ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ލިބިވަޑައިގެންނެވި ޒަހަމްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ހުރިހާ ބޭފުޅުން ވެސް ކޮންމެ ނަމާދަކަށް ފަހު ދުޢާ ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު މިރޭ ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު އަދިވެސް ރަނގަޅު ނޫން ކަމަށެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އެދެން ކޮންމެ ނަމާދަކަށް ފަހުވެސް ދުޢާ ކޮށްދެއްވުމަށް. އަޅުގަނޑު އެބަ ގަދަވެސް ވާން ޖެހޭ. ހިނގާ ބިނގާވެ އުޅުނަސް، އަޅުގަނޑަކަށް ގަލަމަކު ވެސް ނުވެސް ހިފޭ، ތިން އިނގިލި އައްސިވެފައި އޮންނަނީ. ވާތުގެ އުޅަނބޮށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި، އަދި އުޅަނބޮށި ދަމައެއް ނުލެވޭ. ދެން ވާތު ފައިވެސް ރަނގަޅެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ނިދާ ހޭލާ ގަޑީގައި އިނގިލި އޮންނަނީ "ހިލަގަނޑެއް" ހެން ކަމަށެވެ. "ކިތަންމެ އިރެއް ފަހުން މި ތިން އިނގިލި ހިރެން ފަށަނީ. މީގެ ސިންގަޅަ ބަހަކީ ހިރިވެޓުނަ ކަމަށްވަނީ. އަޅުގަނޑުމެން މި ބުނަނީ ހިރިނުލެވުމެއް ނޫންތޯ. މި މީހުން ކިޔަނީ ހިރިވެޓުނަ އޭ" ނަޝީދު ވިދާޅުވިއެވެ.

ފިޒިއޮތެރަޕީގެ ގިނަ ކަންކަން ރަނގަޅު ކަމަށާއި އެހެން ޒަހަމްތައް ވެސް ރަނގަޅުވަމުން އަންނަ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ޖުލައި މަސް ނިންމާފައި ރާއްޖެ އަންނަން ކުރިން ނިންމި ނަމަވެސް ވާތްފައިގެ ކަންކަން ގޯސްވެ، ވާތު ކަންފަތުގެ ކަންކަން ވެސް ރަނގަޅު ނުވާތީ ރާއްޖެ ދެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށެވެ.

ނަޝީދު މިރޭ ވެސް ވަނީ އެމަނިކުފާނަށް ފުރަތަމަ ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ގާބިލްކަން ފާހަގަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް އޭޑީކޭ ޑޮކްޓަރުން ދެއްވި ފަރުވާ ރަނގަޅު ކަމުން ޖަރުމަންވިލާތުގެ ޑޮކްޓަރުން ވެސް ތިއްބެވީ ހައިރާންވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ބޯގޯސް

  ކު ރީގަ ރައިސް ޔާމިންގެ ދައު ރުގަ ކޮންމެ ހުކު ރަކު އިސްލާމީ މަ ރުކަޒައް ޕާ ރޓީ ކުދިން އެއްކޮއްގެން ޔާމީންނައް ބަދުދުވާކު ރި ހަނދާންވޭތަ ހަޔާތުގެ ކަންފުޅެއްވެސް ހު ރިއެއްޗެއް ނޫން ތީކި

  46
  4
 2. ލޫޓުވާ

  ޒަޚަމް ފަސޭހަނުވޭތޯ؟ ހާދަފުން ޒަޚަމްތަކެކޭދޯ! ރޯޔަލް ޚިދުމަތް ޖަރުމަނުން އިނގިރޭސިވިލާތުން ހޯދިއިރުވެސް ނުވޭތޯ؟ އަމިއްލައަށް ނަމާދުކޮށް ދުޢާކޮށްބަލަ އެއިރުން އައުލާކަން ބޮޑުވާނީ.

  39
  2
 3. އުގުރި

  ކަލެޔަށް ހެޔޮ ވިސްނުން ދެއްވާށި އާމީން..

  41
  2
 4. ޖީމް

  ލާދީނީ މީހުންގެ ކިބައިން ސަލާމަތްވޭތޯ ދުޢާ ކުރަނީ

  59
 5. ތުރާބެ

  ހުވާ ކޮށްފަ މިބުނީ އަޅުގަނޑެއް ތިބުނާ ކަމެއް ނުކުރާނަން،، އެނގިއްޖެ

  41
  3
 6. އެމް ޑީ ޕީ

  ކޮންމެ ނަމާދަކަށް ފަހު ކަލެ އާއި ކަލޭގެ ލާދީނީ ބައިގަނޑުގެ ކިބައިން ސަލާމަތް ކޮށްދެއްވުން އެދި ދުއާ ކުރުމަކީ ވަރަށް މުހިންމު ކަމެއް

  70
  1
 7. މަގު

  ތެދުމަގު ދައްކަވާތޯވެސް.

  36
  1
 8. Anonymous

  އެހެންވީމަ އަދިވެސް "އޭޑީކޭ" ޑޮކްޓަރުން ކާރިން ފަރުވާހޯދަން އެނބުރި ވަޑައިގަންނަވަންވީ ނޫންތ؟؟ މަނިކުފާނުގެ ފޭނުންވެސް ބޮޑަށް ބޭނުންވާނީ ވީހާވެސް މަނިކުފާނާއި ކާރީގަތިބެ ދުޢާކޮށްދޭން، އިދިކޮޅު ސިޔާސަތު ސަޕޯޓަރެއްގެ ހައިސިއްޔަތުންވެސް އެދެނީ ﷲގެ ރަޙުމަތްފުޅުން މަނިކުފާނަށް އަވަސް ޝިފާއެއް ލިބުމަށް، ޙަމަލާ ދިންދުވަހު އެއް އަޑަކަށް މުޅި ގައުމު ޚާއްސަކޮށް މާލެތެރެއިން އިވެނީ ދެރަވެގެން ހިތާމަކުރާއަޑު، އިދިކޮޅު މީހުންނަކީވެސް ހާދަ އިންސާނިއްޔަތަށް ލޯބިކުރާބަޔެކޭ ހިތަށްއަރާ.

  31
  4
 9. ޠާހާ

  އއއއއއިންޑިޔާގެ މުށުތެރޭން ނިކުތް ދުވަހަކު

  23
 10. Anonymous

  ހިތްތަކުގެ ރައީސަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

  5
  48
 11. ބަޅ

  ކަލެ އަށް ދު އާކުރުމަށް ވުރެ މާރަނޅުވާނެ ފަލަސްތީނުގަ އި ބިކަހާލުގަ އި އުޅޭ ކުޑަކުދިންނާ އި ދުވަސްވީ މީހުންނަށް ހެޔޮ ދު އާ ކުރި އަސް.

  43
  4
 12. ެަެއަބްދޫ

  ސޯސަލް މީޑިޔާގަ ގުރި ނަސީދުގެ ލާދީނީ ވާހަކަތަކާ އި ނަސީދު ބުނިކަމަށް އެހެން މީހުން ބުނާ ވާހަކަތަކަށް ބަލާ

  އިރު ނަސީދަށް ސިފާ ދެ އްވުމަށް ދު އަާ ކުރުމެކޭ އަބޫޖަހުލަށް ނަސްރު ދެެްވުމަށް ދު އާ ކުރުމެކޭ އެއްފަދަ. ޜިޔާސީ ނިޒާމު ގެ ވެރިކަން ކުރަން ނޭގުނު މީހަކަށް ބޮޑު ވަޒީރު ކިޔަސް ރަދްގެފާނު ކިޔަސް އެކަން ކުރާކަށް ނޭގޭނެ. ޚުންފުނި ކީމަ ވަޑާންގެ ކީމަ ރިޔާސީ ކީމަ ނޭގ
  ީގެން ކުރަން ނޭގުނު މީހަކަށް ބޮޑުވަޒީ ކިޔަސް ކުރެވޭނެ ކަމެ އް ނޯންނާނެ.ތިބާވާނީ ހަމަ ތިބާ އަށް ނެތް ގާބިލް ކަމެ އް ރުޖޫ އަ ނުވާނެ.

  33
  1
 13. ނަސީ

  އަންނިވެސް ނަމާދުން ފައިބައި ރައްއިތުންގެ ގައުމް އަވައްޓެރި އިންޑިޔާ ގެ އަޅުވެތިކަމުން ރާއްޖެ ސަލާމެތް ކޮއްދެއްވާތޯ ދުވާ ކޮއްދެއްވާ

  38
  1
 14. ކިޔުންތެރިއެއް

  ވެއާރ އިޒް ޔޯ ހެލްޕް ލައިން؟

  14
  1
 15. Anonymous

  ތިމަންނަ އަށް ހެޔޮބު އްދި ދެ އްވާތޯ މާތްﷲގެ ޙަޟުރަތުގަ އި ގިނަގިނަ އިން ދުޢާ ކުރޭ.

  16
 16. ޜަނާ

  ކަލެ އަށް ހެޔޮ ވިސްނުން ދެ އްވަ އި އިސްލާމް ދީނުގެ ޢިލްމް ވެރިންނަށް ކަލޭގެ ހިތުގަ އި އޮންނަ ނަފްރަތާ ލާދީނީ ކަންތަކާ އިންޑި އާ ސަރުކާރުގެ ބާރުގެ ދަށަށް ރާ އްޖެ ގެންދި އުމުގެ ޚިޔާލު ކަލޭގެ ކިބަ އިން ދުރު ކުރަ އް ވާތޯ ދުޢާ ކުރަންވީ

  16
 17. ހާމިދު ޝާހިދު

  ކޮންމެ ނަމާދަކަށްފަހު ތިބާ ދުވާ ކުރަންޖެހެނީ ތިބާގެ ފާފު ފުއްސަވާތޯއާއި، ތިބާ އަށް ހެޔޮ މަގު ދެއްކެވުމަށާއި، މައިން ބަފައިންގެ ފާފަ ފުއްސެވުމަށާއި އަނބި ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދި. ނޫނީ، އެމީހަކާ ގާތްތިމާގެ މީހަކު ނުވަތަ ރަހުމަތްތެރިއަކަށް ތަކުލީފެއް ޖެހިފައިވާ ދަނޑިވަޅެއްގައި އެމީހަކަށް ހެޔޮގޮތްތައް މެދުވެރި ކޮށްދެއްވުމަށް އެދި ދެންނެވިދާނެ. އަދި ޖުމްލަ ގޮތެއްގައި ދިރިތިބި އެންމެހާ މުއިމިން އަޅުތަކުންގެ ތެރެއިން އެކިއެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ޝިފާއަށް އެދި ދުވާ ދެންނެވިދާނެ.

 18. ނާދިރާ

  ގައުމަށް ގައްދާރުވި އަދި އަދި ބޯންޖެހޭނެ. އަދި ޑެންމާކުގަ ވާހަކަދެއްކި ވައްތަރަށް ވާހަކަ ދެއްކި މީހާގެ ނުބައި ކަމުން މި ގައުމު ސަލާމަތް ކުރައްވާށި. އާމީން

 19. ދިވެހި ރައްޔިތުން

  ހިތުން ބޮޑުވަޒީރު ނަޝިންދުރަ މޯދީ !

  11
 20. އަދް

  ކުރާނެ ކަމެއް ނެތެސް ތި ކަމެއް ނުކުރާނަން .. އެއައްވުރެ މާ އާލާކަން ބޮޑު ރަސޫލާ އަށާއި މައިނބަފައިންނަށް ދުއާ ކުރުން

  13
 21. ޙހހހ

  އަޅުގަނޑު ކޮންމެ ނަމާދެއްގަ ދުއާކުރަން ނަޝީދުގެ ކިބައިން މިޤައުމު ސަލާމތްކޮށްދިނުމަށް

 22. ސަމާ

  މަނިކުފާނު ނަމާދުކޮށްގެން ދުއާކުރަންވީ ނޫންތޯ ؟
  ﷲ ދެއްނެވުމުގައި ކުޑަ ބޮޑޮ މިކަހަލަ ކަމެއް ނޯވޭ . އެއްމެ ރަނގަޅުގޮތަކީވެސް އެމީހެއްގެ ކަމެއްގައި އެމީހަކު ދުއާކުރުން.
  މިވަރުވެސް ބުނެދޭން މިޖެހެނީ . ބޯހަލާކު!!!

 23. އަހަރެންގެ ދުޢާ

  ލައްބަ، ނަޝީދުގެ ނުބައި ޚަޞީލަތްތެރިކަމުން މިޤައުމުގައި މިއޮތް އިސްލާމްދީނާ މިޤައުމު ރައްކާތެރިކޮށް ދެއްވާތޯ ދުޢާކުރަން.