މިރޭ ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ ޖުމުހޫރީ ޕާޓީގެ ކޮންގުރެސްގައި އެ ޕާޓީގެ ނައިބް ލީޑަރުކަމުގެ މަޤާމަށް ހަތަރު ބޭފުޅަކު އިންތިހާބު ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުކަމުގެ މަޤާމަށް ފަސް ބޭފުޅުން ކުރިމަތިލެއްވިއިރު، ނައިބް ލީޑަރުންގެ މަގާމަތް އިންތިހާބުވީ ޑރ. ހުސެއިން ރަޝީދާއި، އަމީން އިބްރާހިމާއި، އަބްދުﷲ އަމީންގެ އިތުރުން މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. އެ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީން އެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 160 ވޯޓެވެ.

އިންތިޚާބުކުރި ހަތަރު ނާއިބު ލީޑަރުންގެ ތެރެއިން އެންްމެ ގިނަ ވޯޓް ހޯއްދަވާފައިވަނީ ކުރީގެ ވަޒީރު އަބުދުﷲ އަމީނެވެ. އަމީނަށް 237 ވޯޓް ލިބިވަޑައިގެންފައިވެއެވެ. ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީނަށް 227 ވޯޓް ލިބިވަޑައިގެންފައިވާއިރު، ޑރ ހުސައިން ރަޝީދު ހަސަނަށް ވަނީ 224 ވޯޓް ލިބިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ހުސްވެފައިވާ 32 މަގާމަށް ބޭފުޅުން އިންތިޚާބުގެ ވޯޓަށްފަހު ނަތީޖާ އިއުލާނުކުރަން ފެށީ މިރޭ ފަތިހު 4:48 ގައެވެ.ޖުމުހޫރީ ޕާޓީން ބުނެފައިވަނީ މިއީ އިންތިޚާބުގެ ވަގުތީ ނަތީޖާކަމަށާ ނަތީޖާއާއިމެދު އެއްވެސް ޝަކުވާއެއް ވާނަމަ ދެ ދުވަހުގެ މުއްދަތެއް ޝަކުވާ ހުށައަޅަން ލިބޭނެކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ ލީޑަރު ކަމަށް އަސާސީ ޤަވައިދުގައި އޮންނަ އޮތުން ބަދަލުކޮށް ގޮތް ބަދަލުކޮށް ރިޔާސީ ކެންޑިޑޭޓް ހޮވާނީ ޕްރައިމަރީ އަކުން ކަމަށާއި ޕްރައިމަރީގައި ވޯޓް ދެވޭނީ ޕާޓީގެ ކައުންސިލްގެ މެންބަރުންނަށް ކަމަށް ނިންމާ އަސާސީ ޤަވައިދު މިރޭ ވަނީ އިސްލާހު ކޮށްފިއެވެ.

ޖޭޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ކައުންސިލްގައި އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ އިސް މަގާމުތައް ކަމަށްވާ ލީޑަރާއި ނައިބު ހަތަރު ލީޑަރުންނާއި ރައީސް އާއި ނައިބު ރައީސް ހިމެނެ އެވެ. އޭގެ އިތުރުން ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ކައުންސިލްގައި ތިއްބަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބުއްޅަބޭ

  ހިޔަނި ވަޒީރުކަން ބޭނުންނޫނޭ ބުނީމަ ކަމާލުއްދީނު ބޭރުކޮށްލީ

 2. ތުނބުޅި

  ހުރިހާބޭފުޅުންނަށް ވަރަށްބޮޑަށް މަރުހަބާ ދަންނަވަން...އެންމެ ބޭފުޅުންގެ ތުނބުޅި މަތިމަސް ފަތިސް ނަމާދަށް ދިއުމުގެ ކުރިން އޮމާންކުރައްވައި ދަންވަރު ހޭލާ ތިބެ ބެކާރު ސައްލާކުރަން ޕޭވްމަނޓްތަކުގެ މަތީގައި ނުތިއްބަވައި ރަސްމީގަޑިތަކުގައި އޮފީހުން ކަންކަން ނިންމަވައި ގިނައިން ކަޅުސައި ބައްލަވައި ރަނގަޅު ސިޔާސީ އިދިކޮޅު ޕާޓީއެއްގެ މިސާލު ގާއިމް ކޮއްދެއްވާނެ ކަމަށް އުންމީދުކުރަން.

 3. ބޮލިހިލާ

  ޖޭޕީ މަމެން ޕިންކީން ނާއި ވާދަ ކޮށް ތަމެން މަމެން ބަލި ކުރާނަމޭ ބުނާނަމަ މިސާލަކީ މަމެން ރޭސް ޖަހަނީ ސްޓެލްތް ގައޭ ރާއްޖެ ވަށައިގެން ތަމެން ރޭސް ޖަހަނީ އެއީ ފަލި ޖަހާފައި ކުޑަ ބޮއްކުރާ ގަނޑެއްގައޭ ތަމެންނަށް ދެން ރާްއްޖެ ވަށާ ތިޔާ ބޮއްކުރާ ގަނޑަށް ވަށާ ޖެއްސޭނީ 3000 ވަނަ އަހަރު ނޫންތޭ މޫސުމަށް ކަނޑާ ހަދާ ބަލާނަމަ ސޯ ތަމެންގެ އުމުުރު ހުސްވާއިރު ވެސް ތިޔާ ކަން ނުވާނެ ނޫންތޭ ޑރ. ހުސެން އެއް މަރުކަޒު ހުުސެން ބުނި ނަމަވެސް ތިޔާ ހަދާ ދޮގު މަމެން ގަބޫލެއް ނުކުރާނަމޭ ތަމެން ރާއްޖޭގައި ވެރިކަން ކުރުމުގެ މަތިން ހަނދާން ނައްތާލާ ރަންރީނދޫ ޓްވިޓަރޭ މެން ގޮވައިގެން ކުރު ސޯޓް ބުރި ލައިގެން މިއޮތް ނެސްޕްރޭ ހުސްކުރި ދަޅު ހިފައިގެން ދަަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ.

 4. ގާނާގާނާ

  ތަމެން ރައީސް ޔާމީން ބަލި ކުރާނަމޭ ބުނުމުގެ ކުރިން ތަމެން އަރައިގެން އިން ޝޫޒް އިން ތަމެންގެ ސިޔާސީ ބަރުދަން ކިރާލަބަލަ އެކޮއި ކިއްލި ތަޅާ އިން ޕީއެޗްޑީ ހެދި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ރައީސް ޔާމީން ބަލި ކުރާނަމޭ ހުސޭނާ ބުނާ އިރު މިފަހަރު ތަމެން ދިޔާ ކުރިއަށް ވުރެން ވެސް ދަށަށް ނޫންތޭ ކައުންސިލު ވޯޓް ގައި ތަމެން ދެން ވަދޭ ބަދިގެ އަށް ވަދެ އަންހެން ވެރިންނާއި އެކު ހުނި ގާނަން އިނިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ ގާނާ ގާނާ ގާނާ ގާނާ ގާނާ ގާނާ ގާނާ ގާނާ ގާނާ ގާނާ ހުނި ގާނާ ހުނި ގާނާ ހުނި ގާނާ ހުނި ގާނާ..

 5. ނެތީމޭ

  ޖޭޕީ އަށް ވެރިކަން ކުރެވޭނެއޭ ތަމެން ބުނާއިރު ޕައްލަންބެ އަށް ވެސް އިނގޭ ތަމެންނަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަން މީ މަމެން ބުނާ އެއްޗެއް ނޫނޭ މީ ޕައްލަންބެ ކިޔާ އެއްޗެކޭ ބުނަން މަމެން ނެތީމު ދޯ.

 6. ޢިޔާސުއްދީން

  ޖޭޕީގެ ނާއިބް ލީޑަރަކަށް އަބުދުﷲ ކަމާލުއްދީން ނުހޮވުމަކީި ޖޭޕީ އަށް ލެއްވި ވަރަށް ބޮޑު ނަސީބެކެވެ. މައުމޫން ދައުރުގައި މިނިސްޓަރުކަން ގިނަ އަހަރުތަކަކަށްކުރިއަސް ތި ކަމާލުއްދީން އަކީ ވަރަށް ނާގާބިލް ސަރުދާރެއްގެ ވިސްނުން ގެންގުޅުނު މީހެއްކަން އޭރުގެ ޕަބްލިކް ވޯރކްސް މިނިސްޓްރީ އާއި އެމްޕީއެލް ގައި އުޅުނު ގިނަ ބަޔަކަށް އެނގޭނެއެވެ. މިދެތަނުގެ ވެރިއަކަށް އޭރު ހުރީވެސް ތި ކަމާލުއްދީންއެވެ. ޢިންޖީނުލީ އޮޑިއެއް ލިބެން އޮއްވާ ރިޔާނެގި އޮޑިއެއް ޖޭޕީގެ މެމްބަރުން ޚިޔާރުނުކުރީތީ ޖޭޕީ ގެ މެމްބަރުންނަށް ސާބަސްދެމެވެ. ރާއްޖޭގެ ފުރަތަމަ ލޭބަރ މިނިސްޓަރަކަށްވެ ތި ކަމާލުއްދީންގެ ދޯހަޅި ސިޔާސަތުގެ ވޭން މިޖީލުގެ ދިވެހިން ތަހައްމަލްކުރަމުން މިދަނީއެވެ. މިދެންނެވީ ބަންގާޅު ލޭބަރުންގެ ބޮއްސުންލާފައިހުރި މައްސަލަތަކުގެ ވާހަކައެވެ.