21:26

މަޖިލިސް ޖަލްސާ ނިންމާލައިފި.

21:26

ރައީސް ޔާމީން ރިޔާސީ ބަޔާން ނިންމާލައިފި.

21:26

ރައީސް ޔާމީން: 27 ފަޅެއް މާލެ ސަރަހައްދުން އާންމު ފަރާތްތަކަށް ވަނީ ދޫކުރެވިފައި. އަދި މިއަހަރު ފަސް ފަޅެއް ސަރުކާރުގެ ޚަރަދުގައި ހިއްކޭނެ. މިފަޅުތައް ތަރައްޤީ ކުރުމުން 48000 ވަޒީފާ އުފެދޭނެ.

21:25

ރައީސް ޔާމީން: މިދިޔަ އަހަރު ފަތުރުވެރިކަން ވަނީ އަށް އިންސައްތަ އިތުރުވެފައި. މިއަހަރު 24 ރިސޯޓެއް ހުޅުވޭނެ. އަދި ދެހޮޓާ ހުޅުވޭނެ.

21:25

ރައީސް ޔާމީން: ސްޕޯޓްސް އެރީނާތައް ގާއިމް ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ ނިމިއްޖެ. ފީފާ ސްޓޭންޑަޑްގެ ފުޓްބޯލް ސްކޫލެއް ހުޅުމާލޭ ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިން.

21:25

ރައީސް ޔާމީން: 76،000 އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފައްދާ، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލެވިއްޖެ.

21:25

ރައީސް ޔާމީން: މީގެ ހަތަރު އަހަރު ކުރިން މަތީތައުލީމް ހޯދާ 19 އިންސައްތަ ކުދިންގެ އަދަދު ހަތަރު އަހަރުން 32 އިންސައްތަ މަތީތައުލީމް ހާސިލް ކުރަން ވަނީ ފަށާފައި. އަމާޒަކީ 2023 އަންނައިރު މިއަދަދު 60 އިންސައްތަ އަށް އިތުރު ކުރުން.

21:24

ރައީސް ޔާމީން: މިއަހަރު ދެވަނަ ސެމިސްޓާ އިން ފެށިގެން ހުރިހާ ސްކޫލެއް ވައިފައިކޮށް. ޓެބްލެޓް ކޮމްޕިއުޓަރު ބޭނުންކޮށް ކިޔަވައިދޭން ފަށާނެ. މިއީ މިކަން ފަށާ ދުނިޔޭގެ ފުރަތަމަ ގައުމު.

21:11

ރައީސް ޔާމީން: އެންމެ ބޮޑު ގެދޮރުވެރިކުރުމުގެ މަޝްރޫޢު އަންނަ އަހަރު ނިމުމުގެ ކުރިން ނިމޭނެ.

21:10

ރައީސް ޔާމީން: މީގެ ހަތަރު ފަސް ދުވަސް ކުރިން ސައުދީ ފަންޑުން ވަނީ 160 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީ ހަމަޖައްސައިދީފައި.

21:09

ރައީސް ޔާމީން: ކުށްކުރުން ހަތަރު އަހަރު ތެރޭގައި ވަނީ 35 އިންސައްތަ ކުޑަ ކުރެވިފައި.

21:02

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ފަށައިފި.

21:00

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަޑައިގެންފި.

20:58

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ބައެއް ޑިޕްލޮމެޓުންނާއި ވަޒީރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވަޑައިގެން އެބަތިއްބެވި.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ ފަށަން ތައްޔާރުވެއްޖެއެވެ.

މިޖަލްސާ އޮންނާނީ މިރޭ 21:00 ގައި ދަރުބާރުގޭގައެވެ. ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ގައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށް ޤާނޫނޫ އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި އޮވެއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިރޭ ބާއްވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ މިޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

ޖަލްސާ ފެށުމަށްޓަކައި މަޖިލިސް މެންބަރުންނާއި ދައުވަތު ދެވިފައިވާ އިއްޒަތްތެރިން މިހާރު ވަނީ ދަރުބާރުގޭގެ ޖަލްސާ ކުރާ މާލަމަށް ވަޑައިގެންފައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަަދަން

    އިދިކޮޅޭމެން ހާދަ ފިނޑިކޮޅޭ ދީ

  2. Ñ

    ތިއަ ޔާމީނަށް މިގައުމު ދީފަ ހުރިހާ މީހުން ބޭރު ގައުމު ތަކަށް ދާންވީ އޭރުން ެއޭނަ ގައުމުގަ ވަކި އަޅުވަިގެން އުޅެފާނެ