ޖުމްހޫރީ ޕާޓީގެ ރައީސްއަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިންތިހާބުކޮށްފިއެެވެެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ނެގި ވޯޓުގައި އެ ޕާޓީގެ ރައީސްކަމަށް އަލީ ވަހީދު ގެންނަން ފެންނަކަމަށް 154 ބޭފުޅުން ވޯޓު ދެއްވިއިރު، އަލީ ވަހީދުއާ ދެކޮޅަށް 102 ބޭފުޅަކު ވޯޓު ދެއްވިއެވެ.

އަލީ ވަހީދު އެ މަގާމަށް އިންތިހާބުވެފައި މިވަނީ އަލީ ވަހީދުއާ ދެކޮޅަށް އެ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ކެމްޕެއިންކޮށްފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީވެސް ހަމައެކަނި އަލީ ވަހީދުއެވެ.

އިންތިހާބުގެ ކުރިން ކޮންގްރެސް އިން ވަނީ ޕާޓީގެ ރައީސްއަށް ދޭން ކުރިން ކަނޑައަޅާފައިވާ އޮތް ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައެެވެ. ކުރިން ޑްރާފްޓްކޮށްފައި އޮތީ ޕާޓިގެ ލީޑަރުގެ ބާރުތައްވެސް ރައީސް އަށް ދޭށެވެ.

ނަމަވެސް ފަހުން ފާސްކޮށްފައި ވަނީ އެއްވެސް ސަބަބަކާއި ހުރެ ޕާޓީގެ ލީޑަރުގެ މަގާމް ހުސްވެއްޖެނަމަ ނުވަތަ އެ މަގާމް ފުރުއްވަން އުޒުރުވެރިވެއްޖެނަމަ އެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިކުން ކަނޑައަޅާ ނައިބް ލީޑަރެއް ކަމަށެވެ.

މިއަދާއި ހަމަޔަށް ޕާޓީގެ ލީޑަރުކަމުގައި ހުންނެވީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްއެވެ. ނަމަވެސް މިހާރު ޖަލު ހުކުމެއްކޮށްފައި ވާތީ، އެ މަގާމުގެ ޝަރުތު ފުރިހަމަ ނުވާތީ އެ މަގާމަށް ކުރިމަތިނުލައްވައެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރަކު ކަނޑައަޅަން އެ ޕާޓީގެ ކައުންސިލްއަށް ލިބިދޭ ބާރުވެސް މިއަދުގެ ކޮންގްރެސް އިން ވަނީ ހިފަހައްޓާފައެވެ.

ކައުންސިލްގެ ބާރު ހިފަހައްޓަން އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމްގެ ޖަލު ހުކުމާއިމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމުމުންނެވެ. ނުވަތަ މަގާމާއި މެދު ގާސިމް ގޮތެއް ނިންމަވަަައި ޕާޓީއަށް އެންގުމުންނެވެ.

މިރޭގެ އިންތިހާބުގައި އެ ޕާޓީގެ ނައިބް ރައީސްއަކަށް ހޮވިވަޑައިގެންނެވީ ޑރ. އަބްދުﷲ މައުސޫމްއެވެ. އޭނާ އެ މަގާމަށް ގެންނަން ފެންނަ ކަމަށް 240 ވޯޓު ލިބުނުއިރު، ނުފެންނަ ކަމަށް އަށް ވޯޓު ލިބުނެވެ.

ޕްރެޑަައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ ކޮންގްރެސްގައި ދަނީ އެ ޕާޓީގެ އިތުރު މަގާމްތަކަށް ވާދަ ކުރައްވާ ބޭފުޅުންގެ މެދުގައި ބޭއްވި އިންތިހާބުތަކުގެ ނަތިއްޖާވެސް އިއުލާނު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާމިގިލީ މީހާ

    ލާރިޔަށް ވިކި ހުސްވެފައި ތިބޭ މީހުން މީ.. މިހާރު ޖޭޕީއިން ކިލޯ ކިރާ ގެން މި އަލީ ވަހީދު މިހިރީ ގަނެފައި.. ކިލޯއަކަށް 50000ގެ ރޭޓުން. ޖާނުން ވަރުގަދަވި ވަރަކަށް ގިނަ ލާރި މިލިބެނީ.. ކިލޯއަށް ބަލާފައި.

  2. ޞވޗ

    ތިމިހާ ވެރިކަން ކުރާނީ އިނގިރޭސި ވިލާތުގަ ހުރެގެންބާ

  3. މަސްކެޔޮޅު

    ކޮބާ މުސްތަޝާރަކުވެސްހޮވިނަމަ ޕާޓީޖަހާގަންނަން ވަރަށްހުށިޔާރުވާނެ !

  4. ޝަރފު

    މިއަދު ހާމަކަންބޮޑު ގޮތަކަށް ޖޭޕީގެ އަސްލު ސޫރަ ފެނިގެން މިދިޔައީ. 4 ނާއިބު ލީޑަރުން ހޮވާފަ އެމީހުންގެ ހަމަހަމަކަން ގެއްލުވާލާ، ހިންގުން އޮޅުންބޮޅުން ގަޑެއްގެ ތެރެއަށް ގެނެސް ވަކި ބައެއްގެ މުށުތެރޭ ޕާޓީ ބޭއްވުގައި ގާސިމު ކުރި ހޯއްދަވާފި. ޒުވާން ޖީލަށް އުޖާލާ ކުރިމަގެއް ކަމަށް ބުނެ އަވާމެންދުރު ދައްކައިފި. މިއަދު ސިޔާސީ ގޮތުން އަނެއްކާވެސް ޖޭޕީ ފަހަތައް މި އެޅި ފިޔަވަޅުގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ. އިންތިޚާބުގެ ކުރިން ބޮޑު ހައިޖާނަކަށް މިކަން ވާނެ ކަމުގެ އިޝާރާތެއް މިކޮންގުރެސް ތެރެއިންވެސް ވަރަށްބޮޑަށް ފެނުނު. އަލީ ވަހީދަށް ދެއްކި ހުވަފެންތައް ފަހު ވަގުތު އަޑީގަ ވަކި ބަޔަކު ތިބެގެން ކުރަމުންދިޔަ މަސައްކަތް ވެގެންމިދިޔައީ ބޮޑު ފިތުނައަކަށް.

  5. ލެޓްސް

    ޖޭޕީގެ ހަތަރު ނައިބު ލީޑަރުން އިންތިޚާބުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ކޮބާ އޭކޭ ހުންނާނެ ރާކަނި މަސްކެވިފައި ތަމެން ދެން ދަގަ ރަންރީނދޫ ޓްވިޓަރޭ މެންނާއި އެކު ކުރު ސޯޓް ބުރި ލައިގެން ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ތަމެންނަށް އިނގޭނެ ޕޮލިޓިކަލް ސައެންސް ހުންނަ ކަން މަމެން ނުދަންނަން ދޯ. ޖޭޕީގެ އެންމެ ގިނަ ވޯޓް ގައްދޫ އަމީން އަށް ލިބުނީ އެއީ ޖޭޕީގައި ގިނަވާނީ ހުވަދު އަތޮޅު މީހުން ކަމަށްވާތީއޭ މީއޭ އެކަން ކުރަން ޖެހޭނެ ގޮތަކީ އެއިރުން ކެނެރީގެ ނަޝީދަށް ރަނގަޅަށް ރާކަނި މަސްކާން ދެވޭނީ ދޯ. ޖޭޕީގެ ނައިބް ލީޑަރުން ޖެހޭނީ ޖޭޕީގެ ރައީސް އާއި ގުޅިގެން އެމްޑީޕީގެ އެތެރެ ހާވާލާ އެމްޑީޕީގެ ގައުމީ މަޖްލީހުގެ ހުރިހާ މެމްބަރުން ޖޭޕީ އަށް ކަހާލުމޭ މަމެން ޕިންކީންގެ ފައިނޭންޝަލް ބެކިންގް އަދި ޓެކްނިކަލް ބެކިންގް މިކަމަށް ލިބޭނެއޭ މަމެން ބުނަން ނެތީމު ދޯ. ލެޓްސް ގޯ ވޭއައުޓް އެން ލެޓްސް ޑޫ އިޓް އެން ޑޫ އިޓް އެން ޑޫ އިޓް ލެޓްސް ޑޫ އިޓް އައި ގޮޓާ ފީލިންގް..

  6. އައިގޮޓާ

    ޖޭޕީގެ ހަތަރު ނައިބު ލީޑަރުން އިންތިޚާބުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އެންމެ ބޮޑަށް އަޅައިގަންނަނީ އެއީ މަމެން ޕިންކީންގެ ތެރޭގައި އުޅުނު އަމީން ޕާރޓީގެ ކޮންގްރެސް ގެ އެންމެ ގިނަ ވޯޓް ހޯދުމުންނޭ ޑރ. ހުސެން މެން ޖެހުނީ ރާކަނި މަސް ކާން ދޯ ހުސެން ތަމެން ތިޔާ ދަރުހޮވަނީ ތޭ ޖޭޕީ ތެރޭގައި ތިބެގެން ތަމެންގެ ޝެއަރ ވެލިއު ދަނީ ދުވަހުން ދުވަހަށް ދަށަށް ނޫންތޭ ތަމެންނަށް ނުވާނެއޭ ތިޔާ ކަމެއް އެހެންވީމަ އޭ މަމެން މިބުނަނީ ކުދި އާބާދީ ތަކުން އަންނަ މީހުންނަށް ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ސިޔާސީ މައިދާނުގައި ވެސް އިގްތިސާދީ މައިދާނުގައި ވެސް ހަމަ ގޭމް ޗޭންޖް ކުރާނީ ބޮޑެތި އާބާދީ ތަކުން އަންނަ މީހުންނޭ އައި ގޮޓާ ދިސް ފީލިން އަބަދުވެސް ދޯ.

  7. ޑާޑާޑާޑާ

    ޖޭޕީގެ ހަތަރު ނައިބު ލީޑަރުން އިންތިޚާބުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެން އޭކޭ މެން ނަށް އެއްޗެއް އަންޑަރސްޓޭންޑް ވާން ވެއްޖެ އެއް ނޫންތޭ ތަމެން ތިޔާ ގެންގުޅޭ ރަނޑު ސްޓައިލްގެ ސޮފްޓް ޕޮލިޓިކްސް ދެން މިރާއްޖޭގެ ސިޔާސީ މައިދާނަށް ބޭނުމެއް ނުވާނެ ކަން މިހާރު ތަމެންނަށް އެނގިއްޖެ އެއް ނޫންތޭ ތަމެން ދެން ރަނގަޅު ވާނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުން ހުއްޓާލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. މިރާއްޖޭގެ ސިޔާސީ މައިދާނަށް ބޭނުންވަނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް ފިިރިހެން ވަންތަ މީހުން ކަން މިހާރު ތަމެންނަށް އިނގެން ވާނެ އެއްނޫންތޭ ތަމެން ދެން ރާއްޖޭގެ ސިޔާސީ ދާއިރާ އަށް ނުބޭނި ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާތާހިރުވާނެއެެއް ނޫންތޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  8. ޙަފްޞާ / މާލެ

    އޭނަ ކީއްވެތެ ފިޔައިތޮށިޓައިއެއްގައި އެހުރީ؟ ޖުމްހޫރީޕާޓީ ކަފުންކޮށް ވަޅުލުމާ ތިޔަ ގާތްވީ!!!

  9. މަރީ

    ބަލަންތިބޭތި، ދެންބުނާ އަޑުއިވޭނީ އަލީވަހީދަކީ އަހަރުމެންފޮނުވި އޭޖެންޓް އެކޭ.

  10. ސަނދުވާ

    ޢަލީ ވަޙީދު ރައީސްކަމަށް ހޮއްވެވުމުގައިވެސް ކޮރަޕްޝަންކަމަށް ތުހުމަތު ކުރެވޭ. ޢަލީ ވަޙީދަކީވެސް މައްސަލަޔަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް. ރާއްޖޭގެ ސިޔާސީ ސަރަޙައްދަށް ވަޑައިގަންނަވައިފިނަމަ، ޖަލުގެ ރައީސަކަށް ވެދާނެ ކަންނޭނގެ.

  11. ކަރާފަނި

    ޖޭޕީގެ އެންމެހާ މަގާމުތަކަށް ހޮވިވަޑައިގެންނެވި އެންމެ ބެފުޅުންނަށް މަރުހަބާޔާއި ތަހްނިޔާ ދަންނަވަން..އަދި މިއާފެށުމާއިއެކު އިނގިރޭސިވިލާތަށް ކަރާ ހެޔޮއަގުގައި ފޯރުކޮއްދެވޭނެ ކަމަށް އުންމީދުކުރަމެވެ. ޖޭޕީ އަކީ ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ނަމޫނާ ދައްކާދޭނެ ޕާޓީއެއްކަމުގައި ވާނެކަމަށް އުންމީދު ކުރަމެވެ.

  12. ނައިންޓީ

    ޖޭޕީގެ ދުވަސް ތިޔަ ދިޔައީ. ފައިސާ ބޮނޑިބޮނޑިޔަށް ވިކޭ އަމިއްލަ ނަފަސްު ވިއްކާލާ މީހަކު ޕާޓިއެއްގެ ވެރިކަމަށް ލާފަ އެމީހަ ދެން ގައުމުގެ ވެރިކަމަށް ގެންނަން ރުހެވޭނީ ދެބޯ ބުރާންތި ބަޔަކަށް.

  13. ނުރަބޯ

    ގާސިމަށް ކުރިންހެދުނީވެސް ކޮސް. މިހާރު އެހެދީވެސް ކޮސް.....!!!