މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 03:55 ހާއިރު ކަމަށެވެ.
މި މާރާމާާރީ ހިނގާަފައި ވަނީ ބޮޑުތަކުރުފާނު މަގު ސަލްމާން މިސްކިތް ކައިރީގައެވެ.
ފުލުހުން ވިދާޅުވީ، ތިން މީހަކު ގުޅިގެން ޒުވާނެއްގެ ގައިގައި ވަރަށް ބޮޑަށް ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، އެ ހަދިސާގައި ޒަހަމްވެފައި ވަނީ 20 އަހަރުގެ ޒުވާނެއް ކަމަށެވެ.
އަދި އެ ފިރިހެން މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަމަލާގައި ޒަހަމްވި މީހާގެ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯތަކުން އޭނާގެ މޫނަށް ލޭ ފައިބާފައި ހުރި މަންޒަރު ފެނެއެވެ. ބެލެވޭ ގޮތުގައި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ.
މި މައްސަލާގައި ބަޔަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
ކޮބާތަ ފޮޓޯ
ގޭންގުމާރާމާރީ ފެށުނީ .ނުވޭތަ ގޭންގުތަކުގެ ބޮޑުންނާ ފަންޑުކުރާމީހުން ހޯ ދާ ތަހުގީގުކުރާކަށް.
މިއޮށް ކުޑަ ތަންފުކުގަވެސް މާރާމާރީ ރެއާ ދުވާލުު
30 އަހަރު ވެރިކަމުގައި މައުމޫނު ވ ރަގަޅަށް ރައްޔިތުން ގެންގުޅު. މިގޮތަށް މަގުމަތިން ގާނޫނު ހިންގާ ތަނެއްނުފެނޭ. ސަރުކާރުން ދޭ އިނާޔަށް ނުލިބުނަސް، ޕާޓީ އުފެ ދުނު ފަހުން ފެންނަ މަންޒަރު