ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލެ ގްރޫޕަކުން ފަސް މިލިއަން ރުފިޔާ 2019 ވަނަ އަހަރު ދިން ކަމަށް ރައްޔިތުން މަޖިލީހުން ނެރުނު އިންކްއަރީ ރިޕޯޓްގައި ބުނެފިއެވެ.

މަޖިލީހުން އާއްމުކުރި ރިޕޯޓްގައި އެ ގްރޫޕުގެ ވާހަކަތައް އޮތީ ސިއްރު ކޮށްފައެވެ. ނަމަވެސް މިހާރު ލީކްވެފައިވާ ރިޕޯޓުން ވަނީ އެމައުލޫމާތު ހާމަވެފައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލަން އެ ގްރޫޕަށް ނިސްބަތްވާ މީހުން މަސައްކަތްކުރާ ކަމަށާއި އެ ގްރޫޕުން އިބްރާހީމް ފަޒީލް ކިޔާ މީހަކަށް ފަސް މިލިއަން ރުފިޔާ ދީފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ވަނީ ލިބިފައި ކަމަށެވެ.

"2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލަން އިބްރާހީމް ފަޒީލް ކިޔާ މީހަކާ "ޓާސްކް" ޙަވާލުކުރުމާއެކު އެކަން ކުރުމަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ތަކެތި އެ ގްރޫޕުން ހޯދައި ހަމަޖައްސާފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވެއެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި "ހުދާ" ނަމަކަށް ކިޔާ ޓެލެގްރާމް ޗެނެލްއެއްގައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯއެއްގައިވާ ވާހަކަތަކުގެ ތެރޭގައި ހަމަލާތައް ދިނުމަށާއި ޖިހާދަށް ދިއުމަށް ގޮވާލާފައިވާކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ހަރުކަށި ފިކުރުގެ ފަރާތްތަކުން ޓާގެޓްތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކުރުމަށް ހިތްވަރުދީ އެ ޗެނެލްގައި ފާޅުގައި ވާހަކަދައްކާފައިވާކަމުގެ މަޢުލޫމާތު ވަނީ އެމްއެންޑީއެފް އަށް ލިބުނު ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އެ މަޢުލޫމާތު ލިބުމުން ނަޝީދުގެ ތުރެޓް ލެވެލް ރިވިއު ކުރުމަށްފަހު ނަޝީދުގެ ތްރެޓް ލެވެލް "ސިވިއަރ" އަށް މަތިކުރި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަޝީދު އަވަހާރަކޮށްލަން އެ ގްރޫޕުން ފަސް މިލިއަން ރުފިޔާ ދިން ކަމަށް ރިޕޯޓްގައި ބުނި ނަމަވެސް އެމައްސަލައިގެ އެއްވެސް ތަހްގީގެއް ކުރިއަށް ގެންދިޔަ ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އެސްއޯ

    ސްވަޓްނެރެ ތި މަސްއޮޑިގުރޫޕް ކުޑަކަކޫ މައްޗައް ތިރިކޮށްލަބަލަ..އެސްއޯ ފުލުހުން ގެ ޕެލަމިލިޓަރީ ސްޕެޝިއަލް ފޯސް ފެނިފައި މަސްއޮޑިގުރޫޕް ބިރުގަންނަވާހަކަ އަޑުއެހިން

    36
    9
    • ޑޯޒް

      ޙުސް ޑްޜާމާ 2023

      20
      2
  2. ހުސޭނުބޭ

    މަސްއޮޑި ގްރޫޕަކީ މަޑުކަށި ފިކުރު
    އިސްލާމްދީނުގެ ދިފާޢުގައި ވާހަކަދައްކާ މީހުންނަކީ ހަރުކަށިފިކުރު

    37
    4
  3. އަހްމަދު

    އެހާސީރިއަސް މަޢްލޫމާތެއް ލިބުނީމަވެސް އެކަންރާވާހިންގަންއުޅުނުމީހުން ހޯދައިހައްޔަރުކުރަންމަސައްކަތްނުކުރިމަކީ ހިތާމަހުރިކަމެއް

    33
    3
  4. ފާއިޒާ

    ބަލާހިތްވާކަހަލަ ފޮޓޯއެއްނަމަވެސް ؟؟

    22
    4
    • ޢާހުމަދު

      ދެން ނުބަލާ ރީތި ފޮޓޯ އެއް ބަލާ

  5. ޖުމުހޫރީ މައިދާނުން

    ޝައްކު

    8
    2
  6. ނަސީ

    އެހެންވީމާ ތީ ދީނީ ކަމެއް ނޫންހެން ލަފާކުރެވެނީ

    16
    1
  7. ނަސީ

    ކަނޑައެއްނުން ލާރިދިންމީހާ ހޯދުނީމަދޯ ކަމެއް ދެންކުރިޔައްދާނީ

    12
  8. ޢަހުމަދު1

    ނަޝީދުގެ ހަމަލާ ފަހަތުގައި ހަރުކަށި ފިކުރުގެ އެއްވެސް އަސަރެއްހާ މިންވަރުވެސް ނެތީމައި ކޮންމެވެސް ގޮތަކަށް އެ ލިންކް އެޅޭތޯ ހާދަ މަސައްކަތް އެބަކުރޭ.

    17
    1
  9. ޒަރީނާ

    މަސްއޮޑިގު ރޫޕަކީ އަނެއްދިވެހި ރާއްޖެއަށް ފޮނުވާލަންޖެހޭގު ރޫޕެއް !!

    15
  10. 🤔🤔

    އެމީހުންނާ އައްމި ޔާ ކޮން ރުޅިވެރިކަމެއްބާ

    12
  11. ޢަލީ

    ގަބޫލްކުރަން ދަތި ވާހަކަތަކެއް ތިދައްކަނީ ....

    16
    3
  12. ކިޔުންތެރިޔާ

    މަސްއޮޑިއެއް އުވައޮޑިއެއް ނޯންނާނެ. ތިފާޑުގެ ލާޗާރަބިޗާރަށް އުޅުނު މީހުންގެ ނަން ބޭނުންކޮށްގެން މީހުންނަށް ބިރުދެއްކުމާއި އަނިޔާކުރުން މާޒީވެ ގޮއްސި. ދަންނަންޖެހޭ ކަމަކީ ހުރިހާ އިންސާނުންވެސް ހެއްދެވީ ﷲ ކަން. އެއްވެސް އިންސިއެއްގެ މައްޗަށް އަނެކެއްގެ ދަރަޖަ އުފުއްލާފައި ނުވާކަން.
    ކޮންމެ އޮޑިއެއްގެ ބަޔަކަށްވިޔަސް އެއްވެސް އިންސާނަކަށް އަނިޔާކުރުމަކީ ނުވަތަ އަނިޔާކުރަން ގަސްތުކުރުމަކީ ރަނގަޅުކަމެއް ނޫން. އެންމެންވެސް އެކަކު އަނެކަކަށް އަޅާލައި މުޖުތަމައުތެރޭގައި ހުރި ނޭދެވޭ ކަންކަން އިސްލާމްދީނުގެ އަލީގައި ހައްލުކުރުމަށް މަސައްކަތްކޮށްގެން ނޫނީ މި ޖީލުވެސް އަދި އަންނަންއޮތް ޖީލެއްވެސް ސަލާމަތެއް ނުވާނެ.

    16
    2
  13. އަމީ

    އުދުހޭ ސާލު މަދު ތި ސްޓޯރީގަ.

  14. ސިކުނޑި

    241 ކޮމިޓީ ރިޕޯޓުން އެ ފެންނަނީ ރާއްޖޭގެ އިންޓެލިޖެންސް އިދާރާތަކުގެ ނާގާބިލުކަން! އެފަދަ ވާހަކަ ދައްކާތީ އަހަންމަށް ދެރައީ! އިންފޮމޭޝަން އާއި އިންޓެލިޖެންސްއަކީ ކޮބައިކަން ނޭނގި، ސޯޝަލް މީޑިއާގައި އެނބުރޭ މައުލޫމާތަކީ އިންޓެލިޖެންސް ކަމަށްބަލައިގެން ތުރެޓްލެވެލް މަތި ކުރީމާ ވާނެ ހައެތި އެ ވީ! ލަފުގަ ހިފާ ހުރިހާ އެންމެން ބޭރު ކުރަންވީ، ބަޔަކު ނެތަސް ތިހާވަރު ވާނެ! ކީއްކުރަން ބޮޑު މުސާރަ ދީފަ ކަރޯކޭ ޖައްސަން ބައިތިއްބަނީ!!

    2
    1
  15. މަސްއޮޑި

    މިއުޅޭ ބަައެއް ދޯ..މަސްއޮޑި އެކަނިތަ ގޭންގަކަށް އޮންނަނީ...ކޮންމެ މީހެއް މަސްއޮޑި މަސްއޮޑި އޭކިޔާ އެބަ...

  16. ސަގީފް

    ތިޔަބުނާ ގޭންގުގެ ނަމަކީ އެމްޑީޕީ. ތަހުގީގު ކުރަންވީ އެމްޑީޕީ.

  17. ަެަދުވަސް

    ޢެއްކަލަ ދުވަހު ބުނި އެއީ އާއިލާ ކުދިންނޯ