މާލޭ މަގުމަތީގައި ޖިންސީ އަމަލު ހިންގަނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މާލޭ މަގުމަތީ ބަރަހަނާ ހާލުގައި އޮއްވާ އެފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ލޯލާ މާފިހާރަ ކައިރީގެ ޕޭވްމެންޓް މަތީ އޮށޯވެގެން އޮވެ ޖިންސީ އަމަލު ހިންގަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ވަގުތު” އަށް ވިދާޅުވީ، ނިވާކަން ކުޑަ ގޮތަކަށް މާލޭ މަގުމަތިން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަގުމަތީގައި ނިވާކަން ކުޑަ ގޮތަކަށް އޮތް މީހަކު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން އޭނާ ޖިންސީ އަމަލެއް ހިންގާ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުރުގާ

    ނަންވާނީ ސަދޫމު.

    13
    1
  2. Anonymous

    ހުރި ބިރުވެތި ކަމެއްގެ ބޮޑުކަމާއެވެ.

    23
    1
    • އެނޯ

      ކަލެއަށް އެންމެ ބިރު ބޮޑީ

      2
      4
  3. ނަވާރަ

    ހުރިހާ ގޮތަކުންވެސް ނަވާރަ ތަފާތުވާނެ. ތަފާތު ދައްކާނެ.

    20
    3
  4. ޝިޔާ

    ނިވާކަން ކުޑަގޮތަކަށް ނޫން އޮތީ..ރޯ ބަރަހަނާކޮށް އޮތީ!

    25
  5. ހުރިހާ ކަމެއްވެސް ވާންޖެހޭ

    ކުރީގެ ވެރިކަންތަކުގައި މި"ފެންވަަރަށް" މަގުމަތީގައި މިކަން ކުރާކަށް ނުކެރޭ. އެކަމަކު މަގުމެދުގައި ކުރިޔަސް (އެކަމަށް ހިތްވަރު ލިބޭގޮތަށް) ލުއލުއި ހުކުމެއް އަންނާނީ. އިންޑިއާގެ ދަށަށް ދިޔުމުގެ ކުރިން އިންޑިއާ ގޮތަށް ހަމަހުރިހާ ކަމެއްވެސް ވާންޖެހޭނެވިއްޔާ!

    22
    4
  6. ގެރި

    އެޖެންޑާ 19 ތަފާތުވާނެ

    21
    1
  7. ކޮބާ؟؟

    ތިވަރުގެ ބޭއަދަބީ އަމަލު ހިނގި މީހެއްގެ ވަނަވަރުވެސް ހާމަކޮށްލިނަމަދޯ؟ މިމީހާ އަނެއްކާ ބުއްދި ހަމަނުޖެހޭ މީހެކޭ ކިޔާފަ ދޫކޮށްލާނީ އެއްނޫން. މިޤައުމުގައި މިހިރަހިނގާ ބޭއަދަބީ ކަންކަމުން الله ކޯފާއެއް އަތުވެދާނެތީ ބިރުގަނެ.. ޔާ الله އަޅަމެންގެ ތެރެއިން މަދު ބަޔަކުކުރާ މިފަދަ އަދި މިނޫން ވެސް އިބަ އިލާހު ރުހިވޮޑިގެންނުވާ ޢަމަލުކުރާ މީހުންގެ ސަބަބުން އެންމެންގެ މައްޗައް ޢާއްމުވާ ފަދަ ކޯފާއެއް ނުފޮނުއްވާންދޭވެ. އަދި އިބަ الله ގެ ދީނުގައި ހެޔޮގޮތުގައި އުޅޭ ބަޔަކު ކަމުގައި އަޅަމެން ލައްވާންދޭވެ. امى يارب اعالمي

    40
    1
  8. Anonymous

    އޮރިޔާމުން އޮތުމަކީ ނިވާކަން ކުޑަ ގޮތް ކަމައް މިވީ.

    8
    1