އަވައްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަކުއްޖެއް ލައްވާ ހަށިވިއްކަމުންދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ މަސާޖު ކުރުވިއިރު، އެކަން ކުރަން ހުރީ ކުޑަކުއްޖެއްކަން ނޭނގޭ ކަމަށާއި މަސާޖު ވެސް ކަމުނުދާކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިން ހިންގެވި އަޝްމަލީ ހައްޔަރު ކުރީ ވެބްސައިޓްތަކަކާއި މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައެވެ. އަޝްމަލީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތު ހިމެނެއެވެ.

އޭނާގެ މައްސަލަ ބަލަމުން ދަނީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އަޝްމަލީގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޮލަންބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް އޭނާ ބައްދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ދީފައެވެ.

ބަންދުގެ މަޖިލީހުގައި އަޝްމަލީއާ ހަވާލާދީ އޭނާގެ ވަކީލު ކޯޓުގައި ބުނީ އަޝްމަލީ އޮންލައިންކޮށް "އޮއިލް" މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި ކަމަށާއި އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔަ ކަމަށެވެ.

އެހެން ނަމަވެސް އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ އާއި ހަވަލާދީ އޭނާގެ ވަކީލް ވަނީ ކޯޓުގައި ބުނެފައެވެ. އަދި އެއީ ކުޑަ ކުއްޖެއް ކަމެއް ވެސް އަޝްމަލީއަށް ނޭނގޭ ކަމަށް ވަކީލު ވަނީ ބުނެފައެވެ.

ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސްރީލަންކާގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މައްސަލައިގާ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އަންހެން ކުއްޖާގެ މަންމަ، އޮޓޯ ޑްރައިވަރެއް، ކާރު ޑްރައިވަރެއް، ފާދިރީއެއް، ބިޒްނަސްމަންއެއް، މިހިންތަލަ ޕްރަދެޝިޔާ ސަބާގެ ވައިސް ޗެއާމަން، ބޯޓެއްގެ ކެޕްޓަނެއް، ދިވެހި ފިރިހެނެއް، ވެބްސައިޓް އޯނާރ، ހޮޓެލް މެނޭޖަރ، އަދި އިޝްތިހާރު ޑިޒައިންކުރި މީހާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މޖ

  ސާބަސް

  15
  1
 2. ޓިނޭ

  އެ އީ އަންހެންކު އްޖެ އްކަން ކަލެ އަށް އެނގޭތާ....😡😡

  38
  2
 3. ކާފަގެބޯ

  އެކުއްޖާއެއީ އުމުރުން ހަގު ކުއްޖެއްކަން ނޭނގިއެއް ނުދާނެ..ތިބުނި ވާހަކަ ޤަބޫލެއް ނުކުރެވޭ..ބޮޑު ސިންގާ ފިރިހެނެއްގެ އޮއިލް މަސާޖު ކުރަން ކީއްކުރަން އަންހެނުން ގެންދަނީ..ތިބޭނެ ފިރިހެނުން..މިކަހަލަ ކަންކަން ވިޔަފާރީގެ ނަމުގަ މިކުރަނީ ފާހިޝްކަންކަމަށް އަރައިގަންނަން..އަދި ބުނެފިއެއްނުން އޮއިލް މަސާޖު ކުރާށޯ.. ހުއް..

  11
 4. 20ހާސް

  20 ހާސް ރުޕީސް އަކީ ބަރާބަރު ސަތޭކަ ޑޮލަރު އެހާއަގުބޮޑު މަސާޖެއް؟

  19
  1
 5. ސައިންޓިސްޓު މުރޭ

  އެއީ އޮޅިގެން ކުރެވުނު މަސާޖެއް!

 6. ބާރަރު

  ބާރު އޮތުމުން މީހުންނަށް ބިރު ދައްކައި ހިތުހުރި ގޮތަކަށް އުޅުނީއެވެ. ﷲ ގެ ހިއްޕެވުން އެއައީ ހީވެސް ނުކުރާނެފަދަ ގޮތަކަށެވެ. މިއިންވެސް ޢިބުރަތް ލިބިގަނެ ރައްޔިތުން ކިބައިން މަޢާފަށް އެދި ތައުބާވެ ކުރިއަށް އޮތްތަނުގައި ހެޔޮ ޞާލިޙު ޢަމަލުތައް ކުރުންމަތީ ދެމިހުރެވޭތޯ ގަދައަޅާ މަސައްކަތްކުރުމަށް މި އަޚާއަށް ނަޞޭޙަތްތެރިވަމެވެ. މާތް ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.

  11
 7. ރާކަނި

  "އަޝްމަލީއާ ހަވާލާދީ އޭނާގެ ވަކީލު ކޯޓުގައި ބުނީ އަޝްމަލީ އޮންލައިންކޮށް "އޮއިލް" މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި ކަމަށާއި އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔަ ކަމަށެވެ." ވަރަށް ފައްކާ! މިއީ ދޯ މަސާޖުކުރާ ގޮތަކީ. ޒިނޭ ކުރިއިރު އެކުއްޖާ ބޮޑުވި ކަމެއް ނުވާ ކަމެއްވެސް ކަލެއަކަށް ނޭނގުނު. އެހެންވެ ދޯ މަސާޖު ކަމުނުދިޔައީ؟

 8. މަސާޖުޕާލާ

  މީ ހާދަ ގޮތްކުޑަ މީހެކޭ. ވަރަށް މަވެފަ ފުއްޕާފަ އުޅުނު މީހެއް މީ. ކިހާ ތާހިރު ކަމެއް މިކުރީ.

  • ހަރުބެ

   ކޮންމެފަދަ މީރުމޭވާޔަކަސް ގަސްދޮށަށް
   ދޮންވެގެން ވެއްޓުމީ ޤުދުރަތީ އާދައޭ.

 9. ސާކާ

  މީނަޔަށް އެއްމެ އެކަށީގެންވަނީ ލަޓިބުރި/ދުއްރައިގެ ތަޢުޒީރު ނޫނީ ހައްދެގެ އަސަރުހުރި މަސާޖެއް.