ފ. ދަރަނބޫދޫގައި ސަރުކާރުން ކުރިއަށް ގެންދާ ބަނދަރު މަޝްރޫއުގެ 84 އިންސައްތަ މަސައްްކަތް ނިންމާލައިފިއެވެ.

‏އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށާއި މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެެވެ. މި މަޝްރޫއަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓަކާއި 196 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓިސީސީން ވަނީ ވިދާޅުވެފައެވެ. އަދި 46،600 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 4000 އަކަމީޓަރުގެ ނެރެއް ފުންކުރުމުގެ އިތުރުން 60 މީޓަރުގެ ރިވެޓްމަންޓް ޖެހުން ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން އެ ރަށުގައި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓިސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެކުންފުނިން އެރަށުގެ ބަނދަރުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ 397 ދުވަހުން ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 38.2 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.