އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުން އަންނަ ގދ. ތިނަދޫން އިތުރު 15 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އެރަށުން މިއަދު ފައްސިވި 15 މީހުންނަކީ ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ސުންކު ނެގި މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ.

ތިނަދޫގެ ކޮވިޑް ހާލަތަށް ބަލާއިރު މިހާރު އެރަށުން ޖުމްލަ 868 މީހަކަށް ކޮވިޑް ޖެހުނުއިރު، 686 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި 180 މީހަކު އެބަތިއްބެވެ.

ގދ. އަތޮޅަށް ބަލާއިރު، މިއަދު އެ އަތޮޅުން ވޭދަނަތައް ފެނުނީ ތިނަދޫން އެކަންޏެވެ. މުޅި އަތޮޅުން ޖުމްލަ 1046 މީހަކަށް ކޮވިޑް ޖެހުނުއިރު، ހަތަރު ރަށެއްގައި ބަލި ޖެހިފައި ތިބި މީހުން އެބަތިއްބެވެ. އެއީ ތިނަދޫގެ އިތުރުން ހޯޑެއްދޫ، ނަޑެެެއްލާގެ އިތުރުން ގައްދޫއެވެ.

ތިނަދޫގަައި ކޮވިޑް ޖެހުނު މީހުންގެ ތެރެެއިން ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު