެއީ ގާނޫނު އަސާސީއިން ދީފައިވާ ހައްގެއް. އެއީ ރާއްޖޭއިން އަލފްދާލުގެ މުއާހަދާއަކުން ޔަގީންކަން ދީފައިވާ ހައްގެއް. ވީމާ ނޭންގޭނެ. މީޑިޔާ ރެގިއުލޭޓް ކުރާގަވާއިދާއި ގާނޫނާއި އަދި މުއައްސަސާވަނީ އެކުލަވާލެވިފައި. ސަރުކާރަކައް މިނިވަން މީޑިޔާގެ އެޑިޓަރަކައް ނުވެވޭނެ. ނޫސްތަކުގައި ލިޔާނެ ކޮންޓުރޮވާޝަލް ޚަބަރުވެސް އެއީ ނޫސްވެރިކަމުގެ ބަޔެއް އަދި ޚިޔާލުފާޅުކުރުމުގެ ބަޔެއް. ކަލޭމެންނެއް ނޫން ޕޯޑިއަމްތަކުގަ ޗައިނާއަށް ފުރައްސާރަކުރަމުން ލިޔުންތައް ލިޔަމުން ދިޔައީވެސް. ދިވެހިން އިންޑިޔާ ބަލައިނުގަތުމަކީ އިންޑިޔާގެ މައްސަލައެއް. ރާއްޖެއަކީ އިންޑިޔާއެއްނޫން.

  34. ސަމްއާން

    ދިވެހިން ނުރުހޭ ގައުމުތަކާއި ލާމެހެންޏާ ދިވެހިން ފާޑުކިޔާނެ. އިންޑިޔާ އިޒްރޭލް ފަދަ ގައުމުތަކާއި ދިވެހިން ނުގުޅޭ. ވީމާ ރައްޔިތުން ހޮވާފަ އޮތްސަރުކާރަކުން ރައްޔިތުންގެ ރުހުމާއި ދެކޮޅައް ގައުމުތަކާއި ގުޅުން ބަދަލުކުރަމުން ދަންޏާ ރައްޔިތުން އެކަމުގެ ފާޑުކިޔާނެ..އަދި ކިޔަންވެސްވާނެ.. އެއީ ރައްޔިތުންގެ ހައްގެއް. މީޑިއާއިން ހާމަވަމުންދަނީ އެކަން. ސަރުކާރު ހިނގަމުންދަނީ ރައްޔިތުންގެ ރުހުމާއި ދިމާ އިދިކޮޅައްކަން ހާމަވަމުން މިދަނީ. އިމީ ދެން އަންނަ އިންތިޚާބެއްގައި މިސަރުކާރު ވެރިކަމުން ރައްޔިތުން ދުރުކުރާނެކަމުގެ ނިޝާނެއް. އިނަފްއިޒް އިނަފް. މިހާރު ތިޔަ އުޅެނީ ބޭރުބަޔަކު ރުއްސަން ދިވެހިންގެ ޚިޔާލުފާލޫ ކުރުމުގެ ހައްގައް އަރައިގަންނަން. ހަނދާން ކުރާތި އިންތިޚާބު ހިފައިގެން ގޮނޑައް ދާންޖެހޭނީ އެމްޑީޕީ.

  35. އޮސްކާ

    މޮޅު ވާހަކަ ނުދަށްކާ ރަ އްޔިތުން ހަވާލު ކުރި ކަންކަން ނުވަންޏާ މިހާރުން މިހާރަށް އިސްތި އުފާދީފައި ފަޒޫ ގޮވަ އިގެން ގޭގަ އޮވެބަލަ، ރަ އްޔިތުން ހަވާލުކުރި މަސް އޫލި އްޔަތު އަދާ ނުކުރެވެންޏާ އެކަމާ ބަސް ބުނާނީ އިންޑިޔާ ނުވަތަ ބަގްލަދޭޝް އަކުން ނޫން، އެކަމާ ބަސްބުނާނީ ދިވެހި ރަ އްޔިތުން، ތި ގުރޫޕް ވެރިކަމަށް އަ އި ފަހުން ބަލާބަލަ ރަ އްޔިތުން އަނގަޔާ އަތާ ދިމާނުވޭ ކަލޭ ބޮޑުކޮޓަރީގަ އި ގަޑުފި އްލާ ކުޅެން އޮތަކަސް،ރިޒާވް އެ އޮތީ ކަނޑިކި ދަށު ހުސްކޮށް،ކޮބާހޭ ކޮށްދިން ކަމަކީ ލިބުނުހާ ފަ އިސާ އާ އި ސަރުކާރަށް ވަތް ފަ އިސާ އަށް ވެގެން ދިޔަ ގޮތުގެ ތަފްސީލު ރަ އްޔިތުންނަށް ހާމަކޮށްދީ،ނޫނީ ﷲ ގެ ކުޅަދުން ވަންތަ ވެރިކަމުން ހީނުކުރާ ކަހަލަ ގޮތެ އް ވެގެން ހިނގަ އި ދާނެ، ކަމަކަށް ވާށޭ ވަހީ ކުރެ އް ވުމުން ލަހެ އް ފަހެ އް ނޯންނާނެ،

  36. އަހުމުން

    މިހާރުން މިހާރަށް މި ވެރިކަން ނިންމަން އެންމެން ނިކުންނަންވީ... ފުދިއްޖެ؟ ހައްގުމިންވަރު ތޯ؟

  37. ބޭޗާރާ

    ލަދުކޮބައިތަ! ޗައިނާއޭ ކިޔައިގެން ހެއްދެވިހައި ދޮގެއް ހެދި އިރު ތިޔަ މިނިސްޓްރީ ކޮބާ! ވަކި މީހަކު އެއްޗެކޭ ބުނީމާ އެއްޗެއް ބުނަނަން ނުކެރިފައި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަން ތިޔަ ނުކުތީ.

  38. ދިވެހި ދަރި

    އިންޑިޔާ އައއުޓް މޑޕ ނަަސީދު ފެކްށަން އައުޓް އިންޑިޔާ އައއުޓް މޑޕ ނަަސީދު ފެކްށަން އައުޓް އިންޑިޔާ އައއުޓް މޑޕ ނަަސީދު ފެކްށަން އައުޓް އިންޑިޔާ އައއުޓް މޑޕ ނަަސީދު ފެކްށަން އައުޓް އިންޑިޔާ އައއުޓް މޑޕ ނަަސީދު ފެކްށަން އައުޓް

  39. ރައްޔިތު މީހާ

    ޢިންޑިއާ އައުޓް. ޢަހަރެމެންގެ މިނިވަން ކަމަކަށް އިންޑިއާ އަކަށް ނޭރެވޭނެ. މިނިވަން ކަމުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ.

  40. ރައްޔިތު މީހާ

    ޙާދަހާވާ ކޮށި ވިސްނުމެއް ގެންގުޅޭ ބައެކޭ އިބޫގެ ބަދަލުގައި އިންޑިޢާގެ މީހަކާ ތި ގޮނޑި ހަވާލުކުރުން މާ ރަނގަޅެއްނުން.

  41. މުޑުދާސް

    ފޮރިން މިނިސްޓަރަކީ އިންޑި އާގެ ގޮޑިކޮ އްކޮ އެ އް. ދިވެހިން މަސްލަހަތު ދިފާކޮށް މީނާ އެއ އްޗެ އް ބުނާނެ ކަމަށް ހީކޮށްގެން ނުވާނެ. މީނާ އަށް ވަނީ ރިޔާސީ ގޮޑީގެ ހުވަފެން ދަ އްކާފަ އި. މިހެންވެ ރަ އްޔިތުންގެ ހަ އްގުތަކަށް އަރަ އިގަނެ އަނިޔާވެރިވުމަށް ފަހަކަށް ނުޖެހޭނެ

  42. ސައީދު

    ރައީސް ނަޝީދު އިރުއިރުކޮޅާ ޗައިނާއަށް ކުރާ ފުރައްސާރަ ވެސް ހުއްޓާލަން ބުނެބަލާ

  43. ޓީޗަރ

    ޗައިނާއާ ދެކޮޅަށް ލިޔަންޏާ އޯކޭ. ޗައިނާއާ ދެކޮޅަށް ކިތަންމެ ބޮޑު ޕޮލިޓީޝަނެއް ވާހަކަ ދެެއްކިޔަސް އޯކޭ. އެކަން ކުރަން ދަސްކޮށްދީފައި، މިހާރު ތިކިޔަނީ ނުކިޔާށޭ. އަތަށް ގޮވީދޯ