އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު އިންތިހާބުވެވަޑައިގެންފިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޖީހާން އިންތިހާބުވެވަޑައިގެންނެވީ އޭޝިޔާ ފެސިޕިކް ގްރޫޕުންނެވެ.

ޖީހާންގެ މެންބަރުކަން ހަމަވާނީ 2023 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަރާތުން ޖީހާންގެ ނަން ފޮނުވީ މަޖިލީހުންނެވެ. މިއީ އައިޕީޔޫގެ ހިއުމަންރައިޓްސް ކޮމިޓީއަށް ރާއްޖޭގެ ފަރާތުން ބޭފުޅަކު އިންތިހާވުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޖިހާން "ވަގުތު" އަށް މިއަދު ވިދާޅުވީ، އައިޕީޔޫގައި މަސައްކަތްކުރައްވާނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކުރިއެރުވުމަށް ކަމަށެެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ޕާލަމެންޓު ތަކުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސް ބަލައި އެކަންކަން ތަންފީޒުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އައިޕީޔޫ އަކީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި މަޖިލީހުގައި ހިނގާ ކަންތައްތައް ގާތުން ބަލަމުންދާ ޖަމިއްޔާއެކެވެ. 2019 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ސްޕީކާ ސަމިޓްގައި އައިޕީޔޫގެ މިހާރުގެ ސެކެރެޓަރީ ޖެނެރަލް މާޓިން ޗުންގޮން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑިފެންޑާ އޮފް ޜޭޕިސްޓް

  ނޮޓް އަ ވޯތީ ކެންޑިޑޭޓް ! ޝީ ޝުޑް ރިސައިން & ބޭބީސިޓް ހަސްބަން

 2. ކޮވިޑް

  މީނާ އަށް އޯކޭވާނީ ކޮންމެވެސް ސަފާރީ އަކުން ސްޕަވައިޒަރ އެއްގެ ވަޒީފާ އޭރަށް އޮންނާނީ އަބަދު ފިރިސޮރު ރޯޔަލް ވެފަ ކެކެކެކެކެ

 3. މަސީހު

  ހުމަންރައިޓްސްއޭ ފިރިމީހާއަންހެނަކައް ޖިންސީފުރައްސާރަކުރުމުން އެކަންނުބަލާ ފަސްއަޅާފިރުވިމީހަކު މުރަތަމަކިހިނެއް ތިކަމައްސަރުތުހަމަވާނީ

 4. ލލ

  ހުރިގޮތަށް ހުރި ހިއުމަންރައިޓް ބޮޑިއެއް، އިންސާނުން ނަކީ ކޮންބަޔެއް ކަން ނުދަންނަ ބަޔަކަށް ހިއުމަންރައިޓުސް ހޯދިދާނެބާ ؟