ރައްޔިތުން މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ގުޅުން ކަނޑާލުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކަށް ލިބުނު ސަޕްރައިޒެއް ނޫން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގެންނެވި ކަމުގައި ވިޔަސް، ރައީސް ސޯލިހާއި އެކީ ސިޔާސީ ގޮތުން ދެން ނުހުރެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެޚަބަރު މިހާރު އިންޑިއާ އާއި އަދި ދުނިޔޭގެ ބައެއް މީޑިއާތަކުގައި ކަވަރު ކޮށްފައި ވެއެވެ.
އިންޑިއާގެ "ޗެނަލް-18" ގައި ބުނެފައި ވަނީ ރައީސް ސޯލިހާއި ގުޅޭ ގޮތުން ނަޝީދު ނިންމެވި ނިންމެވުން އެގޮތައް ނިންމަވާނެ ކަމަށް ނަޝީދުގެ އަރިސް ފަރާތްތަކަށާއި އަދި އެމަނިކުފާނަށް ފާޑުކިޔާ ފަރާތްތަކަށް ވެސް އޮތީ ލަފާކުރެވިފައި ކަމަށެވެ.
ގައުމު ސަލާމަތް ކުރުމަށް ނަޝީދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަަށް އެދިފައިވާ ކަމާއި ނަމަވެސް ނަޝީދާއިއެކު ޑީލެއް ހަދަން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބޭނުން ނުވާކަން އިންޑިއާގެ މީޑިއާގައި ވަނީ ފާހަގަ ކޮށްފައެވެ.
އެމްޑީޕީ އާއި ޕީޕީއެމް އިއްތިހާދުވާ ސަރުކާރެއް އުފެއްދުމަކީ މިވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ނަޝީދު ޕީޕީއެމް އާއިއެކުގައި މަސައްކަތް ކުރުމަށް ފާޅުކުރައްވާފައިވާ ހިޔާލުފުޅާ ގުޅިގެން އެމްޑީޕީ މެންބަރުންނާއި އަދި ޕީޕީއެމް މެންބަރުންނަށް ވެސް އޮޅުންތައް އަރާކަމަށް ވިދާޅުވެ އެކަން ސާފުކޮށްދިނުމަށް އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ޕީޕީއެމްއަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ.
"އެގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށްވެ، އެހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން. އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ދެކެމެވެ." ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.
ނަޝީދާއިއެކު ޕީޕީއެމް މަސައްކަތް ކުރާނެ ޝަރުތުތަކެއް ނަޝީދު ވަނީ ކަނޑައަޅުއްވާފައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ޝަރުތަކީ އިންޑިއާ ސިފައިން ރާޢްޖެ ދޫކޮށް ދިއުމަށް ގޮވާލުން ހުއްޓާލުމެވެ. ޕީޕީއެމް އިން ރަސްމީ ބައްދަލުވުންތަކުގައި އިންޑިއާ އައުޓް ގޮވަމުން ނުދިޔަ ނަމަވެސް އެޕާޓީގެ ވެރިން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އެކި ފޯރަމްތަކުގައި ގޮވާލަމުންނެވެ. އެހެންކަމުން ޝަރުތައް ޕީޕީއެމްގެ ތާއިދު ހޯދަން ނަޝީދަށް ދަތިވާނެއެވެ.
ނަޝީދުގެ ދެވަނަ ޝަރުތަކީ ސަރުކާރުން ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް ޕީޕީއެމް އިން ތާއިދު ކުރުމެވެ. ނަމަވެސް ޕީޕީއެމް އިން ގެންދަނީ ތަކުރާރުކޮށް އެބިލާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. މިހާތަނަށް ދީނީ ކަންކަމުގައި ޕީޕީއެމް އިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ނަފްރަތުގެ ބިލަށް ޕީޕީއެމް އިން ތާއިދު ކުރާނެ ކަމަކަށް ވެސް ނުބެލެވެއެވެ.
ނަޝީދުގެ ތިން ވަނަ ޝަރުތަކީ މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ޕީޕީއެމް އިން ގަބޫލު ނުކުރުމެވެ. މިއުޒިކް ހަރާމް ވާނެ ކަމަކަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ވިދާޅެއް ނުވެއެވެ. ނަމަވެސް މިއުޒިކް ހަރާމް ކަމަށް ރާއްޖޭގެ ބައެއް އިލްމުވެރިން ވިދާޅުވެއެވެ.
ނަޝީދު ޕީޕީއެމް އާއެކު މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރަމުން ދާއިރު ރައީސް ސޯލިހަށް ތާއިދުކުރާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ޕީޕީއެމް އާއިއެކު މަސައްކަތް ކުރަން އެމްޑީޕީ މެންބަރުން ބޭނުން ނުވާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ނަޝީދަށް ތާއިދުކުރާ އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދަނީ ނަޝީދު ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އެނިންމުމަކަށް ތާއިދު ކުރާނެ ކަމަށް ބުނަމުންނެވެ.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ތީހަމަކުޅޭޑްރާމާއެއް ވަރައްއަވަހައް ފަޅާއަރާނެ
މިއުޒިކް ހަރާމް ކަމަށް ރާއްޖޭއާއި ރާއްޖޭން ބޭރުގެ ގިނަ އިލްމުވެރިން ވިދާޅުވެއެވެ.
އިނންޑއާމީޑިއާތަކައް ކަލޭމެން ބީޖޭޕީ ސަރުކާރުން އިންޑއާރައްޔަތުންގެ ދިރިއުޅުން ކުރިއައްގެންދަން ޕްރެޝަރ ކޮއްބަލަ ރާއްޖޭގެ ކަންތަކާ ނުބެހި ތިބެބަލަ އިންޑއާނުންގައުމަކުން ރާޖެއިން ދަރަނި ނަގާފަ ނެތީތަ
ކޮބާ! މަކުރިންވެސް ބުނިން. ބީޖޭޕީ އަޑީގަ އޮވެ ޕީޕީއެމް ރޫޅާލާ ރައްޔިތުންގެ ސަޕޯޓް ދުއްވާލުމަށް ނަޝީދާ ސޯލިހުލައްވާ ކުޅުވާ ޑްރާމާއެކޭ ދެމީހުން ދެ ބައިވުން މިއީ. ރައީސް ޔާމީނާއި ޕޕމ ގެ އިލްމުވެރިންނަށް އެނގެންވާނެ ސޯލިހާ ނަޝީދަކީ ހަމަ ކެރަފާކަން. އެއީ ބޮޑު ސިއްކަކަން. ނަޝީދު ވެރިކަމަށް ގެނައީވެސް ބޮޑު ސިއްކަ. މޑޕ ގެ ރޫހާނީ ލީޑަރު ސިއްކައަކީ. 18 ދިވެހިން މަރާފަ ހުރި މީހަކު ދިވެހިންނަށް ހެޔޮނޭދޭނެ!
ޕޕމ އިން ނަޝީދާ ސާލިހަކީ 2 މީހުން ކަމަށް ދެކެފިނަމަ ދުވަސް ދިޔައީ. ރައްޔިތުންގެ ވ.ބޮޑު ތާއީދު ޕޕމ އަށް އެބައޮތް. ކައުންސިލް އިންތިހާބަކީ ފެށުނު ކޮޅުމަތި. އޭގެން އެނގުނީ ޕޕމ ގެ ސަޕޯޓް ދުވަހެއް ދުވަހަކަށް ބޮޑުވާނެކަން. އެހެންވެ ރައްޔިތުންގެ އިތުބާރު ދުއްވާލާ ޕޕމ އަކީ ދީނާ ގައުމަށް މަސައްކަތް ކުރާ ބައެއްނޫންކަން ރައްޔިތުންނަށް ސާބިތުކޮށްދެވޭނެ ހަމަ އެކަނި ގޮތަކީ ޕޕމ އިން ލާދީނީ ލާ ގައުމިއްޔަތު މީހުން ކަމުގައިވާ ސާލިހާ ނަޝީދާ ގާސިމާ މައުމޫނާ ކަމާލުއްދީންއާއި ނާޒިމްއާއި މިއިން މީހަކާ ބައިވެރިވުން. މިއިން އެކަކާވެސް ބައިވެރިނުވެ ޕޕމ އެކަނި މަސައްކަތް ކުރިއަސް 2023 ޕޕމ އިން ކާމިޔާބު ކުރާނެ. އިންޝާﷲ. ހޭއަރާ ޕޕމ އިން މިމީހުންގެ މަކަރުގަ ނުޖެހޭތި!!
ރރަނުން ގުޔަށް ދެންއަތްޖަހާ މިލާދީނީ ކަލޭގެ ކައިގެންވެސް ނުދާނެ ނުކައިވެސް ނުދާނެ މިކަލޭގެ ހާދަ ވަ ރަކައްށޭ ވެ ރިކަމާހެދި ބޫތުކައިފަ އެހެ ރީދޯ
ކަލޯ އި ރުއި ރު ކޮޅުން ހަމަބުއްދިން ނެއްޓޭ އި ރުއި ރު ގަޑިގަޑި އަންނަނީތޯ
މޑޕ އާއި ނަޝީދާ ސާލިހާ ދުރުގަ ޕޕމ އިން ތިބޭތި. ވ މަކަރުވެރި ބައެއް އެއީ. މިމީހުންނަކީ ބީޖެޕީ ގެ ގޮތްޕެއް މިހާރު. 2018 އިންތިހާބަށް ޖެއްސި ސްޓަންޓަކީ ރައީސް ޔާމީނަށް ވަގަށް ގޮވުން. އެކަން ޕްރޫވް ކޮށްދިނީ އަދީބު ލައްވާ ވަށްކަން ކުރުވާ ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޖަމާކޮށް އެމައުލޫމާތު ރައްޔިތުންނަށް ފަޅާ އަރުވާލައިގެން. މިފަހަރު މިކުރާކަމަކީ ޕޕމ އަކީ ގައުމިއްޔަތެއްނެތް ދީނަށް ލޯބިނުކުރާބައެއް ކަން ދައްކުވަން ކުރާ މަސައްކަތް. ޕޕމ އިން އިތުރު އެއްވެސް ބަޔަކާ ގުޅިއްޖެ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ.
ނަޝީދޫ އިންޑިޔާ ސިފައިން ރާއްޖެ އިން ބޭރުކުރާނަން އިންޝާ الله.
ޔާމީނު ވެރިކަމުގަ ވެސް ތިބި އިންޑިޔާ ސިފައިން ކީއްވެ ނުބޭލީ. އަނގަ ތަޅާތި.
އެހެން ދެއްތޮ
ތިބޭފުޅާ އެކަންޏަށް އެނގެނީ
އެކަން އެހެން އޮށްވަ ބަގުޑި ބައްދުވަން ދެންހު ރިދިމާތަށްވެސް ހަވާލު ކު ރަނީ
ވަ ރަށް ސަލާން
މިތާގެ ކަންތައްތައް މިތާގެ ރައްޔިތުންނައްވުރެ ބޮޑައް ކަލޭމެންނައް އެނގޭ؟
މިހާރު ޔަގީން ކަށަވަރުވެއްޖެ ނަޝީދު އާއި އިންޑިއާ ރާވައިގެން ކުޅޭ ގޭމެއްކަން މިއީ.
ދެންހަދަންވީގޮތަކީ އެމްޑީޕީއިން އަންނި
ބޭ ރުއަ ރުވާލަންވީ !! މަޖިލިސްތެ ރޭގަ ދެތިންމެމްބަ ރުންގޮވައިގެން ވަކިސަ ރުކާ ރެއް ހަދައިގެން އުޅެފާނެތާ!! އެމްޑީޕީއާކުޅެންހަދާނެކަމެއްނެތް!! ބާކީވެ ބޭކާ ރުމީހެއްތިޔައީ !!
ރައީސް ނަޝީދު ރައީސް އިބޫ އާއި ގުޅުން ކަނޑާލި ކަމަށް މަމެން ބުނާނީ ރައީސް އިބޫ އަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފިކަމަށް ރައީސް ނަޝީދު އިއުލާން ކުރާ ދުވަހުއޭ..
ޑިވެހިރާައްޖެއަކީ އިންދިޢާގެ މޯލްދިވް ސިޓީ
ޕީ ޕީ އެމް އަާ ގުޅެން ބޭނުންވެގެން އުޅެނީ
މިއަހަރު ހުސްވާންވާއިރަށް ރައީސް ސޯލިހުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަންވެގެން. ނަޝީދަށް އިގޭ ޕާޓީތެރެއަކުން އެ ފުރުސަތެއް ނެތްކަން. އެހެންވެގެން ރައީސް ޔާމީން އާ ގުޅެން އެ ފައިވިއްދަނީ.
ހަމަ އެންމެ މީހަކު ބޭނުންވާ ހުރިހާ ކަމެއް