ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަމުންދާ ގޮތުން އެމްޑީޕީއަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

"ސަރުކާރު ކޯލިޝަންގައި އެމްޑީޕީގައި އޮތުމުގެ ބޭނުމެއް ނެތް" ނަމުގައި ކްލަބް ހައުސްގައި ހިނގަމުން ދިޔަ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި އެމްޑީޕީގެ ލީޑާޝިޕަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށެވެ.

"އެމްޑީޕީއަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން. ވަރަށް ދަތި ވަރަށް އުނދަގޫ ކަންކަން މިއީ. އަޅުގަނޑުމެންނަށް ވެސް މި ކަމުގައި އެއްޗެއް ނުބުނެ ހުރުމަކީ ވަރަށް އުނދަގޫ ކަމެއް މިފަދަ ކަންކަން ތަކުރާރު ވަމުން އަންނަ އިރު،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތައް މިހާރު ފާހަގަވާ އިރު ވެސް އެއިން މީހަކަށް ފިޔަވަޅު އެޅޭ ތަނެއް ނުފެންނަ ކަމަށެވެ.

މި ސަރުކާރު ހިންގި ވެންޓިލޭޓަރުތަކުގެ ޚިޔާނާތުގެ މައްސަލާގައި ވެސް ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

"އެމްއެމްޕީއާރުސީ މައްސަލަ ވެސް. ވެންޓިލޭޓަރު މައްސަލަ ވެސް. ޕްރޯ އެކްޓިވްކޮށް ސަރުކާރުން މި ކަންކަން ބަލައި މި ކަންކަން ދެނެގަނެ ހޯދައި މި ކަންކަމުގެ ތަހުގީގުތައް ހިންގުވަން މާ ބޮޑު ޝައުގުވެރިކަން ހުންނަ ތަނެއް ނުފެނޭ." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ހިންގަމުންދާ ގޮތުން އެމްޑީޕީގެ އާންމު މެންބަރުންނާއި ސަޕޯޓަރުންގެ ޝަކުވާތައް ގިނަވެ އެމްޑީޕީ އާއި ރާއްޖެއަށް ވެސް ލިބެމުންދާ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.

މި ސަރުކާރު މި ގޮތަށް ހިންގަމުންދާ ނަމަ އަޅުގަނޑުމެން ޖަވާބުދާރީ ވާން ޖެހޭ ފަރާތްތައް ވަރަށް ގިނަ، އަޅުގަނޑުމެންނަށް ވާ ގެއްލުމާއި ގައުމަށްވާ ގެއްލުން ވަރަށް ގިނަ." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީ އަސާސީ ސިފަތަކެއް ކަނޑައަޅައިގެން ކަމަށެވެ. މިގޮތުން ޚިޔާނާތާއި އަނިޔާއާ ދެކޮޅު ކަން ފާހަގަކުރެއްވިއެވެ. ވެރިކަމަށް އަންނަނީ ވެސް އެ ކަންކަން އިސްލާހު ކުރަން ވައުދުވެގެން ކަން ވެސް ފާހަގަކުރެއްވިއެވެ.

"ވެރިކަމަށް އައީ ވެސް އެ ކަންކަން ދައްކުވައިގެން. އަދި އެ ކަންކަން ކުރާނެ ކަމަށް ވައުދުވެގެން. އައި ފަހުން މި ހިނގާ ކަންކަމަކީ އެމްޑީޕީގެ އާންމު މެންބަރުން އެދޭނެ ގޮތެއް ނޫން." ހަސަން ލަތީފް ވިދާޅުވިއެވެ.

ސަރުކާރު ހިނގަމުންދާ ގޮތުގެ ސަބަބުން އެމްޑީޕީއަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއިރު، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ވަނީ ޚިޔާލު ތަފާތުވުން ބޮޑުވެފައެވެ.

ރައީސް ސޯލިހް މި ކަމުގައި އެއްޗެއް ވިދާޅު ނުވި ނަމަވެސް، ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހްއާ އެކު ދެން ނުހުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ވެސް ނަޝީދު ވަނީ ފާޅުކުރައްވައިފައެެވެ. އެކަމަކު ޕީޕީއެމް ޕީއެންސީ ލީޑާޝިޕުން ވިދާޅުވަނީ ނަޝީދުއާއެކު ކޯލިޝަން ނުހައްދަވާނެ ކަމަށެވެ.

ސަރުކާރު ހިނގަމުން ދަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއި އެމްއާރުއެމްއާއެކު އުފައްދާފައިވާ ކޯލިޝަނަކުންނެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ އެމްޑީޕީއަށް އެހެން އާ ކޯލީޝަނެއް ބޭނުންވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. މޮޔަހަސަނު

  ސަރުކާރު ހިންގާ ގޮތުން މުޅި ރާއްޖެ އައް ގެއްލުން. އަބަދު ހަމަ އެކަނި މޑޕ މޑޕ މޑޕ އެކަނިތަ މި ގައުމުގަ އުޅެނީ؟ ތިވެސް ކަލޭމެންގެ ޕާޓީ ގެ މީހެއްނުން ތިހިރީ ރައީސްއަކައްވެސް އެހެންވީމަ ހަމަ ބުނެވޭނީ މޑޕ އިން ވެރިކަން ކުރާގޮތުން މުޑޕ އައް ގެއްލުމޭ.

 2. މަގޭ ޚިޔާލު

  ދޮންކަލޯ! އެއީ ސަރުކާރު ހިންގާގޮތަކުން ވާކަމެއްނޫން. ކަލޭމެންގެ ބަހާ އަމަލާ ދިމާނުވާތީ ވާކަމެއް. އަދިވެސް މޮޅުވާހަކަ ދައްކާފައި ވެރިކަމާއި ބޮޑެތި މަގާމުތައް ހޯދާތި!

  6
  1
 3. ހުސޭނުބޭ

  ހަސަނާ! ކިހާވަރަކަށް ކެވުނީމާތަ ހިތްފުރޭނީ! ވެރިކަމަށް އަރާފައި ފުރަތަމަވެސް ދަވާލީ ބައިތުލްމާލު! ބަދަލުދުނުމުގެ ނަމުގައި އކި މީސްމީހުންނަށް ބައިއަޅާއި ހަފުސްކޮށްލީ. ދެން ކަލޭމެންގެ ތެރޭގައި ތިބި ބޮޑެތި ކުށްވެރިންނަށް މަޢާފުދިނީ. ސަރުކާރު އޮފީސްތަކުގައި ބަރިބަރިޔަށް ކަލޭގެ ޕާޓީގެ ސްޓޭޓް މިނިސްޓަރުން! އެވަރިހަމަ ބާ ނޭގުނުނަމަވެސް! އެމްއެމްޕީއާރުސީގެ ފައިސާތައް ކާފައި ކަލޭމެން ބޭނުންވިބަޔަކު ލިސްޓުން ކަނޑާފައި އޮޅުވާލީ! ހަސަނާ! އީދަށް އެތިކޮޅެއް ކައިގެންވެސް މައިތިރިވެގެން އޮވެވޭތޯ ބަލާ!

 4. ޮރޯނުއެދުރު

  މުޅިން ތެދެއްނޫން ހާއްސކޮށް ސަރުކާރުގެ ސިޔާސީ މަގާމްތަކުގައިތިބި މޑޕ ގެ އެކްޓިވިސްޓުންގެ ވިޔާނުދާކަމުން އެމްޑީޕީއަށް ލިބޭ ގެއްލުން ބޮޑު ވަނީ

  4
  1
 5. އައްމަޑޭ

  އެމްއެމްޕީއާރސީގެ މައްސަލައިގަ ބަޔަކަށް ފިޔަވަޅު އަޅާނަމަ ހަސަން ލަތީފާ އެކު އެމްޑީޕީގެ އިސް މީހުންނަށްވެސް ފިޔަވަޅު އަޅަން އެބަޖެހޭ. އެމްޑީޕީގަ ވެސް ފައިސާ ލިބުނު ބޮޑުން އެބަތިބި. ހަސަން ލަތީފު ބުނާގޮތަށް ސަރުކާރު ހިންގަން ވެއްޖެއްޔާ އެމްޑީޕީ މިހާރު އޮތް ހާލަތަކުވެސް ނޯނަނާނެ.

  1
  1
 6. އިސްތިއުފާ

  ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

 7. ސުވާލު

  ސަރުކަރު ހިންގާގިތުން އމޑޕ އަށް ގެއްލުންބޮޑުވަނީ ވަކި މަޖިލިސްގެ ގެ މެންބަރެއްގެ ގެވެށި އަނިޔާގެ މައްސަލަ ދައުލަތުނަބަލާތީތަ؟ ހިޔާނާތުގެ މައްސަލައިގައި މެންބަރަކު އަމިއްލައަށް ދިޔާތަކެތި އުފުލީމަތަ؟ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވަޒީރަކަށް ދައުވާއުފުލަފާނެތީތަ؟ މިއީ ހައްތަހާވެސް ޕާޓީގެ މެންބަރުންގެ ސަބަބުން ލިބޭގެއްލުން ނޫންތަ؟

 8. ގަޑުބަޑު

  ތިޔަ ވިދާޅުވާ އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން ގިނައީ ސަރުކާރުގެ ވަޒީފާތަކުގައި އެމީހުން ގޯހުން ގޯހަށް ކަންކަން ކުރީމާ އެކަންކަންނުބަލާ ގޯސް މިކުރަނީ ސަރުކާރު. ދެން އެހެންވީމާ އެ އެކްޓިވިސްޓުންތަކަކީ ސރުކާރުހިންގާ ގޮތް ގޯސްކުރަން ސަރުކާރުގައި އެޅުވިފަނިތަކެއްތަ؟

  12
 9. ޕާޓީ

  ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި އެމްޑީޕީގެ ލީޑާޝިޕަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށް ތިޔަ ވިދާޅުވާއިރު ހަމަ ސަރުކާރު ސިޔާސީ މަގާމްތަކުގައިވެސް ގިނައީ ތިޔަ ޕާޓީގެ މީހުން. މިޖެެނީ ކޮންތާކު؟

  12
  1
 10. ރެފްރީ

  ގެއްލުމުގެބަދަލުހޯދަން ދައު ވާކުރޭ !!

  11
 11. ޙައްގުބަސް

  މިހާރު އެމްޑީޕީން މިއުޅެނީ ގައުމު ހަލާކުކޮށްފަ ބޯދަމައިގަންނަން!! ބޮޑު ބަލިމަޑުކަމެއްގެތެރެއަށް ދިވެހިން ވެއްޓޭގޮތަށް އެމްޑީޕީގެ ސަރުކާރުން ޒިންމާދާރުކަންކުޑަ އެތައްކަމެއްކުރުމަށްފަހު ދިވެހި ރައްޔިތުން ގޭބަންދުގައި ބައިތިއްބާ ދިވެހިންގެ ނޭވާހޮޅިން ވައްކަންކުރީ (ވެންޓިލޭޓަރު ވައްކަން) އެމްޑީޕީގެ ސަރުކާރުން! މިހާރު ގައުމަށްދިމާވެފައިވާ ހުރިހާ އުނދަގުލަކާ ކުރިމަތިވެފައި މިވަނީ އެމްޑީޕީގެ ސަރުކާރުގެ ނާގާބިލްކަމާ ނުކުޅެދުންތެރިކަމާ ބަދަލުހިފުމާ އަނިޔާވެރިކަން އިސްކުރުމުން!!! މިކަންކަމުން ބޯދަމައިގަންނަން އެމްޑީޕީން އުޅޭތަން މިފެންނަނީ! ކިހިނެތްތޯ ރަގަނޅަށް ހިނގަހިނގާ އޮތް ގައުމެއް އެމްޑީޕީގެ ސަރުކާރުން ހަލާކުކޮށްފަ ބޯދަމައިގަންނާނީ؟

  14
  1
 12. އާމިނަތު

  ލަދުމަތަ

  6
  1
 13. Anonymous

  އެމްޑީޕީއަށްތޯ ނޫނީ ހަސަން ލަތީފް މެންގެ ޖީބައްތޯ...؟

  8
  1
 14. ޙޔބ

  ސަރުކާުރު މީ އެމް.ޑީ.ޕީ ގެ ކުންފުންޔެއްތަ؟

 15. ސީގަލް

  ގެއްލުން ވަނީ އަމިއްލަ އެދުމައިގެން އުޅޭމީހުންނަށް. ޤައުމު ވިއްކާލާ ބައެއްގެ އަޅުވެތިކަމަށް ގެންދަން އުޅޭ ބައެއްތީ. އަމިއްލަ ޤައުމަށް ހަރާންކޯރުވާ ބައެއްތީ. މާތް ﷲ ތިޔަ ނުބައި ގައްދާރުންގެކިބައިން މި ދިވެހިރާއްޖެ ސަލާމަތްކުރައްވާ ރައްކާތެރި ކުރައްވާށި. އާމީން.

  2
  1
 16. ޖީމް

  ހުޅަނގުގެ ފަލްސަފާ “ ވެން އައި ސްކޯރޑް އައި އޭމް ފްރެންޗް ވެން އައި ޑޯންޓް ސްކޯރޑް އައި އޭމް އޭން ޢަރަބް “ ކަރީމް ބެންޒީމާ

 17. ަަަަަަަަަައަބުދު

  ޗެއަރޕާސަން އާއި ޕީ ޖީ ލީޑަރ ގެ އިހުމާލު ވިސްނާލަބަލަ ސާލިހު ކަމުނުދާކަމައް ވަންޏާ އޭނަ އަޒުލު ކުރުމުގެ މަސައްކަތަކީ އެހެންމީހުންނައްވުރެ ބޮޑައް ތިދެމީހުންގެ ވާޖިބަކަެް ވާއިރު ހަމަތިބެފަ އެއްޗެކޭ ބުނުމަކުން ނުފުދޭނެ . އެމީހެއްގެ އަމަލުތަކުގެ މައްޗައް ޖަވާބުދާރީ ވާން ޖެހޭ ދުވަސް ވަރައް އަވަހައް އަންނަކަމުގެ ހެކި ނޭނގިތިއްބާ އެމްޑީގެ ވެރިކަމުގެ 5 އަހަރުން 3 އަހަރު ނިމުމަކައްމިދަނީ.

 18. ރައްޔިތުމީހުން

  ބަލަގަ ސަރުކާރަކީ އެމްޑީޕީ އެއްނު..
  ދެން ކަންނުވެ ރައްޔިތުން ރުޅިއައިސް އެއްޗިހިގޮވަންފެށީމަ ތިބުނަނީ އެއީ ތިމަންނާ މެންނެއް ނޫނޭ...

 19. ރަބަރޭ

  ދެއުޅިއެއްނު ވާ ދެފުށްކެހެރި ބޯގަޅި ބައެއް

 20. އަބްސީ

  ކެވުނު ވަރު އަދިވެސް މަދީތަ؟

 21. ރާއްޖެމީހާ

  ހަސަނާ ކަލޭ ތިހިރީ ބޯހަލާކުވެފަ އިސްތިއުފާދީ!

 22. ޙހހހ

  ކަލޭމެން މަޖިލީސް މެޖޯރިޓީ ނަގާގެން އައުވާނުންނަށް ބައިއަޅާގޮތަށް ޤާނޫނު ހަދާ. ،ޢެވަރު ނުވެ އިންތިހާބަށް އެކުވެރިން ދިންފައިސާއަށް ބަދަލުދީ ހަޒާނާ ދަވާލާފަ ތިއަޅުވަނީ ރައީސް މީހާ ބޮލުގައި ، ބަލަ ކަލޭމެންނަށް ބާރުއޮވެނޫންތަ އެކަންކުރީ ، މިހާރު ގޮހަރަށް ކައިގެން ހޮޑަށްއައިމަ ސަރުކާރު ބޮލަށް ތި ފޫޅުކަޑާލި

 23. ހަސަދު

  ޕާޓީއިން އެންޑޯޒް ކުރީ ނާގާބިލް މީހެއް. އެކަމުގެ ޒިންމާ އެމް.ޑީޕީ އިން ނަގަން ޖެހޭނެ. ނާގާބިލް މީހަކު އެންޑޯޒް ކުރީ އޭރުގެ ރައީސް ވެރިކަމުން ދުރުކުރަން. އެކަން ވެއްޖެ. އެހެނަސް އެމް.ޑީޕީ ވެސް ގައުމު ވެސް ހަލާކު. ދެން ރަނގަޅު ވާނީ ޕާޓީ އުވާލާ ސިޔާސީ ކަންކަމުން ދުރު ހެލިވިއްޔާ. ގައުމަށް ވަރަށް ގެއްލުން ދެވިއްޖެ. 5 އަހަރު ފަހަތަށް ހިގައްޖެ. ރައްޔިތުންނަށްވަރަށް ގިނަ ދޮގު އަދި އޮޅުވާލެވިއްޖެ. ގައުމަށް ޓަކައި ދެން ދުރުވޭ. މިހާރުވެސް ގައުމެއް ނެތް. ބަލައިލި ކޮންމެ ދިމާ އަކުން ބޮޑެތި މައްސަލަ.