ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަގާއި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ފަށާފައިވާއިރު، މިހާރު އެ މައްސަލަ ވީ ހިސާބެއް އަދި ނޭނގެއެެވެ.

އެ މައްސަލަ ކުރިއަށް ދަނީ ހުޅުމާލެ ކޯޓުގައެވެ. އެ މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ ޑިސެންބަރު މަހުގެ ކުރީކޮޅުގައެވެ.

އާއިލާ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ މިދެމަފިރިން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި މައްސަލަ ވީ ހިސާބެއް ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ހުޅުމާލެ ކޯޓުގައި ކުރިއަށްދާ ކަމަށެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ކުޑަފިރިހެން ކުދިން ތަކަކާއެކު ބަދުއަޙްލާޤީ އަމަލު ހިންގި ދައުވާތަކެއް ކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ދެއްކުމުގެ މަޤުޞަދުގައި ދެމީހުން ޖިންސީ ގުޅުން ހިންގި ކަމަށް ވެސް ދައުވާ މައްސަލާގައި ވެސް ދައުވާތަކެއް ކޮށްފައި ވެއެވެ.

އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއްކޮށްފައި ވާއިރު ރިހުލާގެ މައްޗަށް ފަސް ދައުވާ އެއް ކޮށްފައެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު،ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާައަކާއި، އެ ކުއްޖާ ލައްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާ އާއި، އަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ، އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އެވެ.

ރިހުލާގެ މައްޗަށް ކުރި 5 ދައުވާގެ ތެރެގައި ހިމެނެނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަކުރު

    ހާދަ ފަކުރު ވައްތަރަށް ހުންނަ އަންހެނެކޭތީ

    15
    2
  2. ފީޖީ

    ހުޅުމާލޭކޯޓްގައި މައްސަލަ ކުރިއަށްދާލެއްބާރުކަމުން އަދި އަތުނުޖެހިގެން އުޅެތީ މައްސަލަ ވީހިސާބެއް ނޭގެނީ.